އައްޑޫ މަސްވެރިންގެ އާއިލާތަކުން މުޒާހަރާއާ ގުޅި، ފަހަތުގައި ތިބީ އަނބި ދަރިން ކަމަށް ބުނެފި

މަސްވެރިންގެ މުޒާހަރާގައި އާއިލާތަކުން ބައިވެރިވަނީ: އައްޑޫ މަސްވެރިންގެ އާއިލާތަކުން މުޒާހަރާއާ ގުޅިފައިވަނީ މިއަދު - ފޮޓޯ: މަސްވެރި ރާއްޖެ

މަސްވެރިންގެ މުޒާހަރާގައި އާއިލާތަކުން ބައިވެރިވަނީ: އައްޑޫ މަސްވެރިންގެ އާއިލާތަކުން މުޒާހަރާއާ ގުޅިފައިވަނީ މިއަދު - ފޮޓޯ: މަސްވެރި ރާއްޖެ

އައްޑޫ މަސްވެރިން ނިކުމެ, އެ އަތޮޅު ހުޅުދޫ-މީދޫގައި ހުންނަ މަސް ފެކްޓަރީ ކައިރީގައި ކުރަމުންދާ އިހުތިޖާޖާ އެ މަސްވެރިންގެ އާއިލާތަކުން ގުޅިއްޖެ އެވެ.

މަސްވެރިން ބާނާ، މިފްކޯއަށް ކިރާފައިވާ މަހަށް ލާރި ނުލިބޭ މައްސަލާގައި އައްޑޫގެ މަސްވެރިން މުޒާހަރާ ކުރަން ފެށީ މިދިޔަ ހަފުތާ ބަންދުގެ ތެރޭގަ އެވެ.

މުޒާހަރާގެ ތެރެއިން މަސްވެރިން ވަނީ މަސް ފެކްޓަރީން ކަރަންޓު ކަނޑާލާ އޮޕަރޭޝަންތައް ހުއްޓުމަކަށް ގެނެސްފަ އެވެ. މިފްކޯއިން ފެކްޓަރީއަށް މިއަދު އަލުން ކަރަންޓު ދިނީ ފުލުހުން މެދުވެރިކޮށްގެނެވެ.

މި މުޒާހަރާގައި ބައިވެރިވާ އައްޑޫ މަސްވެރިންގެ އާއިލާތަކުން ގުޅިފައިވަނީ މިއަދު ހަވީރެވެ.

އެގޮތުން މަސްވެރިންގެ އަނބިން ވަނީ އާއިލާއަށް ލިބެން ޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އުޅެން ޖެހޭ ހާލު ކިޔައިދީ، އެ މީހުންގެ އާއިލާތައް ދަރަނިވެރިވެފައިވާ ކަމަށް ބުނެފަ އެވެ.

"ކަރަންޓު ބިލު، ފެން ބިލު، ފޯނު ބިލު ނުދެއްކޭ، ފިހާރަތަކުންވެސް އެއްޗެހި ނަގަން ޖެހެނީ ދަރަންޏަށް،" ވާހަކަ ދެއްކި އަންހެނަކު ބުންޏެވެ.

މީގެއިތުރުން، މަސްވެރިންގެ މުޒާހަރާ ގަބޫލުނުކުރައްވާ ކަމަށާއި މަސްވެރިންގެ މައްސަލަތައް ސިޔާސީ ކޮށްފައިވާ ކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވި ވިދާޅުވުމަށް ވެސް މަސްވެރިންގެ އާއިލާތަކުން ވަނީ ރައްދުދީފަ އެވެ.

"ޝާހިދުއަށް ދަންނަވާލަން ބޭނުންވަނީ، މުޒާހަރާގެ ފަހަތުގައި ތިބީ މަސްވެރިންގެ އަނބި ދަރިންނޭ، މައިން ބަފައިންނޭ، އާއިލާތަކޭ،" މަސްވެރިއެއްގެ އަންބަކު ބުންޏެވެ.

މި މުޒާހަރާ ހުއްޓާލާނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމުން ކަމަށާއި މުޒާހަރާ ކިތަންމެ ދުވަހެއް ވިޔަސް ހުއްޓާނުލާނެ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ކިރާ މަހަށް ލާރި ދޭނެ މުއްދަތަކާމެދު ސަރުކާރުން އެއްބަސްވުމަށް ވެސް މަސްވެރިން ދަނީ ޑިމާންޑުކުރަމުންނެވެ.

މަސްވެރިންނަށް ފައިސާ ނުދީގެން އަދި ލޭނު އެޅުމާ ދެކޮޅަށް މާލޭގައި ޖޫން 12، ގައި ވެސް ވަނީ މުޒާހަރާއެއް ކޮށްފަ އެވެ. އެ މުޒާހަރާގައި 25 އެއްހާ ދޯނި މާލޭގައި މުޒާހަރާކުރިއިރު، މުޒާހަރާ ހުއްޓާލީ ބައެއް ޑިމާންޑުތައް ސަރުކާރުން ގަބޫލުކުރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox