މާލިއްޔަތު ކޮމިޓީއަށް އޮޑިޓާ ޖެނެރަލާއި ގަވަރުނަރު ހާޒިރުކުރަނީ

ގަވަރުނަރު އަލީ ހާޝިމް. އޭނާގެ އިތުރުން އޮޑިޓަރު ޖެނެރަލް ނިޔާޒީ ވެސް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ވަނީ މިއަދު ފާސްކޮށްފައި --- ފޮޓޯ: ރައީސް އޮފީސް

ގަވަރުނަރު އަލީ ހާޝިމް. އޭނާގެ އިތުރުން އޮޑިޓަރު ޖެނެރަލް ނިޔާޒީ ވެސް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ވަނީ މިއަދު ފާސްކޮށްފައި --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މާލީ ހާލަތު ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފަށާފައިވާ މަސައްކަތްތަކަށް މައުލޫމާތު ހޯދުމުގެ ގޮތުން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް އެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ތިންވަނަ ބައްދަލުވުމަކީ ފިނޭންސް މިނިސްޓަރު ޑރ. ޑރ. މުހައްމަދު ޝަފީގު ހާޒިރުވާން ޖެހޭ ބައްދަލުވުމެކެވެ. ނަމަވެސް, ބަލިވެ އުޅުއްވާތީ އޭނާ މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައިނުގަންނަވަ އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތް ފުރިހަމަވާނީ އޮޑިޓާ ޖެނެރަލާއި ގަވަރުނަރު ހާޒިރުކޮށްގެން ކަމަށް ވިދާޅުވެފަ އެވެ. އަދި, އެކަން އެގޮތަށް ކުރުމަށް އޭނާ ހުށަހެޅުއްވުމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތާއިދުކުރެއްވި އެވެ.

"މި މަސައްކަތް ފުރިހަމަ ކުރަން އެ ބައްދަލުވުންތަކަށް ދައުވަތު ދީ އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ބަސް އެހުމަށް ފަހު އެކަށީގެންވާ ނިންމުމެއް ނިންމޭނީ. އަދި މައުލޫމާތު ވެސް ފުރިހަމަވާނީ އޮޑިޓާ ޖެނެރަލް އާއި ގަވަރުނަރު އެވިޑެންސް ދެއްވައިގެން," ނާޒިމް ވިދާޅުވި އެވެ.

ކޮމިޓީ ސިއްރު ކުރުމާ ގުޅިގެން މިއަދުގެ ކޮމިޓީގައި ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ކުރާ މަޝްވަރާތަކުގެ ތަފްސީލެއް އެނގެން ނެތެވެ.

އެހެނިހެން ކަންކަމުގެ ތެރެއިން އޮޑިޓު އޮފީހުން ބައެއް މައުލޫމާތުތައް ސާފުކުރަން މިއަދުގެ އެޖެންޑާގައި ވަނީ ހިމަނާފަ އެވެ.

މާލިއްޔަތު ކޮމިޓީ އަކީ ދައުލަތުގެ މާލިއްޔަތާ ގުޅޭ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލަން މަޖިލީހުގައި އޮންނަ ދާއިމީ ކޮމިޓީއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox