ހެލްތު ގާނޫނު ބަދަލުކުރުުުމުގެ ބިލާ އެކު މެންބަރުން އޮއްސައިލީ ދާއިރާ ރައްޔިތުންގެ ޝަކުވާ

Jun 24, 2024, 6:07 AM
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެޑައިގަންނަަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެޑައިގަންނަަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފު ހުށަހެޅުއްވި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި، ދާއިރާތަކުގެ ސިއްހީ ނިޒާމާ މެދު ރައްޔިތުން ކުރާ ޝަކުވާތައް މެންބަރުން އޮއްސަވައިލައްވައިފި އެވެ.

އެ ބިލުގެ ބަހުސްގައި އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ތުހުމަތުކުރެއްވީ ކުރީގެ ސަރުކާރުން "ރާއްޖޭގެ ސިއްހީ ނިޒާމު ފުނޑުފުނޑުކޮށްލާފައިވާ" ކަމަށެެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަރުތަކުގެ އިމާރާތްތައް ހުރީ ނިކަމެތި ހާލަތެއްގައި ކަަމަށާއި އެ ތަންތަނުގެ މުވައްޒަފުން ވެސް ތިބީ ނިކަމެތި ހާލެއްގައި ކަަމަށެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ވިދާޅުވީ އޭނާގެ ދާއިރާގެ ހަތަރު ރަށް ކަމަށްވާ ތުޅާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގައި ވެސް ސިއްހީ ހިދުމަތް އެކަށީގެންވާ ފެންވަރެއްގައި ލިބެމުން ނުދާ ކަމަށެވެ.

"އެގޮތުން ތުޅާދޫގައި އެކްސްރޭ ނެގޭ މިންވަރު ވެސް ނެތް، ސްކޭނެއް ކުރެވޭ ފަދައެއް ނެތް. މިރަށުގައި ސިއްހީ ހިދުމަތްތަކުގެ ތެރެއިން ހަަމަ އެކަނި ލިބެން ހުރީ އާއްމު ޑޮކްޓަރެއް [ގެ ހިދުމަތް]. ދެ ޑޮކްޓަރުން އެތާނގައި ތިއްބަވާ، އޭގެ އިތުރުން ލޭޓެސްޓް ކުރުުމުގެ ހިދުމަތް މިތަނުން މި ލިބެނީ،" އަބްދުލްހަންނާނު ވިދާޅުވި އެވެ.

ފޭދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އެމީހުންގެ ދާއިރާތަކުގައި ތިބެގެން ކޮލެޓްސްޓްރޯލް ޓެސްޓާއި ބްރެސްޓް ކެންސަރު ފަދަ ބަލިތަކުގެ ޓެސްޓްތައް ނުހެދޭ ކަމަށެވެ. ލޭ މައްޗަށް ދިއުމުގެ ބަލީގައި އުޅޭ މީހުންނަށް އެބަލީގެ ބޭސް ވެސް ނުލިބޭ ކަަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތަކީ މިއީ އެމީހަކު އުޅޭ ސަރަހައްދަކުން ރަށަކުން [ހިދުމަތެއް] ނުއެއް ލިބޭ. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކިތައް ރައްޔިތުންތޯ އެތަން މިތަނަށް ބޭސްފަރުވާއަށް ދަނީ، ގޮސްފައި ހާލުގައި ޖެހިފައި ތިބީ؟" އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ބިލު ހުށަހެޅީ އެހެންވެ ކަަމަށާއި އިހުލާސްތެރިކަމާ އެކު މަސައްކަތް ކޮށްގެން ބިލުގެ މަސައްކަތް ނިންމަން ޖެހޭ ކަަމަށެވެ.

"ހުސް ވާހަކަ ދައްކާފައި ކޮންމެ ފަހަރަކު ބިލެއް ހުށަހަޅާފައި ބިލަށް އިސްލާހު ގެނެސްފައި، ކޮންމެެވެސް ތަނަކަށް މީހުން ގެނެސްފައި ނިންމައިލީމާ މިކަމެއް ހަމައެއް ނުޖެހޭ،" އޭނާ ވިދާޅުވި އެެވެ.

ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ކުރީގެ ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށް ވިދާޅުވެ، ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ސިފަކުރެއްވި ގޮތުގައި އޭނާގެ ދާއިރާގެ ތިން ރަށުން ވެސް އެކަށީގެންވާ ހިދުމަތެއް ނުލިބޭ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު އެބަ ގޮވައިލަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް އިހުލާސްތެރިކަމާ އިހުތިރާމާ އެކު ވެލިދޫ، ޅޮހި، ފޮއްދޫ މި ތިންރަށުގެ ސިއްހީ ހިދުމަތް މިހާރު އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތަކަށް ނުގެންގޮސްފި ނަމަ، އެ ދާއިރާގެ ރައްޔިތުންނަށް އިތުރު ބަލިމަޑުކަމެއް ކުރިމަތިވުމަކީ ހަމަ ވަރަށް ގާތުގައި އޮތް ކަމެއް،" އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ސިއްހީ ހިދުމަތަށް ކުރަން ޖެހޭ ހަރަދު ބޮޑުވެގެން އުޅެނީ ޕްރައިވެޓް ތަންތަނުން މީހުން ހިދުމަތް ހޯދަން ޖެހޭލެއް ގިނަކަމުން ކަމަށެވެ. އެކަން ހައްލުވާނީ ސަރުކާރުން އިތުރު ހޮސްޕިޓަލްތައް އަަޅައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

ކޮލަމާފުށި ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންގެ ފަރާތުންނާއި މަޖިލިސް ތެރެއިން ވެސް އިވެނީ ސިއްހީ ހިދުމަތް ރަނގަޅުކުރާ ވާހަކަ ކަމަށާއި އެހެން ނަމަވެސް ހިދުމަތް ރަނގަޅުވާތަން ނުފެންނަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox