އައްޑޫ މަސްވެރިންގެ މުޒާހަރާ ގަބޫލު ނުކުރައްވާ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ވިދާޅުވެއްޖެ

އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު މަޖިލީހުގައި; މަސްވެރިންގެ މުޒާހަރާ ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި -- ފޮޓޯ މަޖިލިސް

އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު މަޖިލީހުގައި; މަސްވެރިންގެ މުޒާހަރާ ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި -- ފޮޓޯ މަޖިލިސް

އައްޑޫ މަސްވެރިން ނިކުމެ, އެ އަތޮޅު ހުޅުދޫ-މީދޫގައި ހުންނަ މަސް ފެކްޓަރީ ކައިރީގައި ކުރާ އިހުތިޖާޖު ގަބޫލު ނުކުރައްވާ ކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ, ޕީއެންސީގެ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ތުހުމަތުކުރެއްވީ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫގައި ކުރަމުންދާ އިހުތިޖާޖަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން މަސްވެރިންނަށް ލިބިފައި އޮތަތީ, ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ކުރާ ކަމެއް ކަަމަށެވެ.

"މިހާރު އައްޑޫގެ މަސްވެރިން ހުޅުދޫ މީދޫގައި ހެދިފައިވާ މަސް ފެކްޓަރީގައި ކުރަމުންދާ އިހުތިޖާޖަކީ އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލުކުރާ, ގަބޫލުކުރުމެއް ނޫން," ޝާހިދު ވިދާޅުވި އެވެ.

މަސްވެރިންގެ އިހުތިޖާޖު ގަބޫލުނުކުރައްވާ ސަބަބެއްގެ ގޮތުގައި ޝާހިދު ވިދާޅުވީ އީދު ބަންދުވުމުގެ ކުރީގައި, އައްޑުއާއި މުޅި ރާއްޖޭގެ މަސްވެރިންނަށް މިފްކޯއިން ފައިސާ ދޫކޮށްފައި ވުމެވެ. އަދި ނުދެވި ބާކީ ހުރީ ވަރަށް ކުޑަ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިތާމައަކީ މަސްވެރިންނަށް ލިބިދޭ ހައްގުތަކުގެ ބޭނުންކޮށްގެން ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ހިޔާލުފާޅު ކުރުމާއި, އެ ބޭފުޅުންގެ ޝުއޫރުފާޅު ކުރުމުގެ މިނިވަންކަން އޮތަތީވެ އެދިޔަ ގޮތަށް ގޮސް މަސް ފެކްޓަރީގެ ކަރަންޓު ކަނޑާލީ," އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ, މަސް ފެކްޓަރީގައި, މަސް ރައްކާ ކޮށްފައި ހުރި 300 ޓަނުގެ ކޮންޓެއިނާ އާއި އެތަނުގައި ތިބި 40 ހަކަށް ރަށުން ބޭރުގެ މުވައްޒަފުން ނިދާ ކާބޮއެ ހަދާތަނުން ކަރަންޓު ކަނޑާލުމަކީ އިހުތިޖާޖު ކުރުން ނޫން ކަމަށެވެ. އެއީ "ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ހިންގާ ނުބައި އަޑި ނޭނގޭ ކަމެއް"ގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މަސްވެރިނަށް ޖެހިފައިވާ ތަކުލީފާއި ބިކަ ނިކަމެތި ކަމަކީ މިއަދު ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށާއި, އޭނާއަކީ މަސްވެރިންގެ ވިންދާއި އިހުސާސް އެންމެ ރަނގަޅަށް އެނގޭ އެކަކު ކަމަށެވެ.

އެ މޭރުމުން ވާހަަކަ ކުރިއަށް ގެންދަވަމުން އޭނާ ވިދާޅުވީ, މަސްވެރިންނަށް ތަކުލީފާއި ނިކަމެތިކަން ގެނައީ ކުރީ ސަރުކާރުން ކަމަށެވެ. ކުރީ ސަރުކާރާއި, މިވަގުތު އިދިކޮޅުގައި އޮތް އެމްޑީޕީއަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"ގަބޫލުކުރަންޖެހޭ ހަގީގަތަކީ ނިމިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެންމެ ފަހު ވަގުތު 25 ރުފިޔާއަށް މަސްކިލޯ އުފުއްލަވާފައި މިއަދުގެ މި ސަރުކާރު އެ ހުރިހާ ބުރައެއް އުފުލަންޖެހޭ ގޮތަށް އެންމެ ލާރިއެއް ވެސް ދޫނުކޮށް އެމީހުން އެ ދިޔައީ," އޭނާ ވިދާޅުވި އެވެ.

މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން މަސް ފެކްޓަރީގެ އޮޕަރޭޝަނަށް ހުރަސް އަޅާ, މުވައްޒަފުންގެ އަސާސީ ހައްގުތަކަށް އަރަމުންދާ ކަމަށް ބުނެ, މިފްކޯއިން ވަނީ އެފަދައިން އަމަލުކުރާ ދޯނިތަކުން މަސް ގަތުން ތިން މަސް ދުވަހަށް ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox