މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީ އައްޑޫ ސިޓީގައި މުޒާހަރާ ކުރަން ފަށައިފި

އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ: އެކްސް

އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ: އެކްސް

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީ އައްޑޫ ސިޓީގެ މަސްވެރިން މުޒާހަރާ ކުރަން ފަށައިފި އެވެ.

އައްޑޫ ސިޓީގައި މިއަދު ހަވީރުން ފެށިގެން މުޒާހަރާ ކުރަމުން ދާއިރު އެ މުޒާހަރާގައި އައްޑޫގެ ގިނަ އަދަދެއްގެ މަސްވެރިން ދަނީ ބައިވެރިވަމުންނެވެ.

އައްޑޫގައި ކުރަމުންދާ މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށެވެ.

އެ ކަންކަމާ ގުޅޭ ގޮތުން އެމީހުންނާ ވާހަކަ ދައްކަން ކަމާގުޅޭ އިސް ފަންތީގެ ބޭފުޅަކު މުޒާހަރާގެ ބައިވެރިންގެ ގާތަށް ވަޑައިގަތުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވައިލަމުންނެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބިގެން އައްޑޫ ސިޓީގައި މަސްވެރިން މުޒާހަރާ ކުރަން ފަށާފައިވާއިރު، މިމަހުގެ ކުރީކޮޅު މާލޭގައާއި ގދ. މަޑަވެލީގައި ވެސް މަސްވެރިން ވަނީ މުޒާހަރާ ކޮށްފަ އެވެ. އެގޮތުން މަޑަވެލީގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ގޮވައިލީ މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމަށެވެ.

އެ ދެ މުޒާހަރާއަށް ފަހު ސަރުކާރުން ވަނީ މަސްވެރިންނަށް ދޭންޖެހޭ 80 މިލިއަން ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ އީދުގެ ކުރިން މަސްވެރިންނަށް ދޫކޮށްފަ އެވެ.

މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ނިޒާމެއް ގާއިމު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ލިބޭ ނިޒާމު ގާއިމުކުރާނަމޭ. އަޅުގަނޑަކީ ވައުދުވާ ގޮތަށް ކަން ކުރާނެ މީހެއް. ޓާގެޓަށް ދާން ކުރާ މަސައްކަތް މިކުރަނީ. އެ ޓާގެޓަށް ދާނަން," ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސްގެ އެ ވައުދާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި ފައިސާ ނުލިބޭކަމުގެ ޝަކުވާ މަސްވެރިން ދަނީ ކުރަމުންނެވެ.

ފިޝަރީޒް މިނިސްޓްރީން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހޯދުމަށް މިފްކޯއާއި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި "މާލީ ގޮތުން ނޭވާ ލާނެ ގޮތްތައް" ހޯދަން ފިނޭންސް މިނިސްޓަރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ އޭގައި އަލި މަގެއް ލިބޭނެކަން. ލިބިއްޖެ ކަމަށް ވަންޏާމު މިފްކޯއަށް ވެސް ހަމަ އެ ލުއި ލިބިގެން އެ ދިޔައީ. މިފްކޯއަށް ދައުލަތުން ދޭންޖެހޭ ސަބްސިޑީ ދިނުމުގައި ވެސް ތަންކޮޅެއް ފަސޭހަ ވެގެންދާނެ. އޭރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވެސް ދިނުމުގައި ތަންކޮޅެއް ފަސޭހަ ވެގެންދާނެ،" މިނިސްޓަރު އެދުވަހު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު މިހައިތަނަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ވެސް ޝިޔާމް އެދުވަހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox