ހުލާސާކޮށް އިއްޔެ: ހައްޖުގެ ހިދުމަތް ދިނުމުގައި ވެސް ކޮރަޕްޝަން ހިމެނޭ ކަމުގެ ތުހުމަތު!

ދިވެހި ހައްޖު މިޝަންގެ އިސް ބައެއް ބޭފުޅުން، މައްކާގައި ދިވެހި ހައްޖާޖީންނާއެކު ބޭއްވި ބައްދަލުވުމެއްގައި. (ކ-ވ) އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް، އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގެންނެވި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގު އަދި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ދިވެހި ހައްޖު މިޝަންގެ އިސް ބައެއް ބޭފުޅުން، މައްކާގައި ދިވެހި ހައްޖާޖީންނާއެކު ބޭއްވި ބައްދަލުވުމެއްގައި. (ކ-ވ) އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް، އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގެންނެވި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގު އަދި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ދިވެހި ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމުގައި ކޮރަޕްޝަން އެކުލެވޭ ކަމުގެ ތުހުމަތުކޮށް, މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ހައްޖާޖީއަކު ނިންމައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު, އަންނަ އަހަރަށް ރަނގަޅުކޮށްލަން ޖެހޭ ބައެއް ކަންކަން ކަމަށް ބުނެ މިއަހަރު ހައްޖަށް ދިޔަ މުހައްމަދު ނިޒާމް ވަނީ އޭނާގެ ތަޖުރިބާ ފޭސްބުކްގައި ހިއްސާކޮށްފަ އެވެ. އަދި ހިދުމަތް ދިނުމުގައި ހައްޖު ކޯޕަރޭޝަނުން ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުކޮށް މައްސަލަ އޭސީސީއަށް ހުށަހަޅަން ގަސްތު ކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އޭނާ ބުނީ, ހައްޖަށް ގެންދިއުމަށް ނަގާ އަގާ އެއްވަރު ފެންވަރުގެ ހިދުމަތް ނުލިބޭ ކަމަށާއި, ހައްޖާޖީންނާ މެދު އަމަލުކޮށްފައި ވަނީ ލާއިންސާނީ ގޮތަކަށް ކަމަށެވެ. އެގޮތުން, 300 މީހުންގެ ޖާގައިގެ ޓެންޓެއްގައި 500 މީހުން ބައިތިއްބާފައިވުމާއެކު, ހޫނު ގަދަވެގެން ބައެއް ދިވެހިން ނިދަން ކައިރި މިސްކިތަކަށް ދާން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

ހައްޖުގެ އަޅުކަމަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްފައި ގޮސް, އެއަށް ވުރެ މަދު އެއްޗެއް ހަރަދުކުރި ލަންކާ މީހުންނާ އެއް ޓެންޓެއްގައި އެއް މުތޮއްވިފު ނުވަތަ އެޖެންޓު ހިއްސާ ކުރަންޖެހުނު ކަން ވެސް ނިޒާމް ފާހަގަކުރި އެވެ.

ތަފްސީލް

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox