އެމްޑީޕީ އާއި ޕީއެންސީއަށް ފައިސާ ދޫކޮށް، ހުރިހާ ޕާޓީތަކަށް ފައިސާ ދީ ނިންމައިފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާން ހަސަން ޒަކަރިއްޔާ: ހުރިހާ ޕާޓީއަކަށް ފައިސާ ދޫކޮށް ނިމިފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާން ހަސަން ޒަކަރިއްޔާ: ހުރިހާ ޕާޓީއަކަށް ފައިސާ ދޫކޮށް ނިމިފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްޑީޕީ އާއި ޕީއެންސީއަށް ފައިސާ ދޫކޮށް، ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތު ހަމަވާ ހުރިހާ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކޮށް ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާން ހަސަން ޒަކަރިއްޔާ "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ފައިސާ ދިނުމަށް ޝަރުތު ހަމަވާ ޕާޓީތަކުގެ ތެރެއިން ފައިސާ ދޫނުކުރެވި އޮތް އެމްޑީޕީ އަދި ޕީއެންސީއަށް މިދިޔަ މަހު ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

އީސީން އެމްޑީޕީއަށް ފައިސާ ދޫކުރުން ލަސްވީ އެ ޕާޓީގެ މާލީ ބަޔާންތައް ލިބުން ލަސްވެގެން ކަމަށާއި ޕީއެންސީއަށް ފައިސާ ދޫކުރުން ލަސްވީ އެ ޕާޓީގެ އެކައުންޓެއް ހުޅުވައި ތަފުސީލް ނުލިބިގެން ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

Advertisement

"މެއި މަސް ތެރޭގައި އެމްޑީޕީއާއި ޕީއެންސީއަށް ފައިސާ ދޫކުރަން ފޮނުވާފައި ވާނީ. މިހާރު ދެ ޕާޓީއަށް ވެސް ފައިސާ ލިބިފައި ވާނީ. މިއާއެކު ހުރިހާ ޕާޓީތަކަށް ފައިސާ ދޫކޮށް މިވަނީ ނިމިފައި،" ޒަކަރިއްޔާ ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވީ އެމްޑީޕީއާއި ޕީއެންސީ ފިޔަވައި ޝަރުތު ހަމަވާ އެހެން ޕާޓީތަކަށް އޭޕްރިލް މަސް ތެރޭގައި ފައިސާ ދޫކޮށް ނިންމި ކަމަށެވެ. އަދި ޖުމްލަ ހަ ޕާޓީއަށް ފައިސާ ދޫކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ފައިސާ ދޫކުރި ޕާޓީތަކާއި ޖުމްލަ ދޫކުރި ފައިސާގެ އަދަދު:

  1. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 15.1 މިލިއަން ރުފިޔާ
  2. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) - 10.4 މިލިއަން ރުފިޔާ
  3. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) - 8 މިލިއަން ރުފިޔާ
  4. ޖުމްހޫރީ ޕާޓީ (ޖޭޕީ) - 5.3 މިލިއަން ރުފިޔާ
  5. އަދާލަތު ޕާޓީ (އޭޕީ) - 2.5 މިލިއަން ރުފިޔާ
  6. މޯލްޑިވްސް ޑިވެލޮޕްމެންޓް އެލައަންސް (އެމްޑީއޭ) - 2.4 މިލިއަން ރުފިޔާ

ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެ ޕާޓީއެއްގައި ތިބޭ މެމްބަރުންގެ އަދަދަށް ބަލައިފަ އެވެ. ފައިސާ ދޫކުރަމުން އަންނަނީ 10،000 އަށް ވުރެ ގިނަ މެންބަރުން ތިބޭ ޕާޓީތަކަށް އެ ޕާޓީއެއްގައި މެންބަރުން ތިބޭ އަދަދަށެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ޕާޓީއެއް ރަޖިސްޓްރީކޮށްގެން ހިންގާއިރު، ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ފައިސާ ދޫކުރާނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox