ބޯޅަ އީދު؛ ޔޫރޯ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ލީގެއް

ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ގޯލްއާރްއާއި އަދަދު ގުޅިގެން -- ފޮޓޯ: އަދަދު

ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ގޯލްއާރްއާއި އަދަދު ގުޅިގެން -- ފޮޓޯ: އަދަދު

މިރޭ ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކުޅޭ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު "އަދަދު" އިން ހުޅުވާލައިފި އެވެ.

ސްކޯ ދިމާ ކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު "އަދަދު" އިން ހުޅުވާލައިފައި ވަނީ ގޯލްއާރްއާ ގުޅިގެންނެވެ. އެއީ ޔޫރޯއަށް ހާއްސަކޮށް އަދަދު ނޫހުން އިއްޔެ ލޯންޗު ކުރި "ބޯޅަ އީދު" ކަވަރޭޖުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ގޯލްއާރް އެޕު ފޯނަށް އަޅައިގެން ބޯޅަ އީދު ލީގުގައި ގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. އަދަދުގެ "ބޯޅަ އީދު - ޔޫރޯ 24" ގައި ބައިވެރިވެވުމަށް:

  • އެޕަށް ލޮގިންވުން
  • ޕްރޮފައިލް ސިލެކްޓު ކޮށްލުމަށްފަހު 100ރ. އަށް 250 ގެ ޓޯކަންއެއް ޓޮޕްއަޕް ކޮށްލުން
  • ލީގްސް ސިލެކްޓު ކޮށްލުމަށްފަހު "ބޯޅަ އީދު - ޔޫރޯ 24" އަށް ޖޮއިން ކޮށްލުން

"ބޯޅަ އީދު - ޔޫރޯ 24" ގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ރަނގަޅު ސްކޯ ދިމާކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ މެޗަކަށްފަހު ނަގާ ގުރުއަތަކުން ހޮވޭ ނަސީބުވެރި ފަރާތަކަށް ޕިއްޒާ ބޯނާއިން ދޭ ޕިއްޒާއެއް ލިބޭނެ އެވެ.

ޔޫރޯގެ ހުރިހާ މެޗުތަކެއް ނިމޭއިރު، އެންމެ ގިނަ މެޗުތަކުގެ ރަނގަޅު ސްކޯ ދިމާކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް އައިފޯން 15 ޕްރޯ މެކްސްއެއް ލިބޭނެ އެވެ.

ބޯޅަ އީދު ލީގުގައި ބައިވެރިވެ މުޅި މުބާރާތް ނިމޭއިރު ސްކޯ ދިމާކުރާ ފަރާތްތަކުގެ ތެރެއިން ދެވަނަ އަދި ތިންވަނައަށް ދާ ފަރާތްތަކަށް ވެސް ހާއްސަ އިނާމުތަކެއް ޔޫރޯ ނިމޭއިރު ލިބިގެންދާނެ އެވެ.

އޭގެއިތުރުން މުބާރާތުގެ އެކި މަރުހަލާތަކުގައި ވެސް އެއްވަނަ ދެވަނަ ތިންވަނަ ހޮވާނެ އެވެ. އެގޮތުން ހޮވާނެ މަރުހަލާތަކަކީ:

  • ގްރޫޕް ސްޓޭޖު ނިމޭއިރު، އެންމެ ގިނަ ޕޮއިންޓު ހޯދާފައިވާ ފަރާތްތައް [1،2،3 ވަނަ]
  • ރައުންޑް އޮފް 16 ނިމޭއިރު، އެންމެ ގިނަ ޕޮއިންޓު ހޯދާފައިވާ ފަރާތްތައް [1،2،3 ވަނަ]
  • ސެމީ ފައިނަލް ނިމޭއިރު، އެންމެ ގިނަ ޕޮއިންޓު ހޯދާފައިވާ ފަރާތްތައް [1،2،3 ވަނަ]

ގޯލްއާރް އެޕްގެ ލީގުތަކުގައި ބައިވެރިވާ ފަރާތްތަކުން އަމަލު ކުރަންޖެހޭ ގަވާއިދު އެޕްލިކޭޝަނުން ބަލައިލެވޭނެ އެވެ.

ގޯލްއާރް އެޕުގައި "ބޯޅަ އީދު - ޔޫރޯ 24" ގެ އިތުރުން ވެސް އެހެން ލީގުތައް ހުންނާނެ އެވެ. އަދި ކޮންމެ މީހަކަށް ވެސް ވަކިވަކި ލީގުތައް އަމިއްލައަށް ހެދުމުގެ ފުރުސަތު ވެސް ގޯލްއާރް އެޕުން ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox