ދިއްދޫ އީދު އުފާ: ހަވާ އެރުވުން 10 މިނެޓަށް ކުރިއަށްދާނެ

ދިއްދޫގައި ކުލަގަދަކޮށް އީދު ފާހަގަކުރަން ނިންމުން: 10 މިނެޓަށް ހަވާ އަރުވާނެ ކަމަށް ވަނީ ބުނެފައި --

ދިއްދޫގައި ކުލަގަދަކޮށް އީދު ފާހަގަކުރަން ނިންމުން: 10 މިނެޓަށް ހަވާ އަރުވާނެ ކަމަށް ވަނީ ބުނެފައި --

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހަވާ އެރުވުމުގެ ހަރަކާތުގެ އިތުރުން ތަފާތު ކުޅިވަރުތަކާއެކު މި އަހަރުގެ އަޟްހާ އީދު ހއ. ދިއްދޫގައި ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި އެވެ.

"ދިއްދޫ އީދު އުފާ" ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތްތުގެ މެނޭޖަރު އިބްރާހިމް ސިނާން "އަދަދު" އާ ވާހަކަދަމުން ބުނީ އީދު ދުވަހުގެ ދެ ވަނަ ރޭ ހަވާ އެރުވުން މަދުވެގެން 10 މިނެޓަށް ދެމިގެންދާނެ ކަމަށެވެ.

‎ދިއްދޫގައި އީދު ފާހަގަކުރުމު ހަރަކާތްތަކުގައި ރާއްޖޭގެ މަޝްހޫރު ގިނަ ފަންނާނުންނެއް ބައިވެރިވުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ސިނާން ވަނީ ބުނެފަ އެވެ.

މި އިވެންޓު ކުރިއަށްގެންދަނީ ދިއްދޫ ޒުވާނުންގެ އިސްނެގުމާއެކު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ބާރަލާ ސްޕޯސް ކްލަބާއި ރަށު ކައުންސިލް ގުޅިގެންނެވެ.

ދިއްދޫ އީދު އުފާ ކުރިއަށް ގެންދަން ރޭވިފައިވާ ގޮތް:

  • ޖޫން 16، - އީދު ދުވަހު ހަވީރު ދިއްދޫ ޗޭނު ޖަމިއްޔާއިން ސަގާފީ ކުޅިވަރު، އަދި މާލި ނެށުން.
  • ޖޫން 17، - ރާއްޖޭގެ މަޝްހޫރު "ހަބޭސް" ބޮޑުބެރު ގުރޫޕުން ދަފި ނެގުމާއި، މާލި ނެށުން ފަދަ ސަގާފީ ކުޅިވަރުތަކާއެކު އެރޭއެ ހަވާ އެރުވުން.
  • ޖޫން 18، - ކާއްޓޭ ދި ވާންޗޯގެ ކޮމެޑީ ޝޯ
  • ޖޫން 19، - މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު އަދި ޒާރާ މުޖުތަބާގެ ޝޯ.
  • ޖޫން 20، - ގޮމަ ގުރޫޕުގެ ހަރަކާތްތައް.
  • ޖޫން 21، - އެކުއެޓިކް ވައިބް މިއުޒިކް ބޭންޑްގެ ޝޯ.

މީގެ އިތުރުން އީދުގެ ތެރޭގައި ބައިބަލާ، ވާދެމުން، ބޮއްކުރާ ރޭސްފަދަ ކުޅިވަރުތައް ކުރިއަށް ގެންދަން ވަނީ ނިންމާފައި ކަމަށް ވެސް އީދުގެ ހަރަކާތްތައް އިންތިޒާމު ކުރާ ފަރާތްތަކުން ބުނެ އެވެ.

ދިއްދޫއަކީ ބޮޑު އީދު އަބަދު ވެސް ވަރަށް ފޯރިގަދަކޮށް ފާހަގަކުރާ ރަށެކެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް އީދާ ދިމާކޮށް ތަފާތު އެކި ހަރަކާތްތައް ރާވައި، ކުލަގަދަކޮށް އީދު ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox