މޫސުން ގޯސް ނަމަ މާލޭގެ މިސްކިތްތަކުގައި އީދު ނަމާދު ކުރާނެ

މިދިޔަ ފިތުރު އީދު ދުވަހު މާލޭގައި ކުރެވުނު އީދު ނަމާދު: މިހާރު އާންމުކޮށް އީދު ނަމާދު ކުރަނީ ބޮޑު ޖަމާއަތުގައި -- ފޮޓޯ: އަދަދު

މިދިޔަ ފިތުރު އީދު ދުވަހު މާލޭގައި ކުރެވުނު އީދު ނަމާދު: މިހާރު އާންމުކޮށް އީދު ނަމާދު ކުރަނީ ބޮޑު ޖަމާއަތުގައި -- ފޮޓޯ: އަދަދު

މޫސުން ގޯސްވެ، ބޮޑު ޖަމާއަތުގައި ނަމާދު ނުކުރެވޭ ފަދަ ހާލަތެއް މެދުވެރި ނުވާނަމަ، މާލޭގައި އީދު ނަމާދު ކުރާނީ 24 މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓަރީން ބުނެފި އެވެ.

އެ މިނިސްޓަރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އީދު ދުވަހު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން މޫސުން ތަންނުދީފިނަމަ މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތްތަކެއްގައި ވެސް އީދު ނަމާދު ކުރާނެ ކަމަށެވެ.

ނަމަވެސް އަދި ހަމަޖެހިފައި އޮތީ 24 މިސްކިތެއްގައި އީދު ނަމާދު ކުރާ ގޮތަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެގޮތުން މާލޭ ސަރަހައްދުގައި އީދު ނަމާދު ކުރުމަށް ނިންމާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ތިން މިސްކިތަކާއި ހުޅުމާލޭ އެއްވަނަ ފިޔަވަހީގެ ހަތަރު މިސްކިތެއްގެ އިތުރުން މާލޭގެ 16 މިސްކިތަކާއި ވިލިމާލޭގެ މަސްޖިދުލް ސަލާމްގަ އެވެ.

އޭގެއިތުރުން ދެން އީދު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓަރީން ނިންމާފައި ވަނީ މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގަ އެވެ. އެއީ:

  • މާލޭގައި މާފަންނު ބޯޅަ ދަނޑުގައި
  • ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކްރިކެޓު ސްޓޭޑިއަމް ސަރަހައްދުގައި
  • ހުޅުމާލޭ އެއްވަނަ ފިޔަވަހީގައި ސިންތެޓިކް ޓްރެކް ސަރަހައްދުގައި
  • ވިލިމާލޭގައި ވިލިނގިލީ ބޯޅަ ދަނޑުގައި

އީދު ނަމާދު ފަށާ ގަޑިއަށް މި އަހަރު ގެނައި ބަދަލާއެކު ބޮޑު އީދު ނަމާދު ވެސް ފަށާނީ ހެނދުނު 7:00 ގަ އެވެ.

އިސްލާމިކް މިނިސްޓަރީން ބުނީ އީދު ނަމާދު ކުރަން ހަމަޖެއްސި ހުރިހާ މިސްކިތަކާއި މައިދާންތަކުގައި ވެސް އަންހެނުންނަށް ނަމާދު ކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައި ވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox