މާލެއާއި ވިލިމާލޭގައި އަޟްހާ އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ދިރާގާއި މާލެ ސިޓީ ކައުންސިލް ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.
މި ޕާޓްނަޝިޕްގެ ދަށުން ދިރާގާއި މާލެ ސިޓީ ކައުންސިލު ގުޅިގެން ދިރާގު އީދު ބޮނޑިބަތް އަދި ކުޑަކުދިންގެ ހަވީރެއް ޖޫން 16، ގައި އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުން ބުނީ ކުޑަކުދިންގެ ހަވީރުގައި އާކިމިޑީސްއާ ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށާއި މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ދިރާގު އީދު ބޮނޑިބަތް ކުރިއަށްދާނީ އީދު ނަމާދަށްފަހު މާލެ އާއި ވިލިމާލޭގެ އާޓިފިޝަލް ބީޗުގައި ކަމަށެވެ.
މިއީ ދިރާގު އީދު ބޮނޑިބަތް ވިލިމާލޭގައި ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.
ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިވާފަދަ މިކަހަލަ ތަފާތު ސަގާފީ އަދި އިޖްތިމާއީ ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.













