ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 213 ބިލު، މުޅިން އާ 78 ބިލު

އޭޖީ އަހުމަދު އުޝާމް: ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 213 ބިލު ކަމަށް ވިދާޅުވި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އޭޖީ އަހުމަދު އުޝާމް: ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 213 ބިލު ކަމަށް ވިދާޅުވި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނެނީ 15 މައުޟޫއަކާ ބެހޭ 213 ބިލު ކަމަށާއި، އޭގެ ތެރޭގައި މުޅިން އާ 78 ބިލު ހިމެނޭ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބުނެފި އެވެ.

އޭޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އަހުމަދު އުޝާމް ވިދާޅުވީ 2028 ގެ ނިޔަލަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ 213 ބިލު އެކުލަވާލާފައި ވަނީ ކަމާ ބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްގެން ކަމަށެވެ.

ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ގަނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި 135 ބިލެއް ހިމެނޭ ކަމަށް ވެސް އޭޖީން ބުނެ އެވެ.

"ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބިލުތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން ގެންދާނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރަށް ބިނާކޮށް. އެފަދައިން ހުށަހަޅާއިރު ހާލަތަށާއި ބޭނުމަށް ރިއާތަތްކުރަން ޖެހޭނެތީ، މަދުވެގެން އަހަރަކު އެއްފަހަރު ލެޖިސްލޭޓިވް އެޖެންޑާ މުރާޖާ ކުރާނެ،" އޭޖީން ބުންޏެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ:

  • ދުސްތޫރީ އަދި ގާނޫނީ ކަންކަން - 15 ބިލު
  • ދައުލަތް ހިންގުން - 9 ބިލު
  • ހައްގުތަކާއި މިނިވަންކަން - 8 ބިލު
  • އިސްލާމްދީނާއި ގައުމިއްޔަތު - 8 ބިލު
  • ގައުމީ ސަލާމަތާއި ހާރިޖިއްޔާ - 15 ބިލު
  • ސިއްހަތާއި ދުޅަހެޔޮކަން - 11 ބިލު
  • ބިމާއި މުދަލާއި އުމްރާނީ ތަރައްގީ - 11 ބިލު
  • ތިމާވެށި - 9 ބިލު
  • އާއިލާއާއި މުޖުތަމައު - 20 ބިލު
  • ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުން - 22 ބިލު
  • ފައިސާއާއި މާލީ ކަންކަން - 22 ބިލު
  • ދަތުރުފަތުރާއި މުވާސަލާތު - 8 ބިލު
  • ތައުލީމާއި މަސައްކަތްތެރިން - 7 ބިލު
  • ވިޔަފާރިއާއި އިގްތިސާދު - 22 ބިލު
  • ޒަމާނާ ނުގުޅޭތީ އުވާލަންޖެހޭ ނުވަތަ އިސްލާހުކުރަން ޖެހޭ ގާނޫނުތައް - 26 ބިލު

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އެކުލަވާލުމުގައި އިސްކަންދީފައިވާ ބިލުތައް:

  • ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ބިލުތައް
  • ގާނޫނުއަސާސީގެ ދަށުން އެކުލަވާލަންޖެހޭ ބިލުތަކާއި ގާނޫނުއަސާސީއާ ތައާރަޒުވުމުގެ ސަބަބުން އިސްލާހު ގެންނަންޖެހޭ ނުވަތަ އެކުލަވާލަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައް
  • ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހިންގުމުގައި ގާނޫނެއް ހެދިފައި ނެތް، އެހެންނަމަވެސް ގާނޫނަކުން ކޮންމެހެން ބާރު ލިބިދޭންޖެހޭ ކަންކަމާ ގުޅޭ ބިލުތައް
  • މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އިސްލާހު ގެންނަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައް
  • ޒަމާނާ ނުގުޅޭތީ އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ގާނޫނުތަކާ ގުޅޭގޮތުން އެކުލަވާލަން ޖެހޭ ބިލުތައް
  • ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ދިވެހިރާއްޖޭގައި އަމަލުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox