ލޭނު މަސްވެރިކަމޭ ބުނެ ބޭރު މީހުންނަށް ކަނޑުތައް އޮތީ ވިއްކާފައި، ހުއްޓުވީ މަސްވެރިންގެ ކަންބޮޑުވުން އޮތުމުން: ފައްޔާޒު

އެމްޑިޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް. ލޭނު މަސްވެރިކަން ހުއްޓުވާލީ މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް ވިދާޅުވި. --- ފޮޓޯ: އެމްޑީޕީ

އެމްޑިޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް. ލޭނު މަސްވެރިކަން ހުއްޓުވާލީ މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް ވިދާޅުވި. --- ފޮޓޯ: އެމްޑީޕީ

ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރުން ލޭނު މަސްވެރިކަން ކުރުމަށް ލައިސެންސް ދޫކުރުން ހުއްޓާލައި އެކަން ހުއްޓުވީ ލޭނު މަސްވެރިކަމުގެ ނަމުގައި ބޭރު ފަރާތްތަކަށް ރާއްޖޭގެ ކަނޑުތައް ވިއްކާލާފައި އޮތުމުން މަސްވެރިންގެ ކަންބޮޑުވުން އެކަމުގައި އޮތުމުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ލޭނު މަސްވެރިކަން ކުރަން ހުއްދަ ދިނުމާ ދެކޮޅަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ދަނީ މިއަދު މުޒާހަރާ ކުރަމުންނެވެ. ގާތްގަނޑަކަށް 35 ދޯންޏާ އެކު ހުޅުމާލެ ކަންނެލި ޖެޓީން ފެށި މުޒާހަރާގެ ބައިވެރިން މިވަގުތު ތިބީ މާލެ ފަޅުގަ އެވެ.

މަސްވެރިން ކުރަމުންދާ މުޒާހަރާއާ ގުޅޭގޮތުން "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ލޭނު މަސްވެރިކަން ހުއްޓުވާލީ އެކަމުގައި މަސްވެރިންގެ ކަންބޮޑުވުން އޮތުމުން ކަމަށެވެ.

Advertisement

"ކަނޑުތައް ވިއްކާލާފައި ކަމަށް ބުނެ އެކި އެކި ތުހުމަތުތައް ކުރަމުންދާއިރު އެމްޑީޕީ ސަރުކާރުން އެކަން ހުއްޓުވީ އެ ނަމުގައި ބޭރު މީހުންނަށް ރާއްޖޭގެ ކަނޑުތައް ވިއްކާލާފައި ވަނިކޮށް. ލޭނު މަސްވެރިކަމަށް ނުކުންނަ އުޅަނދުތަކުން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެތައް އަމަލުތައް ހިންގާ ކަމުގެ ކަންބޮޑުވުން މަސްވެރިންގެ އޮތް," ޖުލައި 2019, ގައި ލޭނު މަސްވެރިކަމަށް ލައިސެންސް ދޫކުރުން ހުއްޓާލި ސަބަބާ ގުޅޭގޮތުން ފައްޔާޒު ވިދާޅުވި އެވެ.

މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދުމުން އެކަމުގައި މަސްވެރިން މުޒާހަރާ ކުރާނެ ކަމަށާއި އެ ހައްގު މަަސްވެރިންނަށް ވެސް ފުރިހަމައަށް އޮންނަން ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލޭ ފަޅުތެރޭގައި ވެސް މުޒާހަރާ ކުރެވެން ވާނެ. ސަރުކާރުން ހުރަސް އަޅައިގެން ނުވާނެ, އެކަމަށް ޖާގަ އޮންނަން ވާނެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ބޮޑެތި ނިންމުންތައް ނިންމާއިރު މަސްވެރިންގެ ޝުއޫރުތަކަށް ބަލަން ޖެހޭނެ," މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ރޯދަ މަސް ނިމިގެން ހަ ރޯދަ ހަފްތާއަށް ފަހު ޖަމާނުވާތީ، ބައެއް މަސްވެރިން އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ފެންނަމުންދަނީ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭ މަންޒަރު ކަމަށެވެ.

"މިއީ 48 ގަޑިއިރުން ފައިސާ ދެވޭނޭ ކިޔައިގެން ނުވާނެ ކަންކަމުގެ ވާހަކަ ދައްކައިގެން އޮޅުވާލައިގެން ވެރިކަމަށް އައިމަ ވާގޮތް. ހައެއްކަ މަސްވެގެންދާއިރު މަސްވެރިން އެތަކެއް ފަހަރަކު މުޒާހަރާ ކުރަން ޖެހިއްޖެ ފައިސާކޮޅު ހޯދަން. މިއީ މަސްވެރިންނަށް ދެވޭ ބޮޑު އަނިޔާއެއް. ބޮޑުއީދު މިއޮތީ ކުރިމަތީގައި," އޭނާގެ ކަންބޮޑުވުން ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

"މިކަމަށް އޮތް ހައްލަކީ އެމްޑީޕީގެ ސަރުކާރުން ފެށި މަޝްރޫއުތައް ކުރިއަށްގެންދިޔުން. މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހުންނާނީ ހޯދާފައި. އެކަންކަން ނުކުރެވެންވީ ސަބަބެއް ނެތް."

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޮޑުކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލަން ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާޗު 2010, ގަ އެވެ. އެ ހުއްދަ ދޭން އެކަމަކު ފެށީ 2012 ގަ އެވެ.

ލޭނު އަޅައިގެން ރާއްޖޭގެ އީއީޒެޑުން 100 މޭލާއި 200 މޭލާ ދެމެދު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ގަވާއިދަށް އަމަލުކުރަން ފެށީ ނޮވެމްބަރު 2014, ގަ އެވެ. އެ ގަވާއިދުގެ ދަށުން ލައިސެންސް ދޫކުރީ ދިވެހި ކުންފުނިތަކަށެވެ.

ނަމަވެސް, އެފަދަ އުޅަނދުފަހަރުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ 90 ޕަސެންޓަކީ ބިދޭސީ ފަޅުވެރިންނަށް ވުމުގެ ފުރުސަތު ގަވާއިދުން އޮތީ ފަހިކޮށްދީފަ އެވެ. އޭގެ ސަބަބުން, ގިނަ ދޯނިފަހަރުގައި ހަރަކާތްތެރިވީ އެންމެ ދިވެއްސެކެވެ.

އެހެންވެ, ގަވާއިދާއި ގާނޫނުތަކާ ހިލާފު އެތައް ކަމެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގި ކަމަށް އެކި ބައްދަލުވުންތަކުގައި މަސްވެރިކަމުގެ ދާއިރާ ބަލަހައްޓަވަން ތިއްބެވި ބޭފުޅުން ވިދާޅުވެފައިވެ އެވެ. މިފަދަ ކަންބޮޑުވުންތަކާ އެކު ލޭނު މަސްވެރިކަމަށް ލައިސެންސް ދޫކުރުން ހުއްޓާލީ އެމްޑީޕީގެ ވެރިކަމުގައި ޖުލައި 2019, ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox