ޑިމާންޑުތައް އަޑު އިއްވަން މަސްވެރިން މާލެއަށް، ބަނދަރަށް ވަނުން އެމްއެންޑީއެފްއިން ހުއްޓުވައިފި

ޑިމާންޑުތައް އަޑު އިއްވަން މަސްވެރިން މާލެއަށް، ބަނދަރަށް ވަނުން އެމްއެންޑީއެފްއިން ހުއްޓުވައިފި

ލޭނު އެޅުމަށް ހުއްދަ ދިނުމާ ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަ މަސްވެރިންގެ ޑިމާންޑުތައް ސަރުކާރަށް އަޑު އިއްވުމުގެ ގޮތުން މާލޭ ބަނދަރަށް މިސްރާބު ޖެހުމާ އެކު އެއް ނަންބަރު ޖެޓީއާ ދިމާލު ނެރުން މަސްދޯނިތައް އެމްއެންޑީއެފް އިން ހުއްޓުވައިފި އެވެ.

ހުޅުމާލެ ކަންނެލި ޖެޓީގައި ގާތްގަނޑަކަށް 35 މަސް ދޯނި މިއަދު ހެނދުނުން ފެށިގެން ދިޔައީ މުޒާހަރާ ކުރަމުންނެވެ. މަސްވެރިންގެ ޑިމާންޑަކަށް ވެފައި އޮތީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއާ ބައްދަލުކުރުމެވެ.

ނަމަވެސް, މުޒާހަރާ ކުރާ ތަނަށް ވަޑައިގެން ޝިޔާމް މަސްވެރިންނާ ބައްދަލުނުކުރުމާ އެކު އެ އޮޑިފަހަރު ވަނީ މާލެއަށް މިސްރާބު ޖަހާފަ އެވެ. މާލޭ ބަނދަރަށް ވަންނަން ދޯނިފަހަރު މަސައްކަތް ކުރީ އެއް ނަންބަރު ޖެޓީއާ ދިމާލު ނެރުންނެވެ.

މާލޭ ފަޅުތެރޭގައި ތިބި ދޯނިތަކާ ދިމާލަށް ފިޝަރީޒް މިނިސްޓަރު ޝިޔާމް ބަލަނީ. ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން އަންނަނީ ގޮވާލަމުން --- ފޮޓޯ: މިރާން ނާޝިމް/އަދަދު
މާލޭ ފަޅުތެރޭގައި ތިބި ދޯނިތަކާ ދިމާލަށް ފިޝަރީޒް މިނިސްޓަރު ޝިޔާމް ބަލަނީ. ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން އަންނަނީ ގޮވާލަމުން --- ފޮޓޯ: މިރާން ނާޝިމް/އަދަދު

މާލޭ ފަޅުތެރޭގައި ތިބި ދޯނިތަކާ ދިމާލަށް ފިޝަރީޒް މިނިސްޓަރު ޝިޔާމް ބަލަނީ. ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން އަންނަނީ ގޮވާލަމުން --- ފޮޓޯ: މިރާން ނާޝިމް/އަދަދު

އެ ވަގުތު އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ އެ ދޯނިތައް ވަނުމަށް ހުރަސް އަޅާފަ އެވެ. ބައެއް ދޯނިފަހަރު މިވަގުތު އޮތީ މާލޭ ފަޅުތެރޭގައި ކަމަށްވާއިރު ގެންދަނީ މުޒާހަރާ ކުރަމުންނެވެ.

އޭގެ ކުޑަވަގުތުކޮޅެއް ފަހުން ފިޝަރީޒް މިނިސްޓަރު ޝިޔާމް އެ ސަރަހައްދަށް ވަޑައިގެންނެވި އެވެ. އެ ތަނުގައި ހުރި "އަދަދު" ގެ ނޫސްވެރިޔާ މައުލޫމާތު ދިން ގޮތުގައި ޝިޔާމް ގެންދަވަނީ ދޯންޏަކަށް އަރައި މަސްވެރިންނާ މަޝްވަރާ ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.

ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން އަލުން ފަށަން މަސައްކަތް ކުރަނީ އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރުމަށް އެކި ފަރާތްތަކަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ދޭ ކޯޓާގެ ދަށުން ރާއްޖެއަށް ކަނޑައަޅާ ކޯޓާ ހަމަކުރަން ކަމަށް ބުނެ އެވެ.

ރާއްޖޭގެ ކަނޑުގައި ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރީން ދަނީ ބޮޑު ކަންނެލި ޔޫނިއަންގެ އިތުރުން ވެސް ކަމާގުޅުންހުރި އެހެން ފަރާތްތަކާ ބައްދަލު ކުރަމުންނެވެ. އެކަމުގައި ގޮތެއް ނިންމާނީ ހުރިހާ އެންމެންގެ ހިޔާލު ހޯދުމަށްފަހު ކަމަށް ފިޝަރީޒް މިނިސްޓަރީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox