ޑިމޮކްރެޓިކް ވެށްޓަކަށް ފެއްތުމަށް ކަމަށް ބުނެ ސަރުކާރުން އާރުޓީއައި ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅަނީ

ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ޑިމޮކްރެޓިކް ވެށްޓަކަށް ފެއްތުމަށް ކަމަށް ބުނެ ސަރުކާރުން އާރުޓީއައި ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ޑިމޮކްރެޓިކް ވެށްޓަކަށް ފެއްތުމަށް ކަމަށް ބުނެ ސަރުކާރުން އާރުޓީއައި ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅަނީ - ފޮޓޯ: ރައީސް އޮފީސް

މަޖިލީހުގެ މި ދައުރުގައި ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރޭގައި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެންނައުމުގެ ބިލެއް ހިމެނީ، އެ ގާނޫނު ޑިމޮކްރެޓިކް ވެށްޓަށް ފެއްތުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އާރްޓީއައި ގާނޫނު އިސްލާހު ކުރުމުގެ ހަމައެކަނި ބޭނުމަކީ އެ ގާނޫނު ތަންފީޒު ކުރުމުގައި ޑިމޮކްރެޓިކް ވެށްޓަކަށް ފެއްތުން ކަމަށެވެ.

"[ސަރުކާރުން ބިލު ހުށަހަޅަނީ] އެ ގާނޫނު ތަންފީޒުކުރުމުގައި ޑިމޮކްރެޓިކް ވެށްޓަކަށް ފެއްތުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް،" ހީނާ ވިދާޅުވި އެވެ.

ސަރުކާރުން މިފަދަ ބިލެއް ހުށަހަޅަން ނިންމާފައި މިވަނީ ރައީސް އޮފީހުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުނުކުރާ މައްސަލަ ރަސްމީކޮށް ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް އޮފީހުން އާރްޓީއައި ގާނޫނަށް އަމަލު ނުކުރާ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް އާހިދު ވިދާޅުވީ، މަހޯލި ޕޯޓަލް މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުގެ ތަފުސީލު ހޯދުމަށް "އަދަދު" އިން ހުށަހެޅުމުން ޖަވާބެއް ނުދިން މައްސަލާގައި މެއި 15، ގައި ބޭއްވި އަޑުއެހުމެއްގަ އެވެ.

"ރައީސުލްޖުމްހުރިއްޔާގެ އޮފީހުން މި ގާނޫނަށް އަމަލުނުކުރެވެނީ ކީއްވެތޯ ބެލުމަށްޓަކައި އަދި އެކަމުގައި ޒިންމާވާންޖެހެނީ ކޮން ފަރާތެއްތޯ ބެލުމުގެ މަސައްކަތް މި މައްސަލާގައި މި ހިނގާފައިވާ ކަންތައްތަކާއެކުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރިއަށް ގެންދާނެކަން އާންމުކޮށް އަންގަން،"

އެ މައްސަލައިގައި މީހަކު ޒިންމާވާންޖެހޭ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އާހިދު އެދުވަހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox