މެއި މަހު މީރާއަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ 4.8 ޕަސެންޓް ދަށްވެއްޖެ

މީރާއާއި ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް. މީރާއަށް މިމަހު މީރާއަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ ދަށްވި. ފައިލްފޮޓޯ/އަދަދު

މީރާއާއި ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް. މީރާއަށް މިމަހު މީރާއަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ ދަށްވި. ފައިލްފޮޓޯ/އަދަދު

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މެއިމަހު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މޭމަހަށް ވުރެ 4.8 ޕަސެންޓް ދަށް ވެއްޖެ އެވެ.

މީރާއިން މިއަދު އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން މިދިޔަ މެއިމަހު ލިބުނީ 1.66 ބިލިޔަން ރުފިޔާ ރުފިޔާ އެެވެ. މިދިޔަ އަހަރުގެ މެއިމަހު މީރާއަށް 1.74 ބިލިޔަން ރުފިޔާ ލިބުނެވެ.

މީރާއިން އާއްމުކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ މޭމަހު ލިބުނު އާމްދަނީ ދަށްވި ސަބަބަކީ ކޯޕަރޭޓް އިންކަމް ޓެކުސް، ޖީއެސްޓީ އަދި އެއާޕޯޓް ޓެކުހުގެ ގޮތުގައި ދެއްކި ފައިސާގެ އަދަދު މަދުވުމުންނެވެ. މިއަހަރާ އަަޅައި ބަލާއިރު މިދިޔަ އަހަރު ލިބުނު އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުނީ މޭމަހަކީ އިންކަޕް ޓެކުސް ދެެއްކުމުގެ ސުންގަޑި ހަމަވާ މަހަކަށް ނުވާ އިރު ސުންގަޑީގެ ކުރިން މިދިޔަ އަހަރު ބައެއް ތަންތަނުން ޓެކުސް ދައްކާފައި ވުމެވެ.

މިދިޔަ މެއިމަހު ލިބުނު އާމްދަނީ ދަށްވި އަނެއް ސަބަބަކީ މީރާއިން ބުނި ގޮތުގައި ޖީއެސްޓީ ދެއްކުމުގެ ސުންގަޑި މޭމަހު ހަމަވި ބައެއް ފަރާތްތަކުން ޖީއެސްޓީ ދައްކާފައި ނުވުމެވެ. މިދިޔަ އަހަރުގެ އޭޕްރިލްމަހު ދަތުރުވެރިން ފުރި އަދަދަށް ވުރެ މިއަހަރުގެ އޭޕްރިލްމަހު ދަތުރުވެރިން ފުރި އަދަދު މަދުވުމަކީ ވެސް އާމްދަނީ މަދުވި ސަބަބެކެވެ.

މިދިޔަ މެއިމަހު ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅައި ބަލާއިރު 4.8 ޕަސެންޓުން ދަށްވި ނަމަވެސް މީރާއިން ބުނި ގޮތުގައި މިދިޔަ މެއިމަހު އާމްދަނީ ލިބުނީ ލަފާކުރި ވަރަށް ވުރެ 0.8 ޕަސެންޓް އިތުރަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox