ގާނޫނު އަސާސީއަށް ގެންނަ ބަދަލެއް ހިމެނޭހެން، ސަރުކާރުން މި ދައުރުގައި މަޖިލީހަށް ހުށަހަޅަނީ 37 ބިލެއް

ރައީސް މުއިއްޒު އަދި އޭޖީ އުޝާމް: ގާނޫނު އަސާސީ އިސްލާހު ކުރުން ހިމެނޭހެން، ސަރުކާރުން މި ދައުރުގައި މަޖިލީހަށް ހުށަހަޅަނީ 37 ބިލެއް - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އަދި އޭޖީ އުޝާމް: ގާނޫނު އަސާސީ އިސްލާހު ކުރުން ހިމެނޭހެން، ސަރުކާރުން މި ދައުރުގައި މަޖިލީހަށް ހުށަހަޅަނީ 37 ބިލެއް - ފޮޓޯ: ރައީސް އޮފީސް

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ޖުމްލަ 37 ބިލެއް މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.

މަޖިލީހުގެ ޖުމްލަ 79 މެންބަރުންނާއެކު ސަރުކާރަށް ފުރިހަމަ ތާއީދު އޮތްއިރު، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ޖުމްލަ 200 ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

"އެފަދަ ބިލްތަކާއި މިފަދަ އެތަށް ކަމެއް ހިމެނޭ ގޮތަށް މުޅި މެނިފެސްޓޯގައި ހުރި މިހުރިހާ ވައުދެއް ފުއްދުމަށް 200 އަށް ވުރެ ގިނަ އިސްލާހާ، އާ ބިލުތައް ފާސްކުރުމަށް މަޖިލީހުގެ އެހީތެރިކަން ބޭނުންވޭ،" އެމަނިކުފާނު އޭރު ވިދާޅުވި އެވެ.

އޭގެ ތެރެއިން މި ދައުރުގައި ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ލިސްޓް މިހާރު ވަނީ މަޖިލީހަށް ފޮނުވާފަ އެވެ.

ސަރުކާރުން ހުށަހަޅާ 37 ބިލު

  1. ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު
  2. ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު
  3. ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  4. ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  5. ބޯހިޔާވަހިކަމުގެ ބިލު
  6. ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު
  7. އާބަން ޕްލޭނިން އަދި އާބަން ތަރައްގީކުރުމާ ހިންގުމުގެ ބިލު
  8. ބިނާވެށި ޕްލޭންކުުރުމާއި ތަރައްގީކުރުމާ ހިންގުމުގެ ބިލު
  9. ބިމުގެ ބިލު
  10. ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލު
  11. ނަފްސާނީ ސިއްހަތު ބިލު
  12. ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  13. ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު
  14. ދައުލަތުގެ ދަރަންޏާގުޅޭ ބިލު
  15. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  16. ދިވެހިރާއްޖޭގެ ގާނުނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  17. ޖިނާއި މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ބިލު
  18. ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  19. އެންޓި-ޑިފެކްޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  20. ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  21. ފޮރިން އިންވެސްޓްމަންޓު ބިލު
  22. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ބިލު
  23. ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލު
  24. އިންޝުއަރެންސާބެހޭ ބިލު
  25. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  26. އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  27. އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  28. މަސްތުވާތަކެއްޗާ ނެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  29. ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  30. އެޓާނީ ޖެނެރަލްގެ އޮފީހުގެ ބިލު
  31. ޖަނަވާރުގެ ސިއްހަތާބެހޭ ބިލު
  32. ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  33. ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  34. ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  35. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  36. ބްރޯޑްކާސްޓްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  37. މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox