ކަނޑިތީމު "އުޅިއަށި ބޯޓު" ބިލެތްފަހީ ނެރު ފައިކަށްޓަށް އުރި، އަޑިއަށް ހިނގައްޖެ

ބިލެތްފަހީ ނެރުފައިކަށްޓަށް އުރުނު އުޅިއަށި ބޯޓު އެރަށު ފަޅު ތެރޭގައި އޮވެ ދިޔަވި މަންޒަރު -- ފޮޓޯ: ބިލެތްފަހި ކައުންސިލް

ބިލެތްފަހީ ނެރުފައިކަށްޓަށް އުރުނު އުޅިއަށި ބޯޓު އެރަށު ފަޅު ތެރޭގައި އޮވެ ދިޔަވި މަންޒަރު -- ފޮޓޯ: ބިލެތްފަހި ކައުންސިލް

ށ. ބިލެތްފަހީ ފަޅަށް ވަންނަނިކޮށް ނެރު ފައިކަށްޓަށް އުރި، އެ ރަށު ފަޅުތެރެއަށް ކަނޑިތީމު، "އުޅިއަށި ބޯޓު" އަޑިއަށް ހިނގައްޖެ އެވެ.

ކަނޑިތީމު ކައުންސިލުގެ ރައީސް، އަހުމަދު އަހުސަން "އަދަދު" އަށް ވިދާޅުވީ އެ ބޯޓު އަޑިއަށް ގޮސްފައި ވަނީ ގިނަ އަދަދެއްގެ މުދަލާ ވެސް އެކުގައި ކަމަށެވެ. އެހެންނަމަވެސް އޭގެން ދަތުރުކުރި ހުރިހާ އެންމެން ސަލާމަތުން ހިކިފަހަށް ފައިބާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިލެތްފަހި ފަޅަށް ވަންނަނިކޮށް ނެރު ފައިކަށީގައި ޖެހިފައި ދިޔަ ވާން ފެށީ، ބޯޓުގެ މަތިން ފަސޭހައި ނެގެން ހުރި މުދާކޮޅު އެކަނި ސަލާމަތް ކުރެވުނީ، ސިމެންތި، ހަނޑޫ ހަކުރު ފުށް އެއްކޮށް އެހުރީ ބޯޓާއެކު ފެނު އަޑީގައި،" އަހުސަން ވިދާޅުވި އެވެ.

އުޅިއަށި ބޯޓަކީ އެ އަތޮޅު ފަސް ރަށަށް މާލެއިން މުދާ އުފުލާ 100 ފޫޓުގެ ބޮޑު ބޯޓެކެވެ. އެހެންކަމުން އެ ބޯޓު އަޑިއަށްދިޔުމުގެ ސަބަބުން ވީ ގެއްލުމުގެ ތަފުސީލެއް އަދި ނޭނގޭ ކަމަށް އަހުސަން ވިދޅާުވި އެވެ.

ބިލެތްފަހީ ކައުންސިލުން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ބިލެތްފަހި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމާއެކު އެ ބޯޓުގައި ހުރި މުދާ ސަލާމަތްކޮށް ބޯޓު ތިލަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރު ބޯޓު އޮތީ އެއްކޮށް އަޑީގައި، ދެން ބެލޫން ޖަގައިގެން ބޯޓު ނެގޭތޯ މަސައްކަތް ކުރަމުން އެދަނީ،" އަހުސަން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox