ކޮންމެ ދުވަހަކު ގެނެސްދޭން ބުނި ރައީސްގެ ޖަވާބު ސިލްސިލާ ހުއްޓިފައި އޮންނަތާ މަސްދުވަސް!

ރައީސްގެ ޖަވާބުގެ ނަމުގައި ގެނެސްދެމުންދިޔަ ޕްރޮގުރާމު ވަރަށް އަވަހަށް ފަށާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވޭ -- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ޖަވާބުގެ ނަމުގައި ގެނެސްދެމުންދިޔަ ޕްރޮގުރާމު ވަރަށް އަވަހަށް ފަށާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވޭ -- ފޮޓޯ: ރައީސް އޮފީސް

ކޮންމެ ދުވަހަކު ކޮންމެވެސް ރައްޔިތެއްގެ ސުވާލަކަށް ޖަވާބުދެއްވުމަށް އަމާޒު ހިފައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ފެށްޓެވި "ރައީސްގެ ޖަވާބު" ސިލްސިލާ ހުއްޓިފައި އޮންނަތާ މަސްދުވަސްވެއްޖެ އެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާގެ ވީޑިއޯއެއް އެންމެފަހުން އާންމު ކުރީ މިދިޔަ އޭޕްރިލް 7، ގަ އެވެ. އޭގެފަހުން މި ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި ރައީސް އޮފީހުން ގެނެސްދޭ އެ ސިލްސިލާގެ އެއްވެސް ވީޑިއޯއެއް މިހައިތަނަށް ގެނެސްދީފައެއް ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު "އަދަދު" އަށް ވިދާޅުވީ "ރައީސްގެ ޖަވާބު" ސިލްސިލާ އެއްކޮށް ހުއްޓައިލީ ނޫން ކަމަށާއި ވަރަށް އަވަހަށް އެ ސިލްސިލާގެ ދަށުން ވީޑިއޯތައް އާންމު ކުރައްވަން ފަށްޓަވާނެ ކަމަށެވެ.

"ހުރިހާ ފަރާތްތަކަށް ވެސް ސުވާލު ފޮނުވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން ދާތީ، ވަރަށް އަވަހަށް އެ ސީރީސް ފަށްޓަވާނެ،" ހީނާ ވިދާޅުވި އެވެ.

ހުރިހާ ރައްޔިތުންނަށް ސުވާލު ފޮނުވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހީނާ ވިދާޅުވިއިރު، ސީދާ ރައީސްއާ ސުވާލު ކުރެވޭނެ ޕޯޓަލްއެއް މިދިޔަ ފެބްރުއަރީ 23، ވަނަ ދުވަހު ސަރުކާރުން ވަނީ އިފްތިތާހުކޮށްފަ އެވެ.

އީފާސް ބޭނުން ކޮށްގެން ލޮގިން ވެވޭ އެ ޕޯޓަލް މެދުވެރިކޮށް ރައްޔިތުންގެ ހިތްތަކުގައި އުފެދޭ ސުވާލުތަކާއި ޝަކުވާތަކުގެ އިތުރުން ސަރުކާރު ހިންގުމަށް ގެންނަން ބޭނުންވާ ހިޔާލު ވެސް ސީދާ ރައީސްއަށް ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ.

އެ ޕޯޓަލް އިފްތިތާހު ކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ރައީސް އެދުވަހު ވިދާޅުވީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި މަސައްކަތް ކުރާއިރު، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް މަގުފަހި ކުރަންޖެހޭނެ ކަމަށާއި، އެ ޕޯޓަލް އިފްތިތާހު ކުރުމުގެ މަގުސަދަކީ ރައްޔިތުން ބޭނުންވާ ކޮންމެ ސުވާލެއް އެމަނިކުފާނުގެ އަރިހުން އެހޭނެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

"ޕޯޓަލްއަށް ފޮނުވާ ސުވާލުތަކަށް ޖަވާބު ދޭނީ އަޅުގަނޑު. ދެފުށް ފެންނަ ޖަވާބުދާރީވާ ސަރުކާރެއް ގާއިމުކުރާނެ ކަމަށް އަޅުގަނޑު ވައުދުވީ. ޖަވާބު ދޭނަން އިރާދަކުރެއްވިޔާމުން. ޖަވާބު ނުދީ ކަންކަން ވާނުވާ ނޭގޭ ގޮތަކަށް އޮތުމަކީ އަޅުގަނޑު ކުރާ ހަމައެއް ނޫން," ރައީސް މުއިއްޒު އެދުވަހު ވިދާޅުވި އެވެ.

ރައީސް އެދުވަހު އެހެން ވިދާޅުވި ނަމަވެސް އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް ވެސް ޖަވާބު ނުލިބޭ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ބައެއް ރައްޔިތުން މީގެ ދެމަސްދުވަސް ކުރިން ހުށަހެޅި ސުވާލުތަކަށް ވެސް ޖަވާބު ލިބިފައި ނުވާ ކަމަށް "އަދަދު" އަށް ވަނީ މައުލޫމާތު ދީފަ އެވެ.

ސިލްސިލާއެއްގެ ގޮތުގައި "ރައީސްގެ ޖަވާބު" ގެ ނަމުގައި ޕްރޮގުރާމެއް ރައީސް އޮފީހުން ގެނެސްދޭން ފެށީ ފެބްރުއަރީ 1، ގަ އެވެ. އެ ޕްރޮގުރާމު އޭރު ސަރުކާރުން ވަރަށް ގަދައަށޤ ޕްރޮމޯޓު ވެސް ކުރި އެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ރައީސް މުއިއްޒު އެ ސިލްސިލާގެ ވާހަކަ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox