މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންނަށް ހުޅުވާލި ޕޯސްޓަރު ކުރެހުމުގެ މުބާރާތުން ވަނަތައް މިއަދު ހޮވައިފި އެވެ.
އެމްއޭސީއެލް އިން ހުޅުވާލީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މި އަހަރުގެ ތީމްއާ ގުޅުވައިގެން ޕޯސްޓަރު ކުރެހުމަށެވެ. މި އަހަރުގެ ތީމަކީ ދުންފަތް އުފައްދާ ކުންފުނިތަކުގެ އުކުޅުތަކުން ކުޑަކުދިން ސަަލާމަތް ކުރުމެވެ.
ޕޯސްޓަރު ކުރެހުމުގެ މުބާރާތުން އެއް ވަނަ ހޯދި މުވައްޒަފަށް 5،000 ރުފިޔާ ވަނީ ލިބިފަ އެވެ. އެ މުބާރާތުން ދެ ވަނައަށް ދިޔަ މުވައްޒަފަށް 3،000 ރުފިޔާ އަދި ތިން ވަނަ އައި މުވައްޒަފަށް 2،000 ރުފިޔާ ލިބުނެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް މެއި 31، ގަ އެވެ. ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 25 ޕަސެންޓު މީހުން ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ.
އޭގެ އިތުރުން މިހާރު ވޭޕް ކުރުން ވެސް އަންނަނީ ޒުވާނުންގެ މެދުގައި މަގުބޫލުވަމުންނެވެ. ރާއްޖެއަށް ވޭޕް އެތެރެ ކުރާ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

titledesc












