އުމަރު ތުހުމަތު ކުރައްވަނީ އިންޑިއާގެ އަސްކަރީ އޮޕަރޭޝަންތައް ރާއްޖޭގައި އަދިވެސް ހިންގާ ކަމަށް

ކުރީގެ ހޯމްމިނިސްޓަރު އުމަރުނަސީރު "އަދަދު"ގެ "އެތެރެފުށް" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ. އޭނާ މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި. ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ކުރީގެ ހޯމްމިނިސްޓަރު އުމަރުނަސީރު "އަދަދު"ގެ "އެތެރެފުށް" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ. އޭނާ މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި. ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭން ނުފައިބާ ކަމަށާއި އެެ ގައުމުން ރާއްޖޭގައި އަދިވެސް އަސްކަރީ އޮޕަރޭޝަންތައް ހިންގާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތުހުމަތު ކުރައްވައިފި އެވެ.

"އަދަދު" ނޫހުން ގެނެސްދޭ "އެތެރެފުށް" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ ސަރުކާރުން ވައުދުވީ ހަމައެކަނި އިންޑިއާގެ ސިފައިން ބޭރުކުރަން ނޫން ކަމަށާއި ވައުދަކީ "އަސްކަރިއްޔާ ބޭރުކުރުން" ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަޔަކު އަނބުރާ ގެންދިއުމަކުން އެ ވައުދު ނުފުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވައުދަކީ ވެސް އެއީ އިނގޭތޯ، އެއްގޮތަކަށް ވެސް މިއަދު މި ވައުދުގެ މަތީގައި އެކިއެކި ސްޕިން ލާނެ ކަމެއް ނެތް ގަވަންމެންޓަކުންނެއް އިނގޭތޯ. ވައުދަކީ ސިފައިން ބޭރުކުރުމެއް ނޫން، އެއީ ނޮންސެންސް، އެއީ ދޮގެއް އިނގޭތޯ، ވައުދަކީ އަސްކަރިއްޔާ ބޭރުކުރުން، މަގުމަތީ ފާރުތަކުގައި އެހެރީ [އެވައުދު] ލިޔެފައި އިނގޭތޯ،" އުމަރު ވިދާޅުވި އެވެ.

ސަރުކާރަށް އެ ވައުދަކުން ނުނެއްޓެވޭނެ ކަމަށް ވިދާޅުވެ އޭނާ ތުހުމަތުކުރެއްވީ އިންޑިއާއިން ރާއްޖޭގައި ކުރާ އަސްކަރީ މަސައްކަތްތަކާ ބެހޭ ގޮތުން މި ސަރުކާރުން ދައްކާ ވާހަކަ ތަފާތު ނޫން ކަމަށެެވެ. އެ މައްސަލާގައި ކުރީގެ ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަތައް މިހާރުގެ މިނިސްޓަރުން ވެސް ދައްކަވާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދިއްޖެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. އެއީ ރާއްޖޭގައި އިންޑިއާއިން އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓް އޮޕަރޭޓްކުރަން ތިބި ސިފައިން ގެންދިއުމަށް ފަހު އޭގެ ބަދަލުގައި މަދަނީ ބަޔަކު ގެނައުމުންނެވެ.

އުމަަރު ވިދާޅުވި ގޮތުގައި މުހިންމީ އިންޑިއާގެ އަސްކަރީ އުޅަނދުތައް އޮޕަރޭޓް ކުރަނީ ކޮންބައެއްތޯ ބެލުން ނޫނެވެ. މުހިންމު ސުވާލަކީ އޭނާ ވިދާޅުވި ގޮތުގައި އެ އުޅަނދުތައް އެއީ ކޮންބައެއްގެ އުޅަނދެއްކަން ބެލުމެވެ.

"މިއީ [އިންޑިއާ] އަސްކަރިއްޔާގެ އުޅަނދު. އަސްކަރިއްޔާގެ ބޭނުމަށް މަސައްކަތްކުރަމުން ދަނީ މިހާރު ވެސް. އެހެންވީމާ މިހާރު ވެސް އެމީހުން މިތާ ތިބެގެން ކުރާ މަސައްކަތްތަކަކީ އިންޑިއާގެ އަސްކަރިއްޔާގެ އެންގުމަށް ހިންގާ އޮޕަރޭޝަންތައް މިތާ ހިންގުން،" އޭނާ ވިދާޅުވި އެވެ.

އޭގެ ތަފްސީލުގެ ގޮތުގައި އުމަރު ތުހުމަތުކުރެއްވީ ރާއްޖޭގެ ކައިރީގައި ޗައިނާ އާއި ރަޝިޔާގެ އުޅަނދެއް ހަރަކާތްތެރިވޭތޯ ބަލައި އެ މައުލޫމާތު އެއްކުރުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox