ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް މިރޭ ބިން ހެލުމުގެ އަސަރުކޮށްފައިވާ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ހދ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓްތައް މިރޭ ލިބިފައިވާ ކަމަށެވެ.
އެ އަތޮޅު ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިން ހެލުން ރެކޯޑު ކުރާ މީޓަރަށް ރާއްޖެ ގަޑިން މިރޭ 8:27 ގައި ލޮޅުމެއްގެ އަސަރު ކޮށްފައިވާ ކަން ރިކޯޑު ކުރެވިފައިވާ ކަމަށެވެ.
ނަމަވެސް މީގެ ސަބަބުން ރާއްޖެއަަށް ނުކުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މެޓު އޮފީހުން ބުންޏެވެ.













