ސިނަމާލެ ބްރިޖާ ދިމާލު ކަނޑުން އޮޔާ ދިޔަ މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖާ ދިމާލުން ކަނޑުމަތިން މީހަކު އޮޔާދާކަމުގެ މައުލޫމާތު 12:35 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، އެމީހާ ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައި ކަމަށެވެ.
މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދޭއިރު، މައުލޫމާތު ލިބެމުންދާ ވަރަކަށް މައުލޫމާތު ހިއްސާކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ބްރިޖު ސަރަހައްދަށް ރާޅާއަޅަން މީހުން ވަރަށް ގިނައިން އެރެ އެވެ. ނަމަވެސް މި ދުވަސްވަރު މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.










