ގާޒާގެ ރަފާއަށް ދޭ ހަމަލާތައް ހުއްޓާލަން އައިސީޖޭއިން އިޒްރޭލަށް އަމުރުކޮށްފި

May 24, 2024, 2:06 PM
އިޒްރޭލުން ބޮން އަޅާ ބިމާ ހަމަކޮށްލި ގެއެއް ކައިރީގައި އެ ގޭގެ ކުއްޖަކު ހުއްޓިލައިގެން: ރަފާ ކްރޮސިން ހުޅުވަން ވެސް ކޯޓުން އަމުރު ކުރި -- ފޮޓޯ: ހިއުމަން ރައިޓްސް ވޮޗް

އިޒްރޭލުން ބޮން އަޅާ ބިމާ ހަމަކޮށްލި ގެއެއް ކައިރީގައި އެ ގޭގެ ކުއްޖަކު ހުއްޓިލައިގެން: ރަފާ ކްރޮސިން ހުޅުވަން ވެސް ކޯޓުން އަމުރު ކުރި -- ފޮޓޯ: ހިއުމަން ރައިޓްސް ވޮޗް

ގާޒާގެ ރަފާއަށް ދޭ ހަމަލާތައް ހުއްޓާލަން އދ. ގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އިޒްރޭލުގެ މައްޗަށް މިއަދު އަމުރުކޮށްފި އެވެ.

އައިސީޖޭއިން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ ރަފާގެ ދިރިއުޅޭ ފަަލަސްތީނުގެ ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް އިޒްރޭލުން ހިންގާ މިލިޓަރީ ހަރަކާތްތައް ހުއްޓާލުމަށެވެ.

އެ އަމުރު ނެރުނީ 13 ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އަމުރު ނެރުމާ ދެކޮޅުވީ ދެ ފަނޑިޔާރެކެވެ.

ރަފާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ރަފާ ކްރޮސިން ހުޅުވާފައި ބެހެއްޓުމަށް ވެސް އައިސީޖޭއިން އަމުރު ކުރި އެވެ. ރަފާ ކްރޮސިންއަކީ މިސްރުން ރަފާއަށް ވަންނަން އޮންނަ ހަމައެކަނި މަގެވެ.

އދ. އިން ކަނޑައަޅާ އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކާއި ފެކްޓު ފައިންޑިން މިޝަންތަކާއި ތަހުގީގު ކުރާ ފަރާތްތަކަށް ގާޒާއަށް ވަނުމުގެ މަގު ފަހިކޮށްދިނުމަށް ވެސް ކޯޓުން އަމުރު ކުރި އެވެ.

ކޯޓުން އަމުރު ކުރި ފިޔަވަޅުތައް އަޅަން ކޮށްފައިވާ މަސައްކަތްތަކުގެ ރިޕޯޓެއް މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އިޒްރޭލުން ދޭންޖެހޭނެ ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ.

އޭގެ އިތުރުން، ފަލަސްތީނުގެ އިންސާނީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ވެސް ކޯޓުން ފާހަގަ ކުރި އެވެ. އަދި ގާތްގަނޑަކަށް މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާކަން ވެސް ކޯޓުން ފާހަގަ ކުރި އެވެ.

އޮކްޓޯބަރު، 2023، ގައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ގަތުލުއާންމުގައި 35،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަދި ގާތްގަނޑަކަށް 80،000 މީހުން ޒަހަމްވެފައިވާއިރު ގެއްލިފައިވާ މީހުންގެ އަދަދު 10،000 އިން މައްޗަށް އަރަ އެވެ.

އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރުން ވަނީ އެ ކޯޓުގައި އެދިފަ އެވެ. އޭނާގެ އިތުރުން ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓް ހައްޔަރު ކުރަން ވެސް ޕްރޮސެކިއުޓަރުން އެދުނެވެ.

ނަތަންޔާހޫ އަދި އޭނާގެ ޑިފެންސް މިނިސްޓަރު ހައްޔަރު ކުރަން އެދިފައި ވަނީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބޭނުންކޮށް އިންސާނުން ބަނޑަށް ޖެއްސުން، ގަސްދުގައި މީހުން ހާލުގައި ޖައްސައި، ގަސްދުގައި މީހުން މެރުން، ހަނގުރާމައެއްގެ ތެރެއިން މަދަނީން މެރުން އަދި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާފައިވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox