ޕޮޗެޓީނޯ އެއް ސީޒަނަށް ފަހު ޗެލްސީ ދޫކޮށްލައިފި

May 21, 2024, 6:48 PM
ޕޮޗެޓީނޯ އެއް ސީޒަނަށް ފަހު ޗެލްސީ ދޫކޮށްލައިފި

ލަންޑަން (މެއި 21) - ޗެލްސީގެ ކޯޗުކަމުން އެއް ސީޒަނަށް ފަހު، މައުރީސިއޯ ޕޮޗެޓީނޯ ވަކިވެއްޖެ އެވެ.

ކުރިން ޓޮޓެންހަމް ހޮޓްސްޕާސް އާއި ޕީއެސްޖީ އަށް ކޯޗުކޮށްދިން ޕޮޗެޓީނޯ، މި ގޮތަށް ނިންމީ ޗެލްސީގެ ވެރިންނާ މަޝްވަރާ ކުރުމަށް ފަހު އެެވެ.

މި ސީޒަން ފެށުމުގެ ކުރިން، ޕޮޗެޓީނޯ، ޗެލްސީއާ ހަވާލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުމުގައި ވަނީ އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރެވޭ މާއްދާއެއް ހިމަނައިފަ އެވެ.

Advertisement

ސީޒަނުގެ ފަހުކޮޅުގައި އެކި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޗެޓީނޯ ވަނީ މަގާމުގައި ދެމިނުހުންނާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. ޕޮޗެޓީނޯ ބުނީ، އޭނާގެ މަސައްކަތަށް ކްލަބްގެ ހުރިހާ ފަރާތެއްގެ އެއްބާރުލުން ނުލިބޭނަމަ ދެމިހުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި، ކްލަބްގެ ވެރިން އޭނާއާ މެދު ހިތްހަމަޖެހުނަސް، މީގެ އޭނާ ބޭނުންވާ ކަންތައްތަކެއް ފުރިހަމަނުވާ ކަމަށްވާނަމަ ވެސް ނަމެއްގައި މަގާމުގައި ހުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

ލީގު ކަޕްގެ ފައިނަލުގައި ކުޅެ، އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ޗެލްސީ ގެންގޮސްދިން ޕޮޗެޓީނޯ އަށް ސީޒަނުގެ ކުރީކޮޅު ދިޔައީ ޕްރެޝަރު ބޮޑުކޮށެވެ. އެ ޓީމު ލީގުގެ ގަދަ 10 ޓީމުގެ ތެރޭގައި ވެސް ނެތުމުގެ ޕްރެޝަރު ބޮޑުވި ނަމަވެސް، އޭނާ ޓީމުގެ ހާލަތު ބަދަލުކޮށް، އެ ޓީމަށް ސީޒަން ނިންމާލައިދިނީ، ހަ ވަނައިގައި އޮވެ އެވެ.

ޕޮޗެޓީނޯ ވަނީ ޗެލްސީގެ ވެރިން އޭނާ އަށް ދިން ފުރުސަތަށް ޝުކުރު އަދާކޮށްފަ އެވެ.

"މި ކްލަބް މި އޮތީ ރަނގަޅު ހިސާބެއްގައި ކުރިއަށް އޮތް އަހަރުތަކުގައި އިނގިރޭސި ޕްރިމިއާ ލީގާއި ޔޫރަޕްގައި ވާދަކުރަން، ކާމިޔާބަށް އެދެން،" ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯ އަކީ، ޗެލްސީ ހިންގުމާ ޓޮޑް ބޯލީ ހަވާލުވި ފަހުން އެ ޓީމުން ވަކިވާ ފަސް ވަނަ ކޯޗެެވެ. މީގެ ކުރިން، ޗެލްސީން ވަނީ ބޯލީ ހަވާލުވި ފަހުން، އެންމެ ފުރަތަމަ ހުރި ތޯމަސް ޓުޗެލް ވަކިކޮށްފަ އެވެ. އެ އަށް ފަހު، ގްރަހަމް ޕޮޓާ ގެނެސް، އޭނާ ވެސް ވަކިކުރި އެވެ. ފަހުން ޗެލްސީން ވަނީ ފްރޭންކް ލަމްޕާޑާ އެކު ވެސް ނުކުމެފަ އެވެ. ލަމްޕާޑް، ހަވާލުވީ، ޕޮޓާ ވަކިކުރުމުން ސީޒަނުގެ ބާކީ ބަޔަށެވެ.

ޗެލްސީން ދެން ގެންނާނެ ކަމަށް ބެލެވޭ އެއް ކޯޗަކީ، ބްރައިޓަން ދޫކޮށްލަން ނިންމި، އިޓަލީގެ ކޯޗު ރޮބާޓޯ ޑި ޒާބީ އެވެ. ދެ ފަހަރެއްގެ މަތިން، ޗެލްސީ އަށް ކޯޗުކޮށްދިން ހޯސޭ މޮރީނިއޯ ވެސް މި ވަގުތު ހުރީ ކްލަބެއް ނެތި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox