ދީމާގެ ކާމިޔާބީ އަކީ ގިނަ ގުރުބާނީތަކެއްގެ ނަތީޖާ: މިނިސްޓަރު ރާފިއު

ދީމާގެ ކާމިޔާބީގެ ޝަރަފްގައި މިއަދު ބޭއްވި އިވެންޓްގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.---- ފޮޓޯ: އަދަދު

ދީމާގެ ކާމިޔާބީގެ ޝަރަފްގައި މިއަދު ބޭއްވި އިވެންޓްގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.---- ފޮޓޯ: އަދަދު

އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ޓޭބަލް ޓެނިސް ތަރި، ފާތިމަތު ދީމާ އަލީ، ހޯދާފައި މި ވަނީ، ގިނަ އަހަރުތަކެއް ވަންދެން ކުރި ބުރަ މަސައްކަތާއި ވީ ގުރުބާނީތަކުގެ ނަތީޖާއިން ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރާފިއު، މި ވާހަކަ ހިއްސާކުރެއްވީ، ދީމާގެ ކާމިޔާބީ ފާހަގަކުރަން މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި އިވެންޓްގައި ވާހަކަ ދައްކަަވަމުންނެވެ.

ރާއްޖޭގެ ކުޅިވަރު މައިދާނުގައި މިހާތަނަށް ލިބިފައިނުވާ ޝަރަފެއް މި ގައުމަށް ހޯދައިދިނީތީވެ، މިނިސްޓަރު ރާފިއު ވަނީ ދީމާ އަށް ހާއްސަ ޝުކުރު އަދާކުރައްވައިފަ އެވެ.

އެ ގޮތުން، މިނިސްޓަރު ރާފިއު ވަނީ ދީމާގެ މި ކާމިޔާބީގެ ފުރަގަހުގައި ދީމާގެ އިތުރުުން، ގިނަ ބަޔެއްގެ ވަރަށް ބުރަ މަސައްކަތްތަކެއް އެބަހުރިކަން ފާހަފަކުރައްވައިފަ އެވެ. އަދި މީގެ އެންމެ ބޮޑު ކްރެޑިޓެއް ދީމާ އަށް ދޭން ޖެހޭ ހާއްސަ ސަބަބަކީ، އުމުރުން އެންމެ 16 އަހަރުގައި އެކަން ހާސިލްކުރުމުން ކަމަށް ރާފިއު ވިދާޅުވި އެވެ.

"މިއީ އެއް ރެޔަކު ނިދާލާފައި ހޭލާ އަނެއް ދުވަހު ގޮސް ކުޅެގެން ލިބުނު ކާމިޔާބީ އެއް ނޫން. ލެޖެންޑަކަށް ދުނިޔޭގައި ވަނީ، ކުޅިވަރުގައި އޮންނާނެ. 10 އިޔާ ރޫލް ކިޔާ ރޫލެއް، ލެޖެންޑަކަށް މީހަކު ވަނީ 10 އަހަރު ދުވަހު ކެނޑިނޭޅި މަސައްކަތް ކޮށްގެން. 10،000 ގަޑިއިރު އެ ކުރާ ކަމެއްގައި އެ ކުޅޭ ކުޅިވަރެއްގައި ޝާމިލުވެގެން ދިޔައީމައޭ،" ރާފިއު ވިދާޅުވި އެވެ.

ދެންމެ އަޅުގަނޑުމެންނަށް އަޑުއިވިއްޖެ ދީމާ ވެސް 10 އަހަރު ކޮށްފިއްޔޭ. މާނަ އަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތުގެ ނަތީޖާއޭ މި ފެންނަނީ، އެހެންވީމަ ހާޑްވޯކް، ޑެޑިކޭޝަން، ޑިޓާމިނޭޝަން، މިއީ އެތުލީޓެއް ހަނދާން ނައްތާލައިގެން ވާނެ ބަސްތަކެއް ނޫން،"

ދީމާގެ މަންމަ އައިޝަތު ވަހީދާ އާއި ބައްޕަ އަބްދުއްސައްތާރު އަލީ، އަކީ ދީމާގެ މި ކާމިޔާބީގެ މައި ހިއްސާދާރުންނެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދީމާ އެކު ސާބިތުވެ، ޕްރެކްޓިހާއި މުބާރާތަކުގައި ތިބެ އެވެ. ދީމާ އަށް ދޭން ޖެހޭ ކޮންމެ އެއްބާރުލުމެއް ދިނުމުގައި، ގައުމުން ބޭރުގައި ވެސް ފުރިހަމަ އަށް ހަރަކާތްތެރިވި އެވެ.

ދީމާގެ ބައްޕަ، ސައްތާރު (ކ) އާއި މަންމަ ވަހީދާ (ވ).-- ފޮޓޯ: އަދަދު

މިނިސްްޓަރު ރާފިއު ވަނީ މި ކާމިޔާބީގައި ދީމާގެ މަންމަ އާއި ބައްޕަ ކުރި މަސައްކަތުގެ އަގުވަޒަންކޮށްފަ އެވެ.

"މީގެ ތިން އަހަރު ކުރިން، އަޅުގަނޑު އަހާލިން ދީމާގެ ޕޭރެންޓުން ކައިރިން ކިޔެވުމުގެ ކަންކަން ކިހިނެއްތޯ ދަނީ. ޕޭރެންޓުން ވިދާޅުވި އޮންލައިން ކްލާހުންނޭ ކިޔަވަނީ، އަހާލިން، ކިހިނެއްތޯ ދަތުރުފަތުރު ހުންނަނީ، ކޮމިއުނިޓީއާ ދުރުގައި ކިހާ ދުވަހަކުތޯ އުޅެނީ، އާއިލާއާ އެކުގައި ވެސް އާއިލާއާ ދުރުގައި ވެސް، ވަރަށް ގިނަ ދުވަސްތަކެއް ހޭދަކޮށް، ތަމްރީންތަކަށް ދިއުމާއި ޓޯނަމެންޓަށް ދިއުމުގައި، މި ސެކްރިފައިސް ވަނީ ވަރަށް ބައިވަރު ކަންތައްތަކެއް،" ރާފިއު ވިދާޅުވި އެވެ.

ދީމާގެ މި ކާމިޔާބީގައި ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ސަރުކާރުން ވެސް އިސް މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ދީމާ އަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު އެތުލީޓެކެވެ. އަދި މިދިިޔަ ސަރުކާރުން ފެށި އަރުތަ ޕްރޮގްރާމްގެ ތެރެއިން ވެސް ދީމާ އަށް ޓްރެއިނިންގެ ފުރުސަތުތައް ދީފައިވެ އެވެ.

ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ)ގެ އިތުރުން މިނިސްޓަރު ރާފިއު ވެސް ވަނީ އެކި ފަރާތްތަކުން ދިން އެހީތެރިކަން ފާހަގަކުރައްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދުު މުއިއްޒުގެ ސަރުކާރުގެ މަސައްކަތުން، ރާއްޖޭގެ ކުޅިވަރު ކުރިއަށް ގެންދިއުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.

އެ ގޮތުން، ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނެއް ހަދައި، އެތުލީޓުންނަށް ބޭނުންވާ ހިދުމަތްތައް ފުރިހަމަ ކޮށްދޭނެ، މީހުން ބިނާކުރުުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި އެކަމަށްޓަކައި، ބޭރު ގައުމުތަކުން ގިނަ ސްކޮލަޝިޕްތަކެއް ވެސް ހަމަޖެހިގެންދާނެ ކަމަށް ރާފިއު ވިދާޅުވި އެވެ.

"ކުޅިވަރު އާ އުސްމިނަކަށް ގެންދެވެން އޮތީ، ވަރަށް ވަރުގަދަ އަށް މީހުން ބިނާކުރުމުގެ މަސައްކަތް ވެސް ކުރެވިގެން. ރާއްޖޭގެ އެކި ކުޅިވަރުތައް އާލާކޮށް އެ ކުޅިވަރުތަކުން ލިބޭ ޓެލެންޓްތައް، މޮޅެތި ކުޅުންތެރިން ފާހަގަކޮށް، އެ ކުޅުންތެރިން އިތުރު ހަރުފަތަކަށް ގެނައުމަށްޓަކައި ބޭނުންވާނެ ޓްރެއިނިން ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން މިދަނީ،" ރާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބޭނުންވަނީ މުސްތަގުބަލުގައި ދީމާ ހޯދި ފަދަ ކާމިޔާބީތަކެއް އެކި ކުޅިވަރުތަކުން ހޯދާނެ އެތުލީޓުން ބިނާކޮށް ރާއްޖޭގެ ކުޅިވަރު އެތައް ހަރުފަތެއް ގިރާކުރުމަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

ލިވަޕޫލަށް މޮޅެއް، ބޯންމައުތުން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލުން 2-0 އިން ބްރައިޓަން ބަލިކުރިއިރު، ބޯންމައުތުން ވަނީ 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައި. މި މޮޅާއެކު ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށް ޖެހިލިއިރު، ޔުނައިޓެޑުން މި މެޗަށް ނުކުތީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ނުލައި

ޓީސީ ބަލިކޮށް ބިސް ބުރު ފަސް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބް ތާވަލުގެ ފަސް ވަނައަށް ޖެހިލައިފި. ވިއްސާރައިގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުނު މި މެޗުގައި ބިސް ބުރުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަތީގާއި މުހައްމަދު ޒިދާން އީސާ

އެތުލެޓިކޯ ސަޕޯޓަރުން ކިބައިން އަލްވަރޭޒް މައާފަށް އެދިއްޖެ

މި ސީޒަން ފެށުމުގެ ކުރިން ކްލަބް ބަދަލުކުރުމާ ގުޅޭގޮތުން ދެވުނު އިންޓަވިއުއެއްގެ ސަބަބުން، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންގެ ކިބައިން ފޯވާޑް ޖޫލިއަން އަލްވަރޭޒް މައާފަށް އެދިއްޖެ. އޭނާ ބުނިގޮތުގައި އެ ވަގުތު ކަންތައް ކުރެވުނު ގޮތް ގޯސްކަމަށާއި، ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރޭ

ސިފައިން ގައުމީ ފައިނަަލަށް، އެމްޓީސީސީ މެޗު އެޗްޑީސީ އަށް

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދިއިރު، އައިޓީސީގެ މައްސަލައެއްގައި އެމްޓީސީސީން މެޗު ދޫކޮށްލުމުން އެޗްޑީސީ ވަނީ ތިން ވަނަ ސެމީއަށް ދަތުރުކޮށްފައި. އެމްޓީސީސީން މެޗު ދޫކޮށްލީ ބިދޭސީ ކުޅުންތެރިންގެ އެގްރީމަންޓެއްގައި ސޮއިކުރަން ވީއޭއެމްއިން އެންގި ވަގުތު ކުޑަވުމާއި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން

ސާފަށް ތައްޔާރުވާން ރާއްޖޭން އިންޑޮނޭޝިއާގައި ކޭމްޕްކުރަނީ

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާގައި ކޭމްޕްކުރާ ގޮތަށް ވަނީ ހަމަޖެހިފައި. މި މަހުގެ 26 އިން އަންނަ މަހުގެ 2 އަށް ކުރިއަށްދާ މި ކޭމްޕަށް ފަހު، ޓީމު މުބާރާތަށް ފުރާނީ އަލުން ރާއްޖެ އައުމަށް ފަހުގައި.

Newsletter

Get the latest news delivered straight to your inbox