ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ރީނދޫ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ ރީނދޫ އެލާޓް ނެރެފައި ވަނީ ހެނދުނު 10:00 އިން މެންދުރު 14:30 ގެ ނިޔަލަށް ޅ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ކަމަށެވެ.
އެގޮތުން, ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ވަނީ މިއަދު ހެނދުނު މުޅި ރާއްޖެއަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓެއް ވެސް ނެރެފަ އެވެ. އެ އެލާޓުގެ މުއްދަތު ވެސް ހަމަވާނީ 14:30 ގަ އެވެ.
ރާއްޖެއަށް މިދުވަސްވަރު މޫސުން ގޯސްވެ، ބައެއް ރަށްތަގައި ބޯކޮށް ވާރޭވެހި އަންނަނީ ފެންބޮޑުވަމުންނެވެ.

ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު، މި މޫސުން ނޮވެމްބަރާ ހަމައަށް ދެމިގެންދާނެ އެވެ. އަދި އިރުވައި މޫސުން ޖެނުއަރީގައި ފަށާފައި ނިމެނީ މާޗު މަހު އެވެ.













