ޗާގޯސް މައްސަލަ: ގޮތް ނިންމާނީ ކޮމިޓީން އެކުލަވާލި ރިޕޯޓު އޭޖީ ދިރާސާކޮށް ކެބިނެޓުގެ ލަފާ ހޯދުމަށް ފަހު

އޭޖީ އަހުމަދު އުޝާމް: އޭޖީ އޮފީހުން ބުނަނީ ޗާގޯސް މައްސަލާގައި ކުރިއަށް ދާނެ ގޮތެއް އިނގޭނީ ކޮމިޓީން އެކުލަވާލި ރިޕޯޓު އޭޖީ ދިރާސާކޮށް ކެބިނެޓުގެ ލަފާ ހޯދުމަށްފަހު ކަމަށް - ފޮޓޯ: ރައީސް އޮފީސް

އޭޖީ އަހުމަދު އުޝާމް: އޭޖީ އޮފީހުން ބުނަނީ ޗާގޯސް މައްސަލާގައި ކުރިއަށް ދާނެ ގޮތެއް އިނގޭނީ ކޮމިޓީން އެކުލަވާލި ރިޕޯޓު އޭޖީ ދިރާސާކޮށް ކެބިނެޓުގެ ލަފާ ހޯދުމަށްފަހު ކަމަށް - ފޮޓޯ: ރައީސް އޮފީސް

ޗާގޯސް މައްސަލާގައި މިދިޔަ ޑިސެމްބަރު މަހު އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެކުލަވާލެއްވި ތިން ބޭފުޅުންގެ ކޮމިޓީން އެކުލަވާލި ރިޕޯޓު ދިރާސާކުރައްވަމުން ގެންދަވާ ކަމަށް އޭޖީ އޮފީހުން ބުނެފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމަލު ކުރީ "ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް" ކަމަށް ބުނެ އެ މައްސަލަ ބަލަން މި ސަރުކާރުން އެކުލަވާލި ކޮމިޓީގައި ހިމެނެނީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޑިފެންސް މިނިސްޓްރީގެ ފަރާތުން ކާނަލް އަހުމަދު މުޖުތަބާ އާއި ފޮރިން މިނިސްޓްރީގެ ފަރާތުން އަހުމަދު ޝިޔާން އެވެ. އެ ކޮމިޓީ ލީޑު ކުރައްވަނީ އަނިލް އެވެ.

ޗާގޯސް މައްސަލާގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން "އަދަދު" އަށް މައުލޫމާތު ދެއްވަމުން އޭޖީ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ ކޮމިޓީން އެކުލަވާލި ރިޕޯޓު އޭޖީއަށް ހުށަހަޅާފައިވާ ކަމަށެވެ.

"ކޮމިޓީގެ ލަފާތަކާއެކު އެކުލަވާލި ރިޕޯޓު މިހާރު ވަނީ އޭޖީއަށް ހުށަހެޅިފައި، އޭޖީ ގެންދަވަނީ ރިޕޯޓު ދިރާސާ ކުރައްވަމުން، ދިރާސާ ކުރެއްވުމަށްފަހު ކެބިނެޓު އަދި ރައީސްގެ ލަފާ ހޯއްދެވުމަށްފަހު ކުރިއަށް ދާނެ ގޮތެއް ނިންމަވާނީ،" ފާތިމަތު ވިދާޅުވި އެވެ.

މި މައްސަލާގައި ގޮތެއް ނިންމާ އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވުމުގެ ކުރިން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންނެވި ކަމެކެވެ. ނަމަވެސް, އަދިވެސް މި މައްސަލަ ކޮޅެއްގައި ނުޖެހެ އެވެ.

ސަރުކާރަށް 100 ދުވަސް ވުމުން ޗާގޯސް މައްސަލާގައި އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ، އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރަން ހުށަހެޅުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރަމުން ބުނީ ކުރީ ސަރުކާރުން މިކަމުގައި އަމަލުކުރީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް މި މައްސަލަ ދިރާސާކުރި ހަބީރުން ބުނެފައިވާ ކަމަށެވެ.

ކުރީގެ ސަރުކާރުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލި ކަމަށް ބުނެ އެބައި ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގައި، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުގެ ގާނޫނީ ލަފާ ހޯދުމަށްވެސް ސަރުކާރުން ނިންމި އެވެ.

ނަމަވެސް، މި މަހު 12 ގައި މުނައްވަރު "އަދަދު" އަށް ވިދާޅުވީ، ގާނޫނީ ލަފާ ދެއްވުން ލަސްކުރެއްވި މައިގަނޑު ސަބަބަކީ ބަންޑާރަނައިބު އަހުމަދު އުޝާމް އަށް މަޖިލީހުން ރުހުން ނުލިބުން ކަމަށެވެ. އަދި އޭނާގެ ގާނޫނީ ލަފާ ހޯދަން ސަރުކާރުން ނިންމީ ބޭރުގެ ވަކީލުންނާއެކު މަސައްކަތް ކުރިއަށް ނުގެންދެވިގެން ކަމަށްވެސް މުނައްވަރު ވިދާޅުވި އެވެ.

"ބަންޑާރަނައިބަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭހާ ހިނދަކު ބަންޑާރަ ނައިބެއް ނެތީކަމަށް އަޅުގަނޑު ބަލަނީ، އަޅުގަނޑަކަށް އެ ބޭފުޅަކާ އެކީގެ މަސައްކަތެއް ނުކުރެވޭނެ ނޫންތޯ،" މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރުގެ އިތުރުން މި މައްސަލާގައި ސަރުކާރުން ގާނޫނީ ލަފާ ހޯދަމުން އަންނަ އަނެއް ދެ މީހުންގެ ތެރެއިން އެކަކީ އިނގިރޭސިވިލާތުގެ މަތީ ފަންތީގެ ގާނޫނީ ވަކީލަކާއި ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެކެވެ. އޭޖީ އޮފީހުން ބުނީ މި ދެ ގާނޫނީ މާހިރުންނަކީ ވެސް ކަނޑާބެހޭ މުއާހަދާއާ ގުޅުން ހުރި މި ފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެ ބޭފުޅުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox