ފަތާ ޓްރެކް ޕަންޕް ސްޓޭޝަން ބަދަލު ކުރުމުގެ މަސައްކަތް ނުފެށެނީ އީއައިއޭ ފާސްނުވާތީ: ސްޓެލްކޯ

ބޮޑުތަކުރުފާނު މަގަށް ވާގޮތަށް ހުރި ސްޓެލްކޯގެ ޕަންޕް ސްޓޭޝަން. ފައިލް ފޮޓޯ/ އަދަދު

ބޮޑުތަކުރުފާނު މަގަށް ވާގޮތަށް ހުރި ސްޓެލްކޯގެ ޕަންޕް ސްޓޭޝަން. ފައިލް ފޮޓޯ/ އަދަދު

މާލޭ ބޮޑުތަކުރުފާނު މަގަށް ވާގޮތަށް ފަތާ ޓަރެކް ކައިރީ ހުރި ސްޓެލްކޯގެ ޕަންޕް ސްޓޭޝަން ފަޅު ތެރެއަށް ޖެއްސުމުގެ މަސައްކަތް ނުފެށި ވަނީ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ފާސް ނުވާތީ ކަމަށް، އެ ކުންފުނިން ބުނެފަ އެވެ.

މާލެ ދެކުނު ފަރާތު ފަޅުތެރެއިން 103 އަކަ މީޓަރުގެ ތަންކޮޅެއް ހިއްކައި ޕަންޕް ސްޓޭޝަން މަގުން ނަގާ އެތަނަށް ބަދަލު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން އެމްޓީސީސީ އާ ހަވާލުކުރީ މި އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު އެވެ. ނަމަވެސް މި ޕްރޮޖެކްޓަށް ސަރުކާރުން ފުރަތަމަ ހުއްދަ ދީފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު އެވެ.

ސްޓެލްކޯ އިން ބުނެފައިވާ ގޮތުގައި އެމްޓީސީސީ އާ މި ޕްރޮޖެކްޓް ހަވަލުކޮށްފައިވަނީ 7.1 މިލިއަން ރުފިޔާ އަށް، އީއައިއޭ ފާސްވާތާ 60 ދުވަސްތެރޭގަ މަސައްކަތް ނިންމާ ގޮތަށެވެ.

ސްޓެލްކޯ އިން ބުނީ މިހާރު ކުރިއަށްދަނީ އީއައިއޭ އަށް ބޭނުންވާ އިތުރު މައުލޫމަތު ތަކެއް ފުރިހަމަ ކުރުމުގެ މަސައްކަތެވެ. ސްޓެލްކޯ އިން ވަނީ މި ޕްރޮޖެކްޓަށް ބޭނުންވާ އިއައިއޭ ފެބްރުއަރީ މަހު އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ހުށަހަޅައިފަ އެވެ.

ސްޓެލްކޯ އަށް ތެޔޮ ގެންދިއުމުގެ ބޭނުމުގަ ހަދާފައިވާ ޕަންޕް ސްޓޭޝަން ބޮޑުތަކުރުފާނު މަގަށް ވާގޮތަށް ހުރުމުގެ ސަބަބުން، މަގުން އެއްޗެހި ދުއްވުމަށާއި ހިނގަބިނގާވެ އުޅުމަށް ވެސް ދަތިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox