ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ހުށަހެޅި މީހުންގެ ނަންތައް އާންމުކޮށްފި

ބީއެމްއެލްގެ 40 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން: ބޭންކުގެ ބޯޑަށް މުޅިން އަލަށް ހުށަހަޅާފައި ވަނީ ދެ މީހެއްގެ ނަމެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބީއެމްއެލްގެ 40 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން: ބޭންކުގެ ބޯޑަށް މުޅިން އަލަށް ހުށަހަޅާފައި ވަނީ ދެ މީހެއްގެ ނަމެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސަރުކާރުން މެޖޯރިޓީ ހިއްސާވާ ޕަބްލިކް ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑަށް ސަރުކާރުން އައްޔަނުކުރަން ހުށަހަޅާފައިވާ ހަތް މީހުންގެ ނަން އެ ބޭންކުން އިއްޔެ އާންމުކޮށްފި އެވެ.

ބީއެމްއެލްގެ އާ ޑިރެކްޓަރުންގެ ބޯޑު ހޮވާނީ މި މަހު ފަހުކޮޅު ބާއްވާ އެ ކުންފުނީގެ 41 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ. މި ޖަލްސާ އޮންނާނީ މެއި 28، ގައި ހޮޓެލް ޖެންގަ އެވެ.

އެގޮތުން 2024- 2025 ވަނަ އަހަރަށް ސަރުކާރު ތަމްސީލުކުރަން ބީއެމްއެލްގެ ބޯޑަށް ހުށަހަޅާފައިވާ ނަންތަކަކީ:

  1. ހަސަން ޒަރީރު
  2. ކާލް ސްޓުމްކަ (ސީއީއޯ އަދި އެމްޑީ)
  3. އާއިޝަތު ނޫރައްދީން
  4. އާއިޝަތު ސަޖްނީ
  5. އަލީ ފާރިސް މުހައްމަދު
  6. އާދިލް މޫސާ
  7. ސުޒީ އާދަމް

ސަރުކާރުން ހުށަހަޅާފައިވާ ނަންތަކުގެ ތެރެއިން ހަސަން ޒަރީރާއި ކާލް ސްޓުމްކާ އާއި އާއިޝަތު ނޫރައްދީންގެ އިތުރުން އާއިޝަތު ސަޖުނީ އާއި އަލީ ފާރިސް މުހައްމަދަކީ މިހާރު ވެސް ބޭންކުގެ ބޯޑު މެމްބަރުންނެވެ. އަދި ސަޖުނީއަކީ ބޭންކުގެ ބޯޑުން ގަވާއިދާ ހިލާފަށް ވަކިކުރުމަށް ފަހު އަލުން އައްޔަނުކުރި ޑިރެކްޓަރެކެވެ.

ސަރުކާރުން ހުށަހެޅި ނަންތަކުގެ އިތުރުން، އާންމު ހިއްސާދާރުންގެ ފަރާތުން ބޭންކުގެ ބޯޑަށް ކުރިމަތިލާފައިވާ މީހުންގެ ނަންތައް ވެސް ބޭންކުން އާންމު ކުރި އެވެ. އެގޮތުން ކުރިމަތިލީ ތިން މީހުންނަކީ މިހާރު ވެސް އެ ބޭންކުގައި އާންމު ހިއްސާދާރުން ތަމްސީލުކުރަމުންދާ ތިން ޑިރެކްޓަރުންނެވެ. އެއީ:

  1. އިބްރާހިމް މުހައްމަދު
  2. އަހުމަދު މުހައްމަދު
  3. އަބްދުﷲ ނަސީމް

ބީއެމްއެލްއިން ބުނީ، މި އެންމެންނަކީ ވެސް އެ ބޭންކުގެ ބޯޑުުގެ އެޕޮއިންޓްމަންޓް، ނޮމިނޭޝަން އެންޑް ރެނިއުމަރޭޝަން ކޮމިޓީން ވަޒަންކުރުމަށް ފަހު، މަގާމަށް އިންތިހާބުކުރުމަށް ގާބިލު ބަޔެއް ކަމަށް ބޭންކުގެ ބޯޑުން ފާސްކޮށްފައިވާ މީހުން ކަމަށެވެ.

ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވެނީ 11 ޑިރެކްޓަރުންގެ މައްޗަށެވެ. އެންމެ ބޮޑު ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރަށް ހަތް ޑިރެކްޓަރުން އައްޔަނުކުރަން ލިބެ އެވެ.

ބާކީ ތިބޭ ހަތަރު ޑިރެކްޓަރުންގެ ތެރެއިން ތިން ހިއްސާދާރުން އިންތިހާބުކުރަނީ އާންމު ހިއްސާދާރުންގެ ތެރެއިންނެވެ. ދެން ހުންނަނީ ސަރުކާރުން ހުށަހަޅައިގެން އައްޔަނުކުރާ މުސްތަގިއްލު ޑިރެކްޓަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox