ޓްރީޓޮޕުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވަޔަލެސް އިމްޕްލާންޓު ޕްރޮސީޖާއެއް ކުރިއަށް ގެންގޮސްފި

ޓްރީޓޮޕުން ރާއްޖޭގައި އަލަށް ކާމިޔާބުކަމާއެކު ވަޔަލެސް އިމްޕްލާންޓް ޕްރޮސީޖާއެއް -- ފޮޓޯ: ޓްރީޓޮޕް

ޓްރީޓޮޕުން ރާއްޖޭގައި އަލަށް ކާމިޔާބުކަމާއެކު ވަޔަލެސް އިމްޕްލާންޓް ޕްރޮސީޖާއެއް -- ފޮޓޯ: ޓްރީޓޮޕް

ޓްރީޓޮޕް ހޮސްޕިޓަލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީޑްލެސް ޕޭސްމޭކާ ލެއްވުމުގެ ދެ ޕްރޮސީޖާއެއް ކާމިޔާބުކަމާއެކީ ކުރިއަށް ގެންގޮސްފި އެވެ.

ޓްރީޓޮޕުގެ ހިތުގެ ފަރުވާއަށް ހާއްސަ ކެތު ލެބުގައި ކާޑިއޮލޮޖީ ޓީމުން ކުރިޔަށްގެންދިޔަ މި ޕްރޮސީޖާ ތަކުގައި، 79 އަހަރާއި 90 އަހަރުގެ ޕޭޝަންޓެއްގެ ހިތުގެ ހިނގުން ރެގިއުލޭޓް ކުރުމަށް ލީޑްލެސް ޕޭސްމޭކާ ލެއްވި އެވެ.

ޓްރީޓޮޕުން ބުނީ މިއީ ހިތުގެ ބަލިތަކަށް ރާއްޖޭގައި ޓްރީ ޓޮޕް ހޮސްޕިޓަލްއިން ފޯރުކޮށްދެމުންދާ ފަރުވާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޓްރީ ޓޮޕުގެ ސީއީއޯ ޑރ. ސްރީވަތްސަން ސްރީދަރް ޖީ. ވިދާޅުވީ ލީޑްލެސް ޕޭސްމޭކާ ޕްރޮސީޖާ ތައާރަފް ކުރުމާއެކު، އިތުރު ސިއްހީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ކުރިން ދާން ޖެހިފައިވާ ޕޭޝަންޓުންނަށް ކާޑިއެކް ކެއާގެ ހިދުމަތް ދަނީ ރާއްޖޭގައި ފުޅާކުރެވެމުން ކަމަށެވެ.

"މިއީ ޓްރީ ޓޮޕް ހޮސްޕިޓަލަށް އަދި މުޅި ދިވެހިރާއްޖެއަށްވެސް ފާހަގަކޮށްލެވޭފަދަ މުހިއްމު މުނާސަބަތެއް، މިކަމުގެ ސަބަބުން ޕޭޝަންޓް އައުޓްކަމްސް ރަނގަޅުވެ، ރާއްޖޭގައި ހިތުގެ ހިނގުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް ފަރުވާ ހޯދުމަށް ހިނގާ ހަރަދުތައް ކުޑަވެގެންދާނެ،" ޑރ. ސްރީވަތްސަން ބުންޏެވެ.

ލީޑްލެސް ޕޭސްމޭކަރ ޓެކްނޮލޮޖީ

ލީޑްލެސް ޕޭސްމޭކާއަކީ ހިތުގެ ހިނގުން މަޑުކޮށްދިނުމަށް، ސީދާ ހިތުގެ ތެރެއަށް ލައްވާ "ސެލްފް ކޮންޓެއިންޑް" ކުޑަ ޑިވައިސްއެކެވެ. އާދައިގެ ޕޭސްމޭކާތަކާއި ހިލާފަށް، މިފަދަ ސެލްފް ކޮންޓެއިންޑް ޑިވައިސްތަކުން ކަރަންޓު ޖެނެރޭޓް ކުރުމަށް އިތުރު ބެޓެރި އަދި ނަރުތަކެއް ގުޅާފައި ނުހުންނާނެ އެވެ. އެއާއެކު ޕޭސްމޭކާ ލައްވާފައިވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

ޓްރީޓޮޕްގެ ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. މިގްދާދު ޝަރީފް ވިދާޅުވީ މި ޓެކްނޮލޮޖީއިން ބަލިމީހާއަށް ގިނަ ގުނަ ފައިދާތަކެއް ކުރާ ކަމަށެވެ. މިގޮތުން މިފަދަ ޕްރޮސީޖާތަކަކީ "މިނިމަލީ އިންވޭސިވް" އެއްކަމުން ކުޑަ އިންސިޝަންއަކުން ޕްރޮސީޖާ ނިންމާލެވޭ ކަމަށެވެ.

"މި ޕްރޮސީޖާއިން ރިކަވަރީ ވަގުތު ކުރުވެ، ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދޭ. އަދި މާބޮޑު ލަކުނެއް ވެސް ނުހުންނާ،" ޑރ. މިގްދާދު ބުންޏެވެ.

ޑރ. މިގްދާދުއާއެކު މި ޕްރޮސީޖާ ހެދުމުގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ޑރ. އަމިތް އަގަރްވާލް، ވިޒިޓިންގް ކާޑިއޮލޮޖިސްޓް ޑރ. އަރުން ގޯޕީ އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ ހީވާގި ކެތުލެބް ޓީމުން ހަރަކާތްތެރިވެފައިވެ އެވެ.

ޓްރީޓޮޕުން ރާއްޖޭގައި އަލަށް ކާމިޔާބުކަމާއެކު ވަޔަލެސް އިމްޕްލާންޓް ޕްރޮސީޖާއެއް -- ފޮޓޯ: ޓްރީޓޮޕް
ޓްރީޓޮޕުން ރާއްޖޭގައި އަލަށް ކާމިޔާބުކަމާއެކު ވަޔަލެސް އިމްޕްލާންޓް ޕްރޮސީޖާއެއް -- ފޮޓޯ: ޓްރީޓޮޕް

ޓްރީޓޮޕުން ރާއްޖޭގައި އަލަށް ކާމިޔާބުކަމާއެކު ވަޔަލެސް އިމްޕްލާންޓް ޕްރޮސީޖާއެއް -- ފޮޓޯ: ޓްރީޓޮޕް

ފަރުވާ ހޯދާ ފަރާތްތަކަށް ބޮޑު ލުޔެއް

މިނިމަލީ އިންވޭސިވް ޕްރޮސީޖާތަކަކީ އުމުރުން ދުވަސްވީ މީހުންނަށް މޭޖާ ސާޖަރީއަކަށް ދިޔުމުގެ ބަދަލުގައި ފަސޭހައިން ކޮށްލެވޭ ޕްރޮސީޖަރ ތަކެކެވެ. މި ޕްރޮސީޖާގެ ކޮސްމެޓިކް އިމްޕެކްޓް ކުޑަވުމާއި ދެތިން ދުވަހެއްގެ ތެރޭގައި އާންމު ދިރިއުޅުމަށް ރުޖޫއަވެވޭތީ، މިފަދަ ޕްރޮސީޖާ ކުރާ މިންވަރު ވަނީ ދުނިޔޭގެ ނިސްބަތުން ވެސް އިތުރުވެފަ އެވެ.

ޓްރީ ޓޮޕްގެ މެޑިކަލް ޑައިރެކްޓަރު ޑރ. މްލާޑެން ނޯޓެކް ވިދާޅުވީ މި ކާމިޔާބީ ހާސިލްކުރެވުނީތީ ކާޑިއޮލޮޖީ ޑިޕާޓްމަންޓާމެދު ވަރަށް ފަހުރުވެރިވާ ކަމަށެވެ.

"އެބޭފުޅުންގެ ތަޖުރިބާއާއި، ޓްރީޓޮޕްގެ އެންމެ ޒަމާނީ ވަސީލަތްތަކާއިއެކު، ކާޑިއެކް ކެއަރގެ އެންމެ ފަހުގެ ކުރިއެރުންތައް، އަޅުގަނޑުމެންގެ ޕޭޝަންޓުންނަށް، ރާއްޖޭގައި އަޅުގަނޑުމެން މިގެންދަނީ ފޯރުކޮށްދެމުން،" ޑރ. މްލާޑެން ބުންޏެވެ.

ޓްރީޓޮޕްއިން އަންނަނީ 2018 އިން ފެށިގެން ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކޮށް، ޒަމާނީ އަދި އީޖާދީ ހިދުމަތްތައް ތައާރަފް ކުރަމުންނެވެ.

މިގޮތުން އެ ހޮސްޕިޓަލުގެ އަމާޒަކީ ދިވެހި ރައްޔިތުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހޭ މިންވަރު ކުޑަކޮށް، ސިއްހީ ފަރުވާއަށް ހަރަދުތައް ކުޑަކުރުން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox