19 ވަނަ މަޖިލީހުގެ ފަހު ޖަލްސާގައި މެމްބަރުންގެ ޝުކުރާއި އުދާސްތައް

May 13, 2024, 9:47 AM
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން: ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ނިމޭނީ އަންނަ ބުދަ ދުވަހު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން: ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ނިމޭނީ އަންނަ ބުދަ ދުވަހު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަންނަ ބުދަ ދުވަހު ނިމޭތީ، މިއަދު ބޭއްވި އެންމެ ފަހު ޖަލްސާގެ ބޮޑު ބައެއް، މެމްބަރުން ޝުކުރުއަދާކުރެއްވުމަށާއި އުދާސްތައް ބޭރުކުރެއްވުމަށް ހާއްސަކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި މެމްބަރުންގެ "ވަދާއީ" ވާހަކަތައް ހިމެނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގަ އެވެ. އެޖެންޑާގެ އެ އައިޓަމްގެ ފުރަތަަމަ ފުރުސަތުގައި ވާހަކަ ދެއްކެވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ.

އެ ފުރުސަތުގައި އޭނާ ފުރަތަަަމަ ވެސް ޝުކުރު އަދާކުރެއްވީ 19 ވަނަ މަޖިލީހަށް އިންތިހާބުކޮށްދިނީތީ ދާއިރާގެ ރައްޔިތުންނަށެވެ. މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހާސިލުކުރެވުނު އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޭނާ ދެއްކެވީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ކުރީގެ ސަރުކާރުން ހިންގި މަޝްރޫއު އެވެ.

Advertisement

ހުސައިން ވިދާޅުވި ގޮތުގައި އޭނާ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވީ ސަރުކާރު ޖަވާބުދާރީ ކުރުވުމާ އެކު އޭރު އޮތް އެމްޑީޕީގެ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމަށެވެ.

"ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މިހާރު ސާފުވާނެ އަަޅު އަޅުގަނޑުމެންގެ މެނިފެސްޓޯގައި [ހުރި] 99 ޕަސެންޓް ކަންކަން ހުރީ ނިމިގޮސްފައި ކަން،" އޭނާ ވިދާޅުވި އެެވެ.

ވަދާއީ މެސެޖްގައި އައްޑޫމީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ ވިދާޅުވީ މަޖިލީހުގައި 15 އަހަރު ދުވަސް ހޭދަކުރައްވާފައި ވަޑައިގަންނަވާ އިރު އޭނާގެ "ގޮނޑި ނީލަމުގައި ހުރި" އެންމެ ދުވަހެއް ވެސް ނޯންނާނެ ކަމަށެވެ. މަޖިލީހުގައި އަދި ޕާޓީގެ އެތެރޭގައި ދެއްވި ވޯޓެއް ވެސް ވިއްކާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެބާރު އަނެއްކާ ވެސް މިވަނީ އެއްވާ ގޮތް ވެފައި ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި ވާތީ އެވެ.

"އެހެން ނަމަވެސް އެގޮތަށް މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުން އަމަލުނުކުރުމުގެ ފުރުސަތުވެސް އޮތްކަން އަޅުގަނޑު ގަބޫލުކުރަން. ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ސުޕަމެޖޯރިޓީއެއް ލިބުނެއް ކަމަކު، ރައްޔިތުންގެ މަޖިލީހަކީ މިނިވަންކަން ލިބިގެންވާ ތަނެއްގެ ގޮތުގައި އަަޅުގަނޑު މިވަގުތު ވެސް ހަނދާންކޮށްލައިދޭން ބޭނުންވޭ،" އިމްތިޔާޒް ވިދާޅުވި އެެވެ.

ރައްޔިތުންގެ މަޖިލީހަކުން މަސައްކަތްކުރަން ޖެހޭ ގޮތަށް މަސައްކަތްކުރާނެ މެމްބަރުން ތިބެއްޖެ ނަމަ ދެބާރު އެކުނުވާނެ ކަމަށް ވެސް އިމްތިޔާޒު ވިދާޅުވި އެވެ. މަޖިލީހަކީ ސަރުކާރުން އެދޭހާ ކަމަަކަށް ރަބަސްޓޭމްޕް ޖަހާ ތަނަކަށް ނުހެދުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުންނަށް އޭނާ އިލްތިމާސް ކުރެއްވި އެެވެ.

މަޖިލީހުގެ ފަހު ޖަލްސާއަށް ވާތީ މެމްބަރުންނަށް ދިން ފުރުސަތުގައި ވާހަކަ ދެއްކެވީ މަދު މެމްބަރުންކޮޅެކެވެ. ރޮޒައިނާ އާއި ހުސައިން ޝަހީމް އަދި އިމްތިޔާޒްގެ އިތުރުން ހޯރަފުށި ދާްއިރާގެ މެމްބަރު އަހުމަދު ސަލީމް، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އޭގެ ތެރޭގައި ހިމެނެ އެެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށި އިރު ވަޑައިގެން ތިއްބެވީ އެންމެ 24 މެމްބަރުންނެވެ. ނަވާރަ ވަނަ މަޖިލީހުގައި 87 ދާއިރާ އޮތް އިރު މިހާރު ތިއްބެވީ 80 މެމްބަރުންނެވެ. އެއީ ހަތް މެމްބަރަކު ސަރުކާރަށް ވަޑައިގެންނެވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox