މިލިޓަރީ އުޅަނދުތައް ބަހައްޓާފައި ސިފައިން ދިޔުމަކީ ބޭރުގެ އަސްކަރިއްޔާ ނެތުމެއް ނޫން: ޑރ. މުނައްވަރު

ރައީސް މުއިއްޒު އަދި ކުރީގެ ބަންޑާރަނައިބު މުނައްވަރު : މުނައްވަރު ވަނީ އަސްކަރީ އުޅަނދުތައް ހުރުން އެއީ އިންޑިއާގެ އަސްކަރިއްޔާ ނެތުމަށް ވާނެތޯ ސުވާލު އުފައްދަވާފަ - ފޮޓޯ: ޕީޕީއެމް

ރައީސް މުއިއްޒު އަދި ކުރީގެ ބަންޑާރަނައިބު މުނައްވަރު : މުނައްވަރު ވަނީ އަސްކަރީ އުޅަނދުތައް ހުރުން އެއީ އިންޑިއާގެ އަސްކަރިއްޔާ ނެތުމަށް ވާނެތޯ ސުވާލު އުފައްދަވާފަ - ފޮޓޯ: ޕީޕީއެމް

އިންޑިއާ ސިފައިން ރާއްޖޭގައި އޮޕަރޭޓު ކުރަމުންދިޔަ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބަހައްޓާފައި ހަމައެކަނި ޔުނީފޯމު އެޅި ސިފައިން ދިޔުމަކީ އެ ގައުމުގެ އަސްކަރިއްޔާ ރާއްޖޭގައި ނެތުން ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ 76 ސިފައިން ފޮނުވާލައި އެ އުޅަނދުތައް ދުއްވަން ހަމަ އެ އަދަދަށް އިންޑިއާއިން ވަނީ މަދަނީން ގެނެސްފަ އެވެ. މަދަނީން ގެނައުމުގެ އެގްރިމެންޓާ ގުޅޭ ގޮތުން ސަރުކާރުން އިތުރު ތަފުސީލެއް ނުދެ އެވެ.

މި މައްސަލާގައި ސުވާލު އުފައްދަވާ މުނައްވަރު ފުރަތަމަ ޕޯސްޓު ކުރެއްވީ ސޯޝަލް މީޑިއާގަ އެވެ.

އެކަމާ ގުޅިގެން އޭނާގެ ބަހެއް ހޯދުމަށް ގުޅުމުން "އަދަދު" އާ ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގަ ތިބެގެން އާންމުންނާއި ސިޔާސީން ކަންބޮޑުވުން ފާޅުކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި މިއަދު އެ މައްސަލަ ހައްލުވެފައިވާ ކަމަށް ސަރުކާރުން ބުނަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ.

"އިޝޫ އަކީ ކޮބާ؟ އިޝޫ އަކީ ބޭރު ގައުމެއްގެ މިލިޓަރީ ޕްރެސެންސް ރާއްޖޭގަ އޮތުން، އެމީހުންގެ މަތިންދާ ބޯޓެއް އެބަ އޮވޭ، އެމީހުންގެ ދެ ހެލިކޮޕްޓަރު އެބަ އޮވޭ، ރާޑަރުތައް އެބަހުރި، ދެ އެ އެއްޗެހި ބަލަހައްޓަން އިންޑިއާ ސިފައިން ތިބޭނީ ކޮންމެ ގޮތެއް ވިޔަސް،" އޭނާ ވިދާޅުވި އެވެ.

"ދެން ރައްޔިތުންނަށް އޮޅޭ ގޮތަށް އެ މީހުންނެއް ނެތޭ [މި ކިޔަނީ]، އެކަމަކު އެކިއުޕްމަންޓު އެބަހުރި، ކަން އެބަ ހިނގާ."

މުނައްވަރު ވިދާޅުވީ ބޭރު ގައުމެއްގެ މިލިޓަރީ ސާމާނު ރާއްޖޭގައި ބޭނުން ކުރުމަކީ ވެސް "އަސްކަރީ ޕްރެސެންސެއް" ކަމަށެވެ.

"ކޮބާހޭ ބޭރުގައުމެއްގެ އަސްކަރީ ޕްރެސެންސަކީ، މިލިޓަރީ އެއާކްރާފްޓަކާ މިލިޓަރީ އެކިއުޕްމަންޓާ ހުރީމަ އެއީ މިލިޓަރީ ޕްރެސެންސަށް ނުވަނީހެއްޔޭ؟ ޕްރެސެންސަކީ ހަމައެކަނި ޔުނީފޯމެއް ހެއްޔޭ؟،" އޭނާ ވިދާޅުވި އެވެ.

މުނައްވަރު އިތުރަށް ވިދާޅުވީ، ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓު ބަލަހައްޓަނީ އުޅަނދުތައް ހެދި ކުންފުނީގެ މަދަނީ މުވައްޒަފުން ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ގަބޫލު ކުރެވޭ ވާހަކައެއް ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox