ޗާގޯސް މައްސަލައިގައި ގާނޫނީ ލަފާ ދެވޭނީ ބަންޑާރަނައިބަށް މަޖިލީހުން ރުހުން ލިބުމުން: މުނައްވަރު

ކުރީގެ ބަންޑާރަނައިބު ޑރ. މުނައްވަރު : ޗާގޯސް މައްސަލައިގައި ގާނޫނީ ލަފާ ދެވޭނީ ބަންޑާރަނައިބަށް މަޖިލީހުން ރުހުން ލިބުމުން ކަމަށް މުނައްވަރު ވިދާޅުވެއްޖެ - ފޮޓޯ: އަދަދު

ކުރީގެ ބަންޑާރަނައިބު ޑރ. މުނައްވަރު : ޗާގޯސް މައްސަލައިގައި ގާނޫނީ ލަފާ ދެވޭނީ ބަންޑާރަނައިބަށް މަޖިލީހުން ރުހުން ލިބުމުން ކަމަށް މުނައްވަރު ވިދާޅުވެއްޖެ - ފޮޓޯ: އަދަދު

ޗާގޯސް ޖަޒީރާއަކީ މޮރިޝަސްގެ ބަޔެއް ކަމަށް ބަލައި ރާއްޖޭގެ އީއީޒެޑުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ސީސް (އިޓްލޮސް)އިން ނިންމިނިންމުން އިސްތިއުނާފުކުރަން ކުރުމާ ގުޅޭގޮތުން ސަރުކާރުން އެދުނު ގާނޫނީ ލަފާ އަދި ނުދެއްވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މުނައްވަރު "އަދަދު" އަށް ވިދާޅުވީ، ގާނޫނީ ލަފާ ދެއްވުން ލަސްކުރެއްވި މައިގަނޑު ސަބަބަކީ ބަންޑާރަނައިބު އަހުމަދު އުޝާމް އަށް މަޖިލީހުން ރުހުން ނުލިބުން ކަމަށެވެ. އަދި އޭނާގެ ގާނޫނީ ލަފާ ހޯދަން ސަރުކާރުން ނިންމީ ބޭރުގެ ވަކީލުންނާއެކު މަސައްކަތް ކުރިއަށް ނުގެންދެވިގެން ކަމަށްވެސް މުނައްވަރު ވިދާޅުވި އެވެ.

"ބަންޑާރަނައިބަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭހާ ހިނދަކު ބަންޑާރަނައިބެއް ނެތީކަމަށް އަޅުގަނޑު ބަލަނީ، އަޅުގަނޑަކަށް އެބޭފުޅަކާ އެކީގެ މަސައްކަތެއް ނުކުރެވޭނެ ނޫންތޯ،" މުނައްވަރު ވިދާޅުވި އެވެ.

އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މުނައްވަރުގެ ގާނޫނީ ލަފާ ހޯދަން ނިންމި ކަމަށް އޭޖީ އޮފީހުން ބުނީ ޖެނުއަރީ 25، ގަ އެވެ. މި ސަރުކާރުގެ ކެބިނެޓުގެ ތެރެއިން މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންގެ ތެރޭގައި އޭޖީ އުޝާމް ހިމެނެ އެވެ. ސަރުކާރުން އަލުން އުޝާމްގެ ނަން ފޮނުވި ނަމަވެސް މަޖިލީހުން އަދިވެސް ރުހުން ނުދެ އެވެ.

މުނައްވަރު ވިދާޅުވީ، އޭނާގެ ވިސްނުމަކީ ގާނޫނީ ލަފާ ނުދިނުން ނޫން ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ އޮންނަ އުސޫލުގެ މަތިން ސަރުކާރުން އެ މަސައްކަތް ކުރެއްވުމުން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތް ކުރަންވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެވެސް ޝާމިލުވެގެންނެވެ.

"މިހާރު އެބޭފުޅުންނަށް މެޖޯރިޓީ އެބައޮތް އެހެންވީމަ އެކަން ފުރިހަމަ ގޮތުގަ ކުރިއަށް ގެންދަވަންވީނުންތޯ،" މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރުގެ އިތުރުން މި މައްސަލާގައި ސަރުކާރުން ގާނޫނީ ލަފާ ހޯދަމުން އަންނަ އަނެއް ދެ މީހުންގެ ތެރެއިން އެކަކީ އިނގިރޭސިވިލާތުގެ މަތީ ފަންތީގެ ގާނޫނީ ވަކީލަކާއި ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެކެވެ. އޭޖީ އޮފީހުން ބުނީ މި ދެ ގާނޫނީ މާހިރުންނަކީ ވެސް ކަނޑާބެހޭ މުއާހަދާއާ ގުޅުން ހުރި މި ފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެ ބޭފުޅުން ކަމަށެވެ.

އިޓްލޮސް މައްސަލާގައި ކުރިޔަށްދާންވީ ގޮތެއް ނިންމުމަށް މި މައްސަލަ ކެބިނެޓަށް ހުށަހަޅައި، ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައިވާ ގޮތަށް، އެ މައްސަލާގައި ގޮތެއް ނިންމަވާނެ ކަމަށް ޖެނުއަރީ 25، ގައި އޭޖީ އޮފީހުން ބުނި ނަމަވެސް އަދިވެސް އެ މައްސަލާގައި ގޮތެއް ނިންމިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox