ދިވެހިން އަދިވެސް އެދެނީ އުޅަނދުތަކާއެކު އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފައިބަން: އުމަރު

އުމަރު ނަސީރު; ދިވެހިން އަދިވެސް އެދެނީ އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފޭބުމަށް ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ: އަދަދު

އުމަރު ނަސީރު; ދިވެހިން އަދިވެސް އެދެނީ އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފޭބުމަށް ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ: އަދަދު

ދިވެހިން އަދިވެސް އެދެނީ ބަހަނާއަކާ ނުލައި, އިންޑިއާ އަސްކަރިއްޔާގެ އުޅަނދުތަކާއި ރާޑަރުތަކާއެކު, އެތަކެތި އޮޕަރޭޓް ކުރަން ތިބި މީހުން ރާއްޖެއިން ފޭބުމަށް ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް އަޑުއުފުލަމުން އުމަރު ނަސީރު ނޫހެއްގައި ލިޔުއްވި ކޮލަމެއްގައި އޭނާ ވިދާޅުވި ގޮތުގައި, އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެނައުމަކުން ރާއްޖެއިން އިންޑިއާ އަސްކަރިއްޔާ ފޮނުވާ ނުލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ޔުނިފޯމު އެޅި ބައެއްގެ ބަދަލުގައި ޔުނިފޯމު ނާޅާ "ސިފައިން" ރާއްޖެ ގެނައުމަކީ އިންޑިއާއިން އުފެއްދި ނެރެޓިވްއެއް ކަމަށެވެ.

އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބޭލުމަށް ހިންގި 'އިންޑިއާ އައުޓް' ހަރަކާތަށް އިޝާރާތް ކުރައްވައި އުމަރު ވިދާޅުވީ, ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނުގެ ވައުދަކީ ހަމައެކަނި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުން ނޫން ކަމަށެވެ. އަދި ކެމްޕޭނުގެ ވައުދަކީ އިންޑިއާ ސިފައިން މުދަލާއެކީ ރާއްޖެއިން ބޭލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރުގެ ކެމްޕޭން ގެ ވަޢުދަކީ ސިފައިން ބޭލުމެއް ނޫނެވެ. ސިފައިން މުދަލާއެކު ބޭލުމެވެ. އިންޑިޔާގެ މިލިޓަރީ ބޭލުމެވެ. 'އިންޑިޔާ އައުޓް' އަކީ އިންޑިޔާއާއި ގުޅުން ކަނޑާލުމަށް ގޮވާލި ޙަރަކާތެއް ނޫނެވެ. އެއީ 'އިންޑިޔާ މިލިޓަރީ އައުޓް' ކުރުމަށް ގޮވި ގޮވުމެއް،" އުމަރުގެ ކޮލަމްގައި ލިޔެފައިވެ އެވެ.

އިންޑިއާ އަސްކަރިއްޔާއިން ރާއްޖޭގައި ގާއިމުވުމާއި, 14 އަހަރު ރާއްޖޭގައު ދެމިތިބުމަށް ރާއްޖޭގެ ސަރުކާރުތަކަށް ވިސްނައިދެމުން އައި ގޮތް ވެސް އުމަރުގެ ކޮލަމްގައި ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި 2010 ވަނަ އަހަރު އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވީ އޭރު އޮތް ސަރުކާރަށް, ހެލިކޮޕްޓަރު ހަދިޔާ ކުރުމުގެ ނަމުގައި ކަމަށެވެ.

"ފުރަތަމަ، 2008 ގެ ސަރުކާރަށް އިންޑިޔާއިން ވިސްނައި ދިނީ މި އުޅަނދު ތަކަކީ 'ހަދިޔާއެއް' ކަމަށް. 2013 ގެ ސަރުކާރަށް ވިސްނައި ދިނީ މިއުޅަނދު ތަކަކީ 'އެމްބިޔުލަންސް' ތަކެއް ކަމަށް. 2018 ގައި އައި ސަރުކާރަށް ވިސްނައިދިނީ 'ހަނގުރާމައިގެ ބޭނުމަކަށް' ސިފައިން ނުތިބޭނެ ކަމަށް. 2023 ގެ ސަރުކާރަށް މިހާރު ވިސްނައި ދެނީ 'ޔުނިފޯމް' އެޅި މީހުން ނުތިބޭނެ ކަމަށާއި މިއީ 'ޕްލެޓްފޯމް' ތަކެއް ކަމަށް،" އޭނާ ލިޔުނެވެ.

އިންޑިއާ ސިފައިންގެ ބަދަލުގައި އައި މަދަނީ މީހުންނަކީ ވެސް އުމަރު ތުހުމަތު ކުރެއްވި ގޮތުގައި ކުލަހެދުމުގައި ތިބި އިންޑިޔާގެ ސިފައިންނެވެ. އޭނާ ވިދާޅުވީ އެއީ އިންޑިޔާގެ އަސްކަރިއްޔާގެ ހުވައި ކޮށްގެން، ތަމްރީން ހަދައިގެން ތިބި އިންޑިޔާ އަސްކަރިއްޔާގެ މުސާރަވެރިން ކަމާމެދު އެއްވެސް ޝައްކެތް ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox