ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަބްދުﷲ ޝިޔާޒު އިކޮނޮމިކްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަނުކޮށްފި އެވެ.
އެ މަގާމަށް ޝިޔާޒު އައްޔަނުކޮށްފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "އަދަދު" އަށް ކަށަވަރުކޮށްދެއްވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް ހިނގި ޝަރީއަތްތަކުގައި ޔާމީނުގެ ގާނޫނީ ޓީމުގައި 2019 އިން ފެށިގެން ޝިޔާޒް މަސައްކަތް ކުރެއްވި އެވެ.
ރިޝްވަތު ނެންގެވުމާއި އެ ފައިސާ ލޯންޑާކުރުމުގެ ތުހުމަތުގައި ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން އޭޕްރީލް 18، ގައި ބާތިލު ކުރި އިރުވެސް އެ އަޑުއެހުމުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ޝިޔާޒް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާ ކުރައްވާފަ އެވެ.












