ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަ ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ކުރިޔަށް ގެންދިޔަ ލޭ ހަދިޔާކުރުމުގެ ކެމްޕެއިން ކާމިޔާބުކަމާއިއެކު ނިންމާލައިފި އެވެ.
ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މި ކެމްޕެއިންގައި ސީނިއާ މެނޭޖްމަންޓުގެ ބޭފުޅުން ހިމެނޭ ގޮތަށް މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެ ކެމްޕެއިންގެ އަމާޒަކީ ޓްރީޓޮޕުން ފަރުވާ ހޯދާ ފަރާތްތަކަށާއި، މުޖުތަމައުއަށް ލޭހޯދުމަށް ހުންނަ ދަތިތަކަށް ލުޔެއް ހޯދައިދިނުން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީޓޮޕުން ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: ޓްރީޓޮޕް
"އަޅުގަނޑުމެން މިހާރުން މިހާރަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ނަގާ ލޭ، ރާއްޖޭގެ އެހެނިހެން ސިއްހީ ހިދުމަތްދޭ ތަންތަނަށް ހަދިޔާކުރެވިގެންދާނެ،" ޓްރީޓޮޕުން ވާހަކަ ދެއްކި އޮފިޝަލަކު ބުންޏެވެ.
ޓްރީ ޓޮޕްގެ އިޖުތިމާއީ ޒިންމާގެ ސަގާފަތެއް ކުރިއަރުވައި، ދިވެހި މުޖުތަމައުއަށް ފައިދާކުރާނެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އަބަދުވެސް އަހަމިއްޔަތުކަމެއްދެ އެވެ.














