ހުލާސާކޮށް އިއްޔެ: މާލީ މުއާމަލާތްތަކާ ގުޅޭ ގޮތުން ރައީސްގެ ރައްދު

ރައީސް މުއިއްޒު ފ. ފީއައްޔަށް އަށް ވަޑައިގެން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ފ. ފީއައްޔަށް އަށް ވަޑައިގެން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު ފަރާތްތަކުން "އުޑުގަ ޖެހިފަ ބިމުގަ" ޖެހުނަސް އެމަނިކުފާނާ ދެކޮޅަށް ދެއްކޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ، ލީކުވެފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވޭ އިންޓެލިޖެންސް ރިޕޯޓުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ރައްދު ދެއްވި އެވެ.

ރައީސަށް ތުހުމަތު ކުރެވޭ ރިޕޯޓުތައް ލީކުކޮށްލީ ސަރުކާރަށް ފާޑުކިޔައި އެކި މައުލޫމާތުތައް ހާމަކުރަމުންދާ "ހަސަން ކުރުސީ"ގެ އެކައުންޓުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސްގެ އެކައުންޓަށް ޖަމާވި ފައިސާތަކާ ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް (އެފްއައިޔޫ) އަދި ފުލުހުންގެ އިންޓެލިޖެންސުން އެކުލަވާލާފައިވާ ދެ ރިޕޯޓެކެވެ.

މިކަމާ ގުޅޭގޮތުން ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ވިދާޅުވީ، މި ރިޕޯޓުތައް ލީކުކޮށްލީ އިދިކޮޅަށް ގޮތް ހުސްވެގެން ކަމަށާއި މިއީ އެމަނިކުފާނު މޭޔަރު އިންތިހާބާއި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރުވެސް ދެއްކި ވާހަކަތަކެއް ކަމަށެވެ.

މިކަމަށް ރައްދުގައި ވެސް ދެއްކެވެން ހުރީ ކުރިން ވެސް ދެއްކެވި ވާހަތައް ކަމަށާއި ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކުރައްވާފަ ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ތިބޭފުޅުން އަދި ތިގޮތަށް އަޅުގަނޑުގެ ބޮލުގަ ކަމެއް އަޅުވަން އުޅެގެން، ކުރީގަވެސް ނުވި ކަމެއް ދެނެއްވެސް ނުވާނެ، އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ،" އަޑުހަރުކޮށް ރައީސް ވިދާޅުވި އެވެ.

ރޭގަ ލީކުވި މި ރިޕޯޓުތަކާ ގުޅިގެން "އަދަދު" އިން އެއްކުރި މައުލޫމާތުތަކުން ވަނީ މިއީ ސައްހަ ރިޕޯޓުތަކެއްކަން ކަށަވަރު ކުރެވިފަ އެވެ. މިއީ މިފަހުން އެފްއައިޔޫގެ އިންޓެލިޖެންސް ރިޕޯޓެއް ލީކުވި ފުރަތަމަ ފަހަރެވެ. މިއީ 2018 ގައި ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ރައީސް މުއިއްޒުގެ އެކައުންޓަށް ފެބްރުއަރީ 01, 2017 އިން ފެށިގެން އޮކްޓޯބަރު 15, 2018 ގެ ނިޔަލަށް ޖަމާވެފައިވާ ފައިސާއާ ގުޅޭ ރިޕޯޓެއް ސެޕްޓެމްބަރު 2, 2023 ގައި "އަދަދު" ނޫހުގައި ޝާއިއު ކޮށްފައިވާނެ އެވެ.

މި ފައިސާތަކާ ގުޅިގެންވެސް ރައީސް މުއިއްޒު ވަނީ ރޭ ރައްދު ދެއްވާފަ އެވެ. އެގޮތުން އެ ފައިސާއަކީ އެމަނިކުފާނުގެ ރޯހައުސް ބޭރުގެ ކުންފުނިތަކަށް ކުއްޔަށް ދީގެން ލިބިފައިވާ ފައިސާތަކެއް ކަމަށާއި އޭގެ އިތުރަށް ހުރީ ރައީސްގެ ބައްޕަ އަވާހަރަވުމާ ގުޅިގެން ވާރުތަވި ފައިސާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ހަމަ ގަދަޔަށް ތިވާހަކަ ދައްކަން، ދެއްކި ވަރަކަށް ތިބޭފުޅުން ބޭޒާރުވަނީ" އިދިކޮޅަށް އަނެއްކާވެސް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު އެމްޑީޕީ އަދި ޕީއެންއެފުން ވަނީ ރައީސްގެ މައްޗަށް ކުރެވޭ މި ބޮޑެތި ތުހުތަމުތައް ބެލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން ސަރުކާރުގެ ތަހުގީގީ އެއްވެސް އިދާރާއަކުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox