އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: އިދިކޮޅަށް ރައްދުދެއްވާ ރައީސް ވިދާޅުވީ އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް ދެކޮޅަށް ދެއްކޭނެ ކަމެއް ނޯންނާނެ ކަމަށް - ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު: އިދިކޮޅަށް ރައްދުދެއްވާ ރައީސް ވިދާޅުވީ އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް ދެކޮޅަށް ދެއްކޭނެ ކަމެއް ނޯންނާނެ ކަމަށް - ފޮޓޯ: އަދަދު

އިދިކޮޅު ފަރާތްތަކުން "އުޑުގަ ޖެހިފަ ބިމުގަ" ޖެހުނަސް އެމަނިކުފާނާ ދެކޮޅަށް ދެއްކޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ، ލީކުވެފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވޭ އިންޓެލިޖެންސް ރިޕޯޓުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.

ރައީސަށް ތުހުމަތު ކުރެވޭ ރިޕޯޓުތައް ލީކުކޮށްލީ ސަރުކާރަށް ފާޑުކިޔައި އެކި މައުލޫމާތުތައް ހާމަކުރަމުންދާ "ހަސަން ކުރުސީ"ގެ އެކައުންޓުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސްގެ އެކައުންޓަށް ޖަމާވި ފައިސާތަކާ ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް (އެފްއައިޔޫ) އަދި ފުލުހުންގެ އިންޓެލިޖެންސުން އެކުލަވާލާފައިވާ ދެ ރިޕޯޓެކެވެ.

މިކަމާ ގުޅޭގޮތުން މިރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ވިދާޅުވީ، މި ރިޕޯޓުތައް ލީކުކޮށްލީ އިދިކޮޅަށް ގޮތް ހުސްވެގެން ކަމަށާއި މިއީ އެމަނިކުފާނު މޭޔަރު އިންތިހާބާއި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރުވެސް ދެއްކި ވާހަކަތަކެއް ކަމަށެވެ.

މިކަމަށް ރައްދުގައި ވެސް ދެއްކެވެން ހުރީ ކުރިން ވެސް ދެއްކެވި ވާހަތައް ކަމަށާއި ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކުރައްވާފަ ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ތިބޭފުޅުން އަދި ތިގޮތަށް އަޅުގަނޑުގެ ބޮލުގަ ކަމެއް އަޅުވަން އުޅެގެން، ކުރީގަވެސް ނުވި ކަމެއް ދެނެއްވެސް ނުވާނެ، އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ،" އަޑުހަރުކޮށް ރައީސް ވިދާޅުވި އެވެ.

ރޭގަ ލީކުވި މި ރިޕޯޓުތަކާ ގުޅިގެން "އަދަދު" އިން އެއްކުރި މައުލޫމާތުތަކުން ވަނީ މިއީ ސައްހަ ރިޕޯޓުތަކެއްކަން ކަށަވަރު ކުރެވިފަ އެވެ. މިއީ މިފަހުން އެފްއައިޔޫގެ އިންޓެލިޖެންސް ރިޕޯޓެއް ލީކުވި ފުރަތަމަ ފަހަރެވެ. މިއީ 2018 ގައި ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ރައީސް މުއިއްޒުގެ އެކައުންޓަށް ފެބްރުއަރީ 01, 2017 އިން ފެށިގެން އޮކްޓޯބަރު 15, 2018 ގެ ނިޔަލަށް ޖަމާވެފައިވާ ފައިސާއާ ގުޅޭ ރިޕޯޓެއް ސެޕްޓެމްބަރު 2, 2023 ގައި "އަދަދު" ނޫހުގައި ޝާއިއު ކޮށްފައިވާނެ އެވެ.

މި ފައިސާތަކާ ގުޅިގެންވެސް ރައީސް މުއިއްޒު ވަނީ މިރޭ ރައްދު ދެއްވާފަ އެވެ. އެގޮތުން އެ ފައިސާއަކީ އެމަނިކުފާނުގެ ރޯހައުސް ބޭރުގެ ކުންފުނިތަކަށް ކުއްޔަށް ދީގެން ލިބިފައިވާ ފައިސާތަކެއް ކަމަށާއި އޭގެ އިތުރަށް ހުރީ ރައީސްގެ ބައްޕަ އަވާހަރަވުމާ ގުޅިގެން ވާރުތަވި ފައިސާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ހަމަ ގަދަޔަށް ތިވާހަކަ ދައްކަން، ދެއްކި ވަރަކަށް ތިބޭފުޅުން ބޭޒާރުވަނީ" އިދިކޮޅަށް އަނެއްކާވެސް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު އެމްޑީޕީ އަދި ޕީއެންއެފުން ވަނީ ރައީސްގެ މައްޗަށް ކުރެވޭ މި ބޮޑެތި ތުހުތަމުތައް ބެލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން ސަރުކާރުގެ ތަހުގީގީ އެއްވެސް އިދާރާއަކުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox