މައުލޫމާތު ހިފެހެއްޓުމަކީ ވެރިން އިންތިހާބު ކުރަން ރައްޔިތުންނަށް އޮތް ބާރަށް ހުރަސް އެޅުން: އެމްޑީޕީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ކެމްޕޭން ސްޕޯކްސްޕާސަން އަހްމަދު އީސާ ވާހަކަ ދައްކަވަނީ. ސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައިވާތީ ކަންބޮޑުވުން ފާޅުކުރި -- ފޮޓޯ: އެމްޑީޕީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ކެމްޕޭން ސްޕޯކްސްޕާސަން އަހްމަދު އީސާ ވާހަކަ ދައްކަވަނީ. ސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައިވާތީ ކަންބޮޑުވުން ފާޅުކުރި -- ފޮޓޯ: އެމްޑީޕީ

ދައުލަތުގެ ވެރިންނާއި އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ މައުލޫމާތު ނުދީ ހިފެހެއްޓުމަކީ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ވެރިން އިންތިހާބު ކުރުމުގެ ހައްގަށް ހުރަސް އެޅުމުގެ ގޮތުގައި އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ސިފަކޮށްފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އިން ބަލަމުންދާ ރައީސް މުއިއްޒުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގެ އަދަދާއި ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދުމުން ވެސް އެ މައުލޫމާތުތައް ހިއްސާކުރުން ވަނީ ލަސްކޮށްފަ އެވެ. އެހެން މުއައްސަސާތަކުން ވެސް އަންނަނީ މިފަދަ މައްސަލަތަކުގެ މައުލޫމާތު ނުދީ ހިފަހައްޓަމުންނެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން އެމްޑީޕީގެ "މިސްރާބު ހަމަމަގަށް" ކެމްޕޭންގެ ސްޕޯކްސްޕާސަން އަހްމަދު އީސާ ވަނީ އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އެފަދަ މައުލޫމާތުތައް ހިފަހައްޓާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އެ މައުލޫމާތުތައް އާންމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ ރައްޔިތުންނަށް ގާނޫނޫ އަސާސީން ކަށަވަރު ކޮށްދީފައި އޮތް އިންތިހާބީ ވެރިން ކަނޑައެޅުމުގު, އިހުލާސްތެރި ވެރިން ރައްޔިތުންގެ މައްޗަށް އިސްކުރަން ރައްޔިތުންނަށް ދީފައި އޮތް ބާރަށް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް ހުރަސް އެޅުމުގައި މަގްސަދުގައި ކުރާ ކަމެއް," އީސަ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުނުހާ އަވަހަކަށް މިނިވަން މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށްގެން މައްސަލަތައް ބައްލަވާނެ ކަމަށް އީސަ ވިދާޅުވި އެވެ.

"މައުލޫމާތުތައް ނުދީ ހިފެހެއްޓީމައި ރަނގަޅު ގޮތް ނިންމަން ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު އެ ހިފެހެއްޓުނީ... އެ މައުލޫމާތުތައް ލިބުނީމައި ރައްޔިތުން ބޭނުންވާ އިހުލާސްތެރި ވެރިން އިންތިހާބު ކުރަން ފުރުސަތު ލިބޭ" އީސަ ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ 20 އަށްވުރެ ގިނަ މައްސަލަ އޭސީސީއިން ބަލަމުންދާ ކަމަށް "އަދަދު" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެގޮތުން 2022 ގައި އޭސީސީއިން މައުލޫމާތު ދިން ގޮތުގައި އޭރު މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ ގޮތުގައި ހުންނެވި ރައީސް މުއިއްޒުގެ ހަ މައްސަލައެއް ދިޔައީ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox