ވަޒީފާގެ ބިރުދެއްކި މައްސަލައިގެން ޕީއެންސީ ރެކިއްޖެ، ބުނީ އެއީ ފަރުދެއްގެ ކަމެއް ކަމަށް!

ޕީއެންސީ/ޕީޕީއެމްގެ އިސް ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ:އަބްދުﷲ އިޔާން / އަދަދު

ޕީއެންސީ/ޕީޕީއެމްގެ އިސް ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ:އަބްދުﷲ އިޔާން / އަދަދު

ވެރިކަން ކުރާ ޕީއެންސީގެ ޕޯޑިއަމެއްގައި ވަޒީފާގެ ބިރު ދެއްކި މައްސަލައިން އެޕާޓީ ރެކި، އެއީ އެވާހަކަ ދެއްކި މީހާގެ އަމިއްލަ ކަމެއް ކަމަށް ސިފަކޮށް ބަޔާނެއް ނެރެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާއަށް ވާދަކުރާ މުހައްމަދު އަބްދުއްރަހްމާންގެ ކެމްޕެއިން ޖަލްސާގައި ޕީއެންސީ ޕޯޑިއަމްގައި ފެލިވަރު މަސްފެކްޓްރީގައި މަސައްކަތް ކުރާ އިދިކޮޅު ފަރާތްތަކުން ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދިނުމަށް މަޖުބޫރު ކުރުވަން ވަނީ ގޮވާލާފަ އެވެ.

އެކަން ބޮޑު މައްސަލައަކަށް ވެ، އެ މައްސަލަ ބަލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ބުނެފަ އެވެ. އެ މައްސަލަ ބަލަން ގޮވައިލާ އިދިކޮޅު އެމްޑީޕީން މިއަދު ބަޔާނެއް ވެސް ނެރުނެވެ. އެ ބަޔާނަށް ރެއްދުދޭން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ ބަޔާނަކީ ހަގީގަތާ މުޅިން ހިލާފު ބަޔާނެއް ކަމަށެވެ.

ވަކި ފަރުދަކު ފާޅުކުރާ ހިޔާލަކީ އެ ޕާޓީން ގެންގުޅޭ ސިޔާސަތެއް ނޫން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރީތި އުސޫލުތަކުގެ ތެރެއިން ހަމަހަމަކަމާއެކު ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމާއި، ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދީގެން ކުރިއަށް ދިއުން ކަމަށް ވެސް ބުންޏެވެ.

"ވަކި ފަރުދަކު ފާޅުކުރާ ޚިޔާލަކީ މި ޕާޓީން ގެންގުޅޭ ސިޔާސަތެއް ނޫން. ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރީތި އުސޫލުގެ ތެރެއިން ހަމަހަމަކަމާ އެކު ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމާއި ހަރަކާތްތަކުގައި ބައިވެރިވެގެން ކުރިއަށް ދިއުމުގެ ފުރުސަތު ދިނުން،" ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.

"އަޅުގަނޑުމެން ރައްޔިތުންގެ ތާއީދާއި ލޯބި ހޯދާނީ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދީގެން އަދި ރައްޔިތުންގެ އަޑުއަހައިގެން ކަމުގައި ދަންނަވަން"

ވަޒީފާގެ ބިރު ނުދައްކާ ކަމުގެ ހެއްކެއްގެ ގޮތުގައި ޕީއެންސީން ބުނީ އެމްޑީޕީގެ އިސްވެރިން ރަށްރަށަށް ކުރާ ދަތުރުތަކުގައި މިހާރު ވެސް ވަޒީފާތަކުގައި ތިބި ފަރާތްތަކުން ބައިވެރިވުމެވެ. މިދިޔަ ސަރުކާރުން ސިޔާސީ ފިކުރަށް ބަލާ ވަޒީފާތަކުން މީހުން ވަކިކޮށް ބިރު ދައްކާ، ސިޔާސީ ކަންކަމުގައި ބައިވެރިވާ ފަރާތްތައް ހައްޔަރު ކުރަމުންދިޔަ ކަމަށް ވެސް އެއާ އެކު ތުހުމަތުކުރި އެވެ. ގޮތަށް އެކަންކަން ކުރުމަކީ ޕީޕީއެމް/ޕީއެންސީގެ ސިޔާސަތެއް އަދި ފިކުރެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox