ޕީއެންއެފް ޖަލްސާއަށް ހުރަސްއެޅުމުން ވެރިކަން ކުރާ ޕީއެންސީން ދިފާއީ އައްޑަނައަކަށް ނެގީ ރައީސް ޔާމީން

ޕީއެންއެފް ޖަލްސާއަށް ހުރަސްއެޅުމުން ވެރިކަން ކުރާ ޕީއެންސީން ދިފާއީ އައްޑަނައަކަށް ނެގީ ރައީސް ޔާމީން

މިދިޔަ އަންގާރަ ދުވަހުގެ ރޭ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ޕީއެންއެފުން ބާއްވަން އުޅުން ޕާޓީ އުފެއްދުމުގެ ޖަލްސާއަށް ހުރަސްއެޅުމުން ސަރުކާރު ހިންގާ ޕީއެންސީން ދިފާއީ އައްޑަނައެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ބޭނުން ކުރައްވައިފި އެވެ.

މިހާރު ކުރިއަށްދާ މަޖިލިސް ކެމްޕޭނާ ގުޅިގެން އެ ޕާޓީގެ ކެމްޕޭން ތަރުޖަމާނު، ހީނާ ވަލީދު ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ވާހަކަދައްކަވަމުން ވިދާޅުވީ ސިޔާސީ ހަރަކާތަތްތަކަށް ހުރަސްއަޅައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް އަރައިގަތީ މިދިޔަ ސަރުކާރުގައި ކަމަށެވެ.

އެގޮތުން ހީނާ ވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ކުރީގެ ލީޑަރު، ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ކުރި މުޒާހަރާތަކުގެ މަތިން ހަނދުމަ އައުކޮށް އެމަނިކުފާނު ހައްޔަރު ކުރި ވާހަކަ ފާހަގަ ކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ހަމަ މި ވޭތުވެދިޔަ ފަސްއަހަރު، ކޮންމެ ރެޔަކު، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް [ޔާމީން މިނިވަން ކުރުމަށް ގޮވާލައި] ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އެއްވެސް ގޮތަކަށް އެބޭފުޅުން އިދިކޮޅުގެ ހަރަކާތްތައް ކުރުމަށް ފުރުސަތު ނުދިންތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، ޕާޓީ އޮފީސް ދޮރުމަތީގައި ބެރިކޭޑުޖަހައި އަދި ހަމަ އެހެންމެ، ޕާޓީ އޮފީސް ދޮރުމަތި ބަންދުކޮށް ފުލުހުން އެތަންތަނަށް ހުރަސްއަޅައި އިދާރީ މުވައްޒަފުންނަށް ވެސް އެންމެ ކުޑަމިނުން ޕާޓީ އޮފީހަށް ވަނަނުދީ ހިފަހައްޓާފައި އެތައް ދުވަހަކު ތިބި،" ހިނާ ވިދާޅުވި އެވެ.

އޭގެއިތުރުން ހީނާ ވަނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފުލުހުންގެ އަމަލުތައް ހުރި ގޮތުގެ ވާހަކަ ދައްކަވައި އެ މުއައްސަސާއަށް ވެސް ފާޑުވިދާޅުވެފަ އެވެ. އެގޮތުން މިދިޔަ ސަރުކާރުގެ ދުވަސްވަރު އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އުމުރުން ދުވަސްވީ މީހުންނަށާއި އަންހެނުންނަށް ޓާގެޓުކޮށްގެން ފުލުހުން އަނިޔާ ކުރި ކަމަށް ހީނާ ތުހުމަތު ކުރެއްވި އެވެ. އަދި އެ މައްސަލަތައް ބެލުމަށް ފުލުހުންގެ ފަރާތުން އޭރު އެއްބާރުލުން ނުލިބުނު ކަމަށް ހީނާ ތުހުމަތު ކުރެއްވި އެވެ.

އޭރު އިދިކޮޅު ލީޑަރަކަށް ހުންނެވީ ރައީސް ޔާމީންކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ފެށުމާއެކު ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ފެށި ކަމަށާއި ބަންދު ކުރީ ދެ ހަފުތާއެއްހައި ދުވަހު ފުލުުހުންގެ އިދާރާއަށް ހާޒިރު ކުރުމަށްފަހު ކަމަށެވެ.

އަދި އެއަށްފަހު އެ ބަންދުން ޔާމީން މިނިވަންވެވަޑައިގެންނެވި ވާހަކައަށް ވެސް ހީނާ އަލިއަޅުވައިލެއްވި އެވެ.

މިފަދައިން ހީނާ ވާހަކަދެއްކެވި ނަމަވެސް މި ސަރުކާރު ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންގެ ތެރެއިން ރައީސް ޔާމީންގެ ފަހަތުގައި ތިބި މީހުން އެކަން ގަބޫލެއް ނުކުރެ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ޕީއެންއެފްގެ ވަގުތީ ސެނެޓު މެންބަރު، ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ހުރަސްއެޅުމުން މި ދެވުނީ މީގެ 20 އަހަރު ކުރިއަށް ކަމަށާއި މިދިޔަ ސަރުކާރުގެ ދުވަސްވަރު ވެސް މިފަދަ ހުދުމުހުތާރުކަމެއް ނުފެންނަ ކަމަށެވެ.

ޔާމީންގެ ދަރިކަލުން އަދި ޕީއެންއެފްގެ ވަގުތީ ރައީސް، ޒޭން އަބްދުﷲ ޔާމީން ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ހޮވައިގެން ގެނެވުނު ބަދަލު ރަނގަޅު ނޫން ކަމަށާއި މި ސަރުކާރުގައި ތިބި މީހުންނަކީ ރައީސް ޔާމީނަށް އިހުލާސްތެރި ބައެއް ނޫނަ ކަަމަށެވެ.

"އަޅުގަނޑު އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރަން މިއީ ރަނގަޅު ބަދަލެއް ކަމަށް މި ގެނެވުނީ،" އެމްޑީޕީގެ ވެރިކަން ބަދަލުކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނެވުން ރަނގަޅު ނޫންކަން ފާހަގަ ކުރެއްވުމުގެ ގޮތުން އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox