ރޭ ފެނިގެން ދިޔައީ 2024 ވަނަ އަހަރު ފެންނަން ޖެހޭ މަންޒަރެއް ނޫން: ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: އަދަދު

ރޭ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ސަރުކާރުން ހުއްޓުވުމުން، ފެނިގެންދިޔައީ 2024 ވަނަ އަހަރު ފެންނަން ޖެހޭ މަންޒެއް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި ހުންނަވައި ސޯލިހު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި ރޭ ފެނިގެންދިޔައީ އެއްގޮތަކަށް ވެސް ފެނިގެންވާނެ މަންޒަރެއް ނޫން ކަމަށެވެ. ރޭ ސަރުކާރުން ކަންތައް ކުރި ގޮތުން ހަނދާން އާ ވެގެން ދިޔައީ މީގެ 20 އަހަރު ކުރިން ޕާޓީތައް އުފެއްދުމަށް ކުރި މަސައްކަތްތައް މަތިން ކަމަށް ސޯލިހު ވިދާޅުވި އެވެ.

އެގޮތުން މީގެ 20 އަހަރު ކުރިން ޕާޓީތައް އުފެއްދުމަށް ފެށި އިސްލާހީ މަސައްކަތުގައި އެތައް އުނދަގޫތައް ކުރިމަތިވި ކަމަށާއި، ނަމަވެސް އެކަންތައް މާޒީއަށް މިދިޔަ 15 އަހަރު ތެރޭގައި ދުއްވާލި ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ރޭގެ މާލެއިން ފެނިގެން އެ ދިޔައީ 2024 ވަނަ އަހަރު ފެނިގެންދާންޖެހޭނެ މަންޒަރެއް ނޫން. އަޅުގަނޑު މި ދެންނެވީ ރާއްޖޭގެ ޑިމޮކްރަސީއަށް މި ކުރި ދަތުރުގައި މިހާރު އާދެވިފައި މި އޮތީ މި ހިސާބުގައި އެއްގޮތަކަށް ވެސް ފެނިގެންވާނެ މަންޒަރެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ ރޭ ފެނުނީ ޒިންމާދާރު ސަރުކާރަކުން ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި އެއްގޮތަކަށް ވެސް ކުރަންވާނެ ވަރުގެ ކަމެއް ނޫން ކަމަށާއި، އެކަން އެއްގޮތަކަށް ވެސް ބަލައި ނުގަނެވޭ ކަމަށެވެ.

"އެއީ ޒިންމާދާރު ސަރުކާރަކުން ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި އެއްގޮތަކަށް ވެސް ކުރަންވާނެ ވަރުގެ ކަމެއް ނޫން. އަޅުގަނޑު އެކަން ކުށްވެރި ވެސް ކުރަން،" ސޯލިހު ވިދާޅުވި އެވެ.

އެކަމަށް ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށާއި މިދިޔަ ފަސް އަހަރު ތެރޭގައި ސިޔާސީ ޕާޓީތައް އުފެދި ހަރަކާތްތައް ވެސް ބޭއްވުނު ކަމަށް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވީ ވަރަކުން ފުރުސަތުތައް ހޯދައިދީ ހޯލްތައް ދިނުމާއި އެއްވާންވީ ތަންތަނަށް ފުރުސަތު ދިނުމާއި ރައްކާތެރިކޮށް ބަލަހައްޓަން ޖެހޭ ކަންތައްތަކެއް ކުރިން. އެއާ ހިލާފަށް މިއަދު މި ފެންނަނީ ކަންތައްތައް ކުރުމަށް ހުރަސް އަޅާތަން،" ސޯލިހު ވިދާޅުވި އެވެ.

ހިޔާލުތަފާތުވުން ހުރި މީހުން ނައްތާލައި، ޑިމޮކްރަސީގެ ބިންގާ ރޫޅާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އަނިޔާވެރިކަން އިސް ކުރާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.

ފުލުހުން އަމަލު ކުރައްވާނީ މަތިން އަންނަ އޯޑަރަށްކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ ބެލެވޭ ގޮތުގައި ކޮންމެވެސް ގަދަ ބާރަކުން ފުލުހުންނަށް އޮތީ ގާނޫނާ ހިލާފަށް އަމުރު ކޮށްފައި ކަމަށެވެ. އެގޮތުން މިހާރު މަސައްކަތް ކުރަމުންދަނީ އެކަމަކީ ސަރުކާރަށް ނޭނގި ކުރި ކަމެއް ކަމަށް ބުނެ، އެކަން ފޫބެއްދުމަށް ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox