ޕީއެންއެފްގެ ވަގުތީ ރައީސަަކަަށް ޔާމީނުގެ ދަރިކަލުން ޒޭން އިންތިހާބުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އާ ޕާޓީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ޔާމީނުގެ ދަރިކަލުން ޒޭން އަބްުދުﷲ ޔާމީން (ކ.2) ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:މިރާޝް ނާޝިމް/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އާ ޕާޓީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ޔާމީނުގެ ދަރިކަލުން ޒޭން އަބްުދުﷲ ޔާމީން (ކ.2) ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:މިރާޝް ނާޝިމް/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އާ ޕާޓީ ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ވަގުތީ ރައީސަކަށް އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އިންތިހާބުކޮށްފި އެވެ.

ޕީއެންއެފްގެ ވަގުތީ ރައީސަކަށް ޒޭން އިންތިހާބުކުރީ އެޕާޓީ އުފައްދަން ރާޅުގަނޑު ސަހަރައްދުގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި 329 މެންބަރުންގެ އިއްތިފާގުންނެވެ.

ޕީއެންގެ ވަގުތީ ރައީސަކަށް ޒޭން އިންތިހާބުކޮށް، ވަގުތީ ސެނެޓެއް ވެސް މިރޭގެ ޖަލްސާގައި އިންތިހާބުކުރި އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ މިރޭ ފުރަތަމަ ބާއްވަން އުޅުނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގަ އެވެ. އެހެން ނަމަވެސް އެ ޖަލްސާ ބާއްވަން ޕީއެންއެފްއާ އެކު އެ ސްކޫލުން އެއްބަސްވި އެއްބަސްވުމަށް އަމަލުނުކޮށް ފަހު ވަގުތު އެ ހުއްދަ ބާތިލުކުރި އެވެ. އެހެންވެ، ޕީއެންއެފްގެ މެންބަރުން އެ ސްކޫލުގައި ޖަލްސާ ބޭއްވުމަކީ "ހުއްދަނެތް" ކަމެއް ކަމަށް ބަލައި ފުލުހުން އެކަން ހުއްޓުވި އެވެ.

އެއާ އެކު ރާޅުގަނޑު ސަރަހައްދުގައި އެ ޖަލްސާ ބޭއްވީ ޕީއެންއެފުން ބުނި ގޮތުގައި މާލޭ ސިޓީކައުންސިލްގެ ހުއްދައާ އެކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox