ޕީއެންއެފް އުފެއްދުމުގެ ޖަލްސާ މާދަމާ ރޭ، ޔާމީނު ބައިވެރިވެވަޑައިގަންވާނެ!

ކުރީގެ ރައީސް އަބްދުﷲ ޔާމީނު : ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި އެމަނިކުފާނު ބައިވެރިވާނެ - ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު : ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި އެމަނިކުފާނު ބައިވެރިވާނެ - ފޮޓޯ: އަދަދު

ޕީޕަލްސް ނެޝަނަލް ފްރަންޓު އުފައްދާ ޖަލްސާ މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ މަލީހު ޖަމާލް ވިދާޅުވެއްޖެ އެެވެ.

މަލީހު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް އުފައްދަން މާޗު 8، ގައި ޣިޔާސުއްދީން ސްކޫލްގައި ބާއްވާ ޖަލްސާގައި ޔާމީނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ކޮރަޕްޝަން އަދި ރިޝްވަތު ދިނުމުގެ ކުށެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ. ނަމަވެސް ބޭރަށް ނުކުމެވަޑައިގަތުމުގެ ހުއްދަ އޮވެ އެވެ. އެގޮތުން ޖަލްސާގައި ބައިވެރިވުމަށް ޔާމީނު ވަނީ ކަރެކްޝަންސްގެ ހުއްދައަށް އެދިވަޑައިގެންފަ އެވެ.

މިކަމާ ގުޅިގެން މިއަދު އެ އިދާރާގެ މީޑިއާ އޮފިޝަލާ "އަދަދު" އިން ސުވާލު ކުރުމުން ބުނީ ޔާމީނުގެ ސިޓީއަށް ޖަވާބު ދީފައިވާ ކަމަށެވެ. ނަމަވެސް ދީފައިވާ ޖަވާބު ހާމަކުރަން ކަރެކްޝަނުން ދެކޮޅު ހެދި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިޔާލުތަފާތުވެ، ވެރިކަން ހިންގާ ޕީޕީއެމްއިން ވަކިވެ، ޔާމީން އާ ޕާޓީއެއް އުފައްދަން މަސައްކަތް ކުރައްވަން ފެއްޓެވީ ނޮވެމްބަރު، 2023، ގަ އެވެ. ޔާމީން ވިދާޅުވީ އެމަނިކުފާނު ޕީޕީއެމްއިން ބާކީކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރާނެކަމުގެ ވައުދާއެކު ވެރިކަމަށް އައި ނަމަވެސް ސަރުކާރުން ފަހުން ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމައެކަނި ވައުދުވެވަޑައިގަތީ ޝަރީއަތަށް ނުފޫޒު ނުފޯރުވުމަށް ކަމަށެވެ. އެހެންކަމުން ޔާމީން މިނިވަން ކުރުމުގެ ވައުދު ފުދިފައިވާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox