ލިވަޕޫލް އެއް ވަނަ އަށް، ޗެލްސީން ހިތްދަތިގޮތަަކަށް ޔުނައިޓެޑް ބަލިކޮށްފި

Apr 4, 2024, 10:59 PM
ލިވަޕޫލް އެއް ވަނަ އަށް، ޗެލްސީން ހިތްދަތިގޮތަަކަށް ޔުނައިޓެޑް ބަލިކޮށްފި

ލަންޑަން (އޭޕްރީލް 5) - ޝެފީލްޑް ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެ، ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް އަލުން ޖެހިލިއިރު، ފަހު ވަގުތު ދެ ގޯލު ޖަހައި، ޗެލްސީން ހިތްދަތިގޮތަކަށް 4-3 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

ލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތީ 30 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 30 މެޗުން 68 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަށް ވަނީ 30 މެޗުން 67 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލަށް ލީޑުނަގައިިދިނީ މެޗުގެ 17 ވަނަ މިނިޓްގައި ޑާވިން ނޫނޭޒް ޖެހި ގޯލުންނެވެ. މިއީ، ޝެފީލްޑްގެ ކީޕަރު އީވޯ ގާބިޗް ހެދި ގޯހަކުން ނޫނޭޒް ޖެހި ގޯލެކެވެ. ދެ ވަނަ ހާފު ފަށައިގެން ކުޅުން ރަނގަޅުކޮށް، ޝެފީލްޑުން އެއްވަރުކުރީ 58 ވަނަ މިނިޓްގަ އެވެ. ޝެފީލްޑްގެ ގުސްތާވޯ ހެމާ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ލިވަޕޫލްގެ ފުލްބެކް، ކޮނާ ބްރެޑްލީ ފައިގައި ޖެހިފައި ބައިކޮޅަށެވެ.

އަލުން ލިވަޕޫލަށް ލީޑުނަގައިދިނީ މެޗުގެ 76 ވަނަ މިނިޓްގައި އަލެކްސިސް މެކް އަލިސްޓާ ޖެހި ހިތްގައިމު ގޯލުންނެވެ. އޭރިއާ ރޮނގުކައިިރިން މެކް އަލިސްޓާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ފަހުން، ހިލޭ ޖެހުމަކުން މެކް އަލިސްޓާ ޖެހި ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.

އިތުރު ވަގުތުގައި ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހީ ކޯޑީ ގަކްޕޯ އެވެ. މިއީ އެންޑީ ރޮބަޓްސަން ނެގި ހުރަހަކުން ގަކްޕޯ ބޮލުން ޖެހި ގޯލެކެވެ. މި މެޗުގައި ލިވަޕޫލުން ވަނީ 84 ޕަސެންޓް ބޯޅަ ހިފަހައްޓައިގެން ކުޅެ، ޕްރިމިއާ ލީގުގެ ބޯލް ޕޮސެޝަން ރެކޯޑް ހަދައިފަ އެވެ.

ޗެލްސީގެ ޕާމާ (ކ) އާއި ގުސްޓޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީން ވަނީ ޔުނައިޓެޑް ކޮޅަށް ފުރަތަމަ ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމަށް ލީޑުނަގައިދިނީ ކޯނާ ގެލަގާ އެވެ. ޗެލްސީން ޖެހި ދެ ވަނަ ގޯލަކީ، އެ ޓީމުގެ މާކް ކުކުރޭލާ އަށް ޔުނައިޓެޑްގެ އޭރިއާތެރެއިން އެ ޓީމުގެ އެންތަނީ ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ޖެހި ލަނޑެކެެވެ. އެ ޕެނަލްޓީ ކާމިޔާބުކުރީ ކޯލް ޕާމާ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ދެ ލަނޑު ޖަހައި އެއްވަރުކުރި އެވެ. ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ޖެހީ، ޗެލްސީގެ މޮއިސަސް ކައެސޭޑޯ ހެދި ގޯހެއްގެ ފައިދާނަގައި، އަލެހަންދްރޯ ގާނާޗޯ އެވެ. އެއްވަރުކޮށްދިން ލަނޑު ޖެހީ ބްރޫނޯ ފެނާންޑޭސް ބޮލުންނެވެ. ޔުނައިޓެޑުން ނަތީޖާ އަނބުރާލި ގޯލު ޖެހީ އެންތަނީ ދިން ބޯޅައަކުން ގާނާޗޯ ބޮލުންނެވެ.

ޗެލްސީ މޮޅުވީ، އިތުރު ވަގުތުގެ 10 ވަނަ މިނިޓާއި 11 ވަނަ މިނިޓްގައި ލަނޑު ޖަހައިގެންނެވެ. މި ދެ ލަނޑު ޖަހައި، ޕާމާ ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ނަތީޖާ ހަމަހަމަކުރި ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ. މިއީ ޔުނައިޓެޑްގެ ޑިއޯގޯ ޑަލޯ އޭރިއާތެރެއިން ޗެލްސީގެ ނޯނީ މަޑުއޭކޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އެއީ ޕެނަލްޓީ ދޭން ޖެހޭ ފައުލެއްތޯ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި ކަށަވަރުކުރި އެވެ. ޗެލްސީ މޮޅުވި ލަނޑު ޖެހީ، ކޯނަރެއްގައި އަވަހަށް ކުޅުނު ވަގުތު، ޕާމާ ޖެހި ޝޮޓަކުންނެވެ. އެ ގޮތުން، ޕާމާ ޖެހި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ ސްކޮޓް މެކްޓޮމިނޭ ގައިގައި ޖެހިފަ އެވެ. މިއީ، ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް މިހާ ލަސް ވަގުތެއްގައި ދެ ގޯލު ޖަހައިގެން ނަތީޖާ އަނބުރާލި މެޗެވެ.

މި މޮޅާ އެކު ޗެލްސީ ވަނީ ލީގުގެ 10 ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 29 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް އޮތީ 30 މެޗުން 48 ޕޮއިންޓް ހޯދައިގެން ލީގުގެ ހަ ވަަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox