ދިވެހިރާއްޖޭގައި ޑިމޮކްރެސީއަށް ހަމައެކަނި ތަބާނުވާ ޕާޓީއަކީ ޕީއެންސީ: ޖަމީލް

ޕީއެންއެފް އުފެއްދުމުގައި އެންމެ އިސްކޮށް އުުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް -- ފޮޓޯ: އަދަދު

ޕީއެންއެފް އުފެއްދުމުގައި އެންމެ އިސްކޮށް އުުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް -- ފޮޓޯ: އަދަދު

ވެރިކަން ކުރާ ޕީއެންސީ އަކީ ޕަޓީގެ ލީޑަރަށް ފެންނަގޮތަކަށް ޑިމޮކްރެސީގެ ރޫހާއި އުސޫލުތަކާ ހިލާފަށް ރާއްޖޭގައި ހިންގާ ހަމަކަނި ސިޔާސީ ޕާޓީކަމަށް ވިދާޅުވެ، ޕީއެންއެފް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަނުން މިއަދު އެ ޕާޓީއަށް ހުއްދަ ދިނުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ ޕީއެންސީ ފިޔަވައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ތެރޭގައި ވެސް ކަންތައްތައް ކުރަމުންދަނީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އެ ޕާޓީއެއްގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

"ޕީއެންސީ ފިޔަވައި، ދިވެހިރާއްޖޭގައި އޮތް ހަމައެކަނި ޑިމޮކްރެސީއަށް ތަބާނުވާ ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަވެގެން މިދަނީ ޕީއެންސީ، ޕީއެންސީގެ ތެރޭގައި މިއޮތީ އޮޓޯކްރެސީ، ޕީއެންސީން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ އެ ޕާޓީއަކީ އެ ޕާޓީގެ ލީޑަރަށް ފެންނަ ގޮތެއްގެ މަތިން ހިންގާ ޕާޓީއެކޭ،" ޖަމީލް ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ކުރިއަށްދާ މަޖިލިސް ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަމަލު ކުރައްވަމުން ގެންދަވާ ގޮތަށް ފާޑުވިދާޅުވަމުން ޖަމީލް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

އެގޮތުން ޕީއެންސީގެ ތެރެއިން ފެންނަނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި އެ ޕާޓީގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ނިންމާ ކަމެއްވިޔަސް، އެކަމަކީ ރައީސް މުއިއްޒު ހިތްޕުޅާ ނުވާ ކަމެއްކަމުގައި ވާނަމަ، އެކަމެއް އެއްފަރާތް ކޮށްލުމަށްފަހު ކުރިއަށް ދާތަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމަށް ޕީއެންސީގެ ކެމްޕޭނު ތަރުޖަމާނު އެއްބަސްވެފައިވާކަން ޖަމީލް ފާހަގަކުރެއްވި އެވެ.

"އޭގެ ނަތީޖާއެއްގެ ގޮތުން ފެނިގެން މިދަނީ އެކި ދާއިރާތަކަށް ޕްރައިމަރީގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ޕްރައިމަރީގައި ވާދަކޮށް އިންތިހާބުވެފައިވާ މެންބަރުންތައް އެއް ފަރާތް ކުރުމަށްފަހުގަ ޕާޓީގެ ލީޑަރު ނުވަތަ ޕާޓީ ފަރާތުން ނެރޭ އެއް މެންބަރަކު ކުރިއަށް ނެރެގެން، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުން އިންތިހާބު ކުރާ، ރައްޔިތުންގެ ވޯޓުން ހޮވުނު މެންބަރު އެއްފަރާތް ކުރުމުގެ މި ދެންނެވި މަސައްކަތް ޕީއެންސީ ތެރޭގައި މިދިޔަ ދުވަސްތަކުގައި އަދި މިހާރު ވެސް ތަކުރާރުކޮށް ފެންނަމުންދާކަން،" އޭނާ ވިދާޅުވި އެވެ.

ވެރިކަން ކުރާ ޕީއެންސީއަށް ޖަމީލް ބަހުގެ ހަމަލާތަކެއް ދިންއިރު، އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް ޕީއެންސީގެ ޓިކެޓު ކަށަވަރު ކޮށްފައި ތިބި ކެންޑިޑޭޓުން ތިބި ބައެއް ދާއިރާތަކުގައި ރައީސް ވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވައިފަ އެވެ.

އެގޮތުން ތިމަރަފުށީ ދާއިރާގައި ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓައި އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން ނަން ހުށަހެޅި އަހުމަދު ރިޔާޒަށް ރައީސް މުއިއްޒު ވަނީ ތާއީދު ކުރައްވައިފަ އެވެ. އަހުމަދު ރިޔާޒުއަކީ އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ރިޔާޒުގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. އޭނާއަކީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރި މީހެއް ވެސް ނޫނެވެ.

އޭގެ އިތުރުން ޕީއެންސީގެ ޕްރައިމަރީން ބަލިވި ބައެއް ކެންޑިޑޭޓުންނަށް ވެސް ރައީސް ވަނީ ތާއިދުކޮށް މަޖިލިސް އިންތިހާބަށް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ނެރެފަ އެވެ. ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕްރައިމަރީން ބަލިވި އައިމަން މުހައްމަދާއި ހުރާ ދާއިރާގެ ޕްރައިމަރީން ބަލިވި ކުރީގެ މަޖިލިސް މެންބަރު، އަނާރާ ނައީމް އާއި ގަލޮޅު އުތުރު ދާއިރާގެ ޕްރައިމަރީން ބަލިވި އާމިނަތު މިޔާދާ (އާނަ) ހިމެނެ އެވެ. މި ހުރިހާ ދާއިރާއެއްގައި ވެސް ޕީއެންސީގެ ކެންޑިޑޭޓުން އެބަ ތިއްބެވެ.

މިފަހުން އެމްޑީޕީން ޕީއެންސީއަށް ބަދަލުވި މެންބަރުންގެ ތެރެއިން ވެސް ދެ މެންބަރަކަށް ރައީސް މުއިއްޒު ވަނީ ތާއީދު ކުރައްވައިފަ އެވެ. އެގޮތުން މަތިވެރި ދާއިރާގެ މެންބަރު ޒަރީރާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމުގެ ކެމްޕޭނުގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު، އެ ދެ ދާއިރާގައި ވެސް ޕީއެންސީގެ ޓިކެޓު ދީފައި ތިބި ކެންޑިޑޭޓުން އެބަތިއްބެވެ.

ރައީސް މުއިއްޒު ވަނީ އެމަނިިކުފާނު ތާއީދު ކުރައްވާ ކެންޑިޑޭޓުން ހޮވައިދިނުމަށް ޕީއެންސީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން ތިބި ދާއިރާތަކުގެ ތެެރެއިން އަމިއްލަ ކެންޑިޑޭޓަކަށް ރައީސް ތާއީދު ކުރައްވައިފިނަމަ ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓު ފަހަތަށް ޖެހުމަށް ވެސް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

މަޖިލިސް ކެމްޕޭނުގެ ތެރެއިން ޕީއެންސީ ތެރޭގައި މައްސަލަތެއް އުފެދިފައިވާކަމަށް ރައީސް ވަނީ އިއުތިރާފުވެސް ވެވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox