ހުލާސާކޮށް އިއްޔެ: މަޝްރޫއުތައް ހުއްޓާލި ވާހަކަ ދޮގު ކުރުން

ޕީއެންސީން ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވާހަކަ ދައްކަވަނީ: ވިދާޅުވީ މަޝްރޫއުތައް ހުއްޓާލީ ނިމިދިޔަ ސަރުކާރުން ކަމަށް -- ފޮޓޯ: އިޔާދް އަބްދުލް ވައްހާބް / އަދަދު

ޕީއެންސީން ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވާހަކަ ދައްކަވަނީ: ވިދާޅުވީ މަޝްރޫއުތައް ހުއްޓާލީ ނިމިދިޔަ ސަރުކާރުން ކަމަށް -- ފޮޓޯ: އިޔާދް އަބްދުލް ވައްހާބް / އަދަދު

މި ސަރުކާރުން ވެރިކަމާ ހަވާލުވެެ ރަށްރަށުގައި ހިންގަމުން އައި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް އިދިކޮޅުން ބުނަމުން އަންނަ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ދޮގު ކުރެއްވި އެވެ.

ހިޔާ ފްލެޓުތައް ކައިރީ ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މަޝްރޫއުތައް ހުއްޓާލީ މިދިޔަ ސަރުކާރުން ކަމަށެވެ. ކުރީ ސަރުކާރުން ހުއްޓާލި މަސައްކަތްތަކާއި އިތުރު މަޝްރޫއުތަކާއެކު މިހާރު ސަރުކާރުން 527 މަޝްރޫއެއް ހިންގަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އިވިގެން މި ދަނީ އަޅުގަނޑުމެން ހަވާލުވެގެން މިދިޔަ ހަތަރު މަހާއި ބައިގެ ތެރޭގައި އަޅުގަނޑުމެން ނުކުރެއޭ އެއްވެސް މަސައްކަތެއް. އަޅުގަނޑުމެން، މިދިޔަ ސަރުކާރުގައި ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން ދަނިކޮށް އަޅުގަނޑުމެން ހަވާލުވެ ހުއްޓާލީއޭ ހުރިހާ ކަމެއް. މިކަހަލަ ވާހަކަތައް އަޑު އަހާ ބަޔަކަށް އަޅުގަނޑުމެން ވާންވީ ސަބަބެއް ނެތް ލޯ ކުރިމަތިން ކަންކަން ފެންނަން ހުރިއިރު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ފެށި ގިނަ މަޝްރޫއުތައް ހުއްޓާލާފައި އޮތީ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީގެންނާއި ޕްރޮޖެކްޓުތައް މިސްމެނޭޖް ކުރުމުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެން އައިސް، މި މަސައްކަތްތައް ހުއްޓިފައި ހުރި ސަބަބުތައް ބަލައި، ހުއްޓިފައި ހުރީ އެ މަޝްރޫއުތައް ހިންގި ފަރާތްތަކަށް ދޭންޖެހޭ ފައިސާ ނުދީގެންކަން އެ ހުރީ ހިސާބުތަކުން ފެންނަން. ނުވަ ހާސް މިލިއަން ރުފިޔާގެ ފައިސާ، ކުޑަ އަދަދެއް ނޫން، އެކިއެކި ކުންފުނިތަކަށް ދޭން ހުރި މިދިޔަ ސަރުކާރު ނިމުނުއިރުގައި،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ހިސާބުތައް

  • ފެނާއި ނަރުދަމާގެ މަޝްރޫއުތައް - 27 މަޝްރޫއެއް ހުއްޓިފައި، މިހާރު 74 މަޝްރޫއު އެބަ ހިނގާ
  • ބަނދަރު ހެދުމާއި ބިން ހިއްކުމާއި ތޮށިލުން - 30 ރަށެއްގައި މަޝްރޫއުތައް ހުއްޓިފައި، މިހާރު 90 މަޝްރޫއު އެބަ ހިނގާ
  • އެއާޕޯޓު ހެދުމުގެ މަޝްރޫއުތައް - ހަތް ރަށެއްގައި ހުއްޓިފައި - ހަތް ރަށް ވެސް ފެށިފައި
  • މަގު ހެދުމުގެ މަޝްރޫއުތައް - 17 ރަށެއްގައި މަޝްރޫއު ހުއްޓިފައި، މިހާާރު 24 ރަށެއްގައި އެބަ ހިނގާ
  • ދަނޑުތަކާއި ކޯޓުތައް ހެދުން - 84 މަޝްރޫއު ހުއްޓިފައި، އޭގެ ތެރެއިން 71 މަޝްރޫއު ފެށިފައި
  • މިސްކިތް ބިނާ ކުރުން - މިސްކިތްތަކުގެ 20 މަޝްރޫއެއް ހުއްޓިފައި، 42 މަޝްރޫއު މިހާރު އެބަ ހިނގާ
  • ތައުލީމީ ދާއިރާ - 90 މަޝްރޫއު ހުއްޓިފައި، 217 މަޝްރޫއު މިހާރު ހިނގާ
  • ޖުމްލަ 527 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަމަށް ވިދާޅުވި

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ސިޔާސީ ގޮތުން ވަކި ކޮޅަކަށް ޖެހިފައި ހުރި މީހާ ވެސް ވިސްނާލުމުން އެމަނިކުފާނު ދައްކަވަނީ ތެދު ވާހަކަކަން އެނގޭނެ ކަމަށެވެ. އެއީ މުސްލިމަކަށްވީތީ ވެސް އެކަން ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސިޔާސީ ވިސްނުމުން ގޮސް އެއްކޮށް ފޯވެގެން ވަކި އަތަކަށް ގޮސް ހުސްވެފައި ހުރި މީހާ ވެސް ވިސްނާލަންޖެހޭނެ ތިމަންނަ މިއީ ﷲ ދެއްވި ސިކުނޑިއެއް ހުރި މީހެއްކަން. އެ ސިކުނޑިން ތިމަންނާއަށް ވިސްނަން ޒިންމާއެއް އޮތްކަން މުސްލިމަކަށްވީތީ ވެސް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ބުނެފައި ވަނީ މި ސަރުކާރު ވެރިކަމަށް އައިސް ޖުމްލަ 1720 މަޝްރޫއެއް ހުއްޓާލާފައިވާ ކަމަށެވެ.

"މި މަޝްރޫއުތަކަކީ ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅޭ ވަރަށް މުހިންމު މަޝްރޫއުތަކެއް. އަޅުގަނޑުމެން އަމަލު ކުރާ މި ގާނޫނުއަސާސީ ދައުލަތަށް، ރައީސްއަށް ލާޒިމު ކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދު ކުރުމުގައި އިސްކަންދޭންވާނީ ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމަކޮށްދިނުމަށް ކަމަށް،" ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު އަހުމަދު އީސާ ވިދާޅުވެފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox