މި މަހު ސަރުކާރު ހުޅުވިފައި ހުންނާނީ އެންމެ 11 ދުވަހު

ރައީސް އޮފީސް; އޭޕްރީލް މަހު ސަރުކާރު ހުޅުވިފައި ހުންނާނީ 11 ދުވަހު -- ފައިލް ފޮޓޯ: އަދަދު

ރައީސް އޮފީސް; އޭޕްރީލް މަހު ސަރުކާރު ހުޅުވިފައި ހުންނާނީ 11 ދުވަހު -- ފައިލް ފޮޓޯ: އަދަދު

ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ގިނަ ދުވަސްތަކެއް ކަނޑައެޅުމުން މި އޭޕްރީލް މަހު ސަރުކާރު އޮފީސްތައް އާންމު އުސޫލުން ހުޅުވައިގެން ހިދުމަތް ދޭނީ އެންމެ 11 ދުވަހު އެވެ.

އޭޕްރީލް މަހުގެ ގިނަ ދުވަސްތަކެއް ބަންދު ވަނީ ރޯދަ މަހުގެ ފަހު 10 ދުވަސް ބަންދު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވުމާއި, ފިތުރު އީދުގެ އިތުރުން މި މަހު ފަހުކޮޅު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅިގެން ދެ ދުވަސް ބަންދު ކުރަން ނިންމުމުންނެވެ.

އޭޕްރީލް މަހުގެ ފުރަތަމަ ނުވަ ދުވަހަކީ ރޯދަ މަހުގެ ފަހު 10ގައި ހިމެނޭ ދުވަސްތަކެވެ. އެއަށްފަހު ފިތުރު އީދުގެ މުނާސަބަތުގައި އިތުރު ތިން ދުވަސް ބަންދުވެ އެވެ.

މި ބަންދުތަކަށް ފަހު ސަރުކާރު ހުޅުވާނީ އޭޕްރީލް 14 ގަ އެވެ. އެއަށް ފަހު ހަފުތާއެއް ވަންދެން ސަރުކާރު ހުޅުވައިގެން ހިދުމަތް ދިނުމަށް ފަހު މި މަހުގެ 21 އަދި 22 ބަންދު ވާނެ އެވެ. އެއީ މަޖިލިސް އިންތިހާބާ ގުޅިގެން ބަންދު ކުރާ ދެ ދުވަހެވެ. އިންތިހާބަށް ފަހު އަންނަ ރަސްމީ ހަ ދުވަހު ސަރުކާރު ހުޅުވާނެ އެވެ.

އޭޕްރީލް މަހުގެ ޖުމްލަ 19 ދުވަސް ބަންދު ވާއިރު, މިއީ ފަހުގެ ތާރީހެއްގައި އާންމު ހާލަތެއްގައި އެއް މަހެއްގައި ސަރުކާރު ބަންދު އެންމެ ގިނަ ދުވަސް އަންނަ މަހެވެ. ޖުލައި 2022 ގައި އެ އަހަރުގެ ބޮޑު އީދާއި, މިނިވަން ދުވަހުގެ ބަންދުތަކުގެ އިތުރުން ހަފުތާ ބަންދުތަކާއެކު ޖުމުލަ 18 ދުވަސް ބަންދު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox