ރައީސް މުއިއްޒު ހީފުޅުކުރައްވަނީ ރައްޔިތުން ގަމާރު ކަމަށް، މިއަދު ރައްޔިތުން ގަމާރު ނެހެއްދޭނެ: ސޯލިހު

ސޯލިހު ހުޅުމާލޭގެ ކެމްޕޭން އިވެންޓުގައި ވާހަކަދައްކަވަނީ: ރައީސް މުއިއްޒު ހީފުޅުކުރައްވަނީ ރައްޔިތުން ގަމާރު ކަމަށް ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ސޯލިހު ހުޅުމާލޭގެ ކެމްޕޭން އިވެންޓުގައި ވާހަކަދައްކަވަނީ: ރައީސް މުއިއްޒު ހީފުޅުކުރައްވަނީ ރައްޔިތުން ގަމާރު ކަމަށް ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ހީފުޅު ކުރައްވަނީ ރައްޔިތުން ގަމާރު ހެއްދޭނެ ކަމަށް ކަމަށާއި ނަމަވެސް މިއަދު ރައްޔިތުން ގަމާރު ނުހެއްދޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މުޅި ހުޅުމާލެ ތަރާވީސް ނަމުގައި އެމްޑީޕީން ހުޅުމާލޭގައި ބޭއްވި ކެމްޕޭން އިވެންޓުގައި ސޯލިހު ވިދާޅުވީ ރައީސް މުއިއްޒު ދައްކަވާ ވާހަކަ އާއި ހައްދަވާ ދޮގު ރައްޔިތުންނަށް ސާފުކޮށް އެނގޭ ކަމަށާއި މިއަދު ރައްޔިތުން އެ ދޮގުތައް ގަބޫލު ނުކުރާ ކަމަށެވެ.

އެގޮތުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައްޔިތުން ގަމާރު ނޫންކަން މި ސަރުކާރަށް ހާމަ ކޮށްދޭނެ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

Advertisement

"އަޅުގަނޑު ހިތުން ޑރ. މުއިއްޒު ހީފުޅުކުރައްވަނީ ކަންނޭގޭ ރައްޔިތުންނަކީ އެހާ ގަމާރު ބަޔެކޭ. ނޫން އެހެނެއް ނޫން މިއަދު ދިވެހި ރައްޔިތުން ތިބީކީ. އެ ދައްކަވަނީ ކޮން ވާހަކައެއްކަން އެހަދަނީ ދޮގުކަން ވަރަށް ސާފުކޮށް އެބަ އެނގޭ،" ސޯލިހު ވިދާޅުވި އެވެ.

މި ސަރުކާރުން ސިޔާސަތުތައް ބަށްޓަން ކޮށްފައި އޮތީ އެއްވެސް ޕްލޭނެއް ނެތި ކަމަށާއި އެހެން ނޫން ނަމަ ފުށިދިއްގަރުފަޅު ހުއްޓިފައި ނޯންނާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ކުރެއްވި ކަމަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައި އޮތް މަޝްރޫއުތައް އިއުލާން ކޮށްލުންކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ ހުރިހާ ކަމެއް ވެސް ކުރެއްވީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ.

"އެއާޕޯޓް 25 މިލިއަން މީހުން އެރައިވްވާ ގޮތަށް ހަދާނެ ވާހަކަ. މީ މުޅި ސިންގަޕޫރު ދުބާއީގައިވެސް ނުވާ ވަރު ވާހަކަ މިދައްކަނީ. ދެން އެދިޔަ ބާރު މިނުގައި ގޮސް ގދ. ތިނަދޫއަށް ގޮސް އެތަނުގައި އަޅައިފި ބޮޑު އެއާޕޯޓެއް. އަނެއްކާވެސް 500 މިލިއަން ޑޮލަރު. ދެން ދިޔައީ ވިލިނގިލިއަށް. ވިލިނގިލީގައި އެއަށްވުރެ ބޮޑު އެއާޕޯޓެއް އެއަށްވުރެ ބައިވަރު ފައިސާއަށް. މިކަހަލަ އެތައް ކަމެއް ރައްޔިތުންނަށް އޮޅުވާލަން އެތައް އެތައް ދޮގުތަކެއް ހަދަމުން މިދިޔައީ،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް އާ މަޝްރޫއުތައް ފަށަން ޖެހޭނީ މިހާރު ފަށާފައިވާ މަޝްރޫއުތައް ނިންމާލުމަށް ފަހު ކަމަށާއި ރާވަމުން ދަނީ ބިއްލޫރި ހޮޅިއެއްގެ ތެރެއިން މާލޭގެ ރައްޔިތުންނާއި ދަފްތަރުގެ ރައްޔިތުން ފުށިދިއްގަރަށް ގެންދަން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox